Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޢަލަބީގެ ފަންނުވެރިކަން

"ކޮންމެ ދޫލައެއްގައިވެސް ދިރުމެއް ވޭ، މާޒީއެއް އޮވޭ...ބަލަނީ އެކަމާ ގުޅާލެވޭތޯ"

18 އޮކްޓޯބަރު 2023 | ބުދަ 11:03

މި މަސައްކަތުގެ އަސްލަކީ، ބިންމަތީގަ އޮންނަ އެއްޗެއް ފާރަށް ބަދަލު ކޮށްލުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 18 އޮކްޓޯބަރު 2023 | ބުދަ 11:03
ޢަލަބީގެ ފަންނުވެރިކަން ގުޅިފައި އޮންނަނީ ބާވެ، ހަލާކުވެގެން މީހުން ދޫކޮށްލާ އެކި ކަހަލަ ކުނަލާއި ދޫލަތަކާ

ޢަލަބީގެ ފަންނުވެރިކަން ގުޅިފައި އޮންނަނީ ބާވެ، ހަލާކުވެގެން މީހުން ދޫކޮށްލާ އެކި ކަހަލަ ކުނަލާއި ދޫލަތަކާ

އެކަކަށް ކަމުނުގޮސްގެން ދޫކޮށްލާ އެއްޗަކީ، އަނެކާގެ ނަޒަރުގައި އަގުހުރި އެއްޗަކަށް ވެދަނީ މަދު ފަހަރަކު ނޫނެވެ. ބިނާ ކުރަނިވި ނަޒަރަކުން ދުނިޔެ ދުށުމަށް ސިކުނޑި ހާނުވާފައި ވާ މީހަކަށް، ހީވެސް ނުކުރާ ފަދަ އެއްޗެއްގެ ބޭނުން، އާދަޔާ ޚިލާފު ގޮތަކަށް ހިފިވެސް ދާނެއެވެ. ސޫރިޔާގެ ފަންނުވެރިއެއް ކަމަށް ވާ މުޙައްމަދު އަލް-ޢަލަބީގެ ވާހަކައަކީވެސް ހަމަ އެކަހަލަ ވާހަކައެކެވެ.

ޢަލަބީގެ ފަންނުވެރިކަން ގުޅިފައި އޮންނަނީ ބާވެ، ހަލާކުވެގެން މީހުން ދޫކޮށްލާ އެކި ކަހަލަ ކުނަލާއި ދޫލަތަކާއެވެ. ބަލާ ބެލުމަށް އެއީ ކިތަންމެ ބާވެ، ހަޑިވެފައި ވާ ކުނާ ނުވަތަ ދޫލަތަކެއް ކަމަށް ހީވި ނަމަވެސް، ޢަލަބީގެ އަތުގައި ޖެހޭ ހިސާބުން މަންޒަރު މުޅިން ބަދަލު ކޮށްލައެވެ. ފަނޑުވެ، ކުލަ މަރުވެފައި ވާ އެއްޗަކަށް، އުޖާލާ ވިދުވަރެއް ގެނެސްދެއެވެ. ބޭނުން ނެތިގެން އުކާލާ ފޮތްފޮތުންވެސް ޢަލަބީ ކުރަނީ ހަމަ މިފަދަ ކަމެކެވެ. އެއް ބަޔަކު ބޭނުން ނެތިގެން އުކާލާ ފޮތްފޮތުން ޞަފުޙާތައް ނަގައިގެން ޢަލަބީ ތައްޔާރު ކުރަނީ ކޮލާޖެކެވެ. އޭނާގެ ކުރެހުމުގެ ފަންނުވެރިކަމުގައި ހުރި ފެންވަރު ދައްކާލަނީ އޭގެ ފަހުންނެވެ.

ޢުމުރުން 52 އަހަރުގެ ޢަލަބީ ޤަބޫލު ކުރާ ގޮތުގައި، އޭނާގެ މި އީޖާދީ ފަންނުވެރި ޚިޔާލުގެ ސަބަބުން އުފެދިގެން ދަނީ ހަމަ އެކަނި އާދަޔާ ޚިލާފު އުފެއްދުންތަކެއް ނޫނެވެ. އެ މަސައްކަތަކީ، ވެށީގެ ދިރުން ހިމާޔަތް ކުރުމަށްވެސް އެހީވެދޭ މަސައްކަތެއް ކަމަށް ޢަލަބީ ސިފަ ކުރެއެވެ.

ޢަލަބީގެ މަސައްކަތް ރާވަލަނީ، އެ މަސައްކަތަކަށް އޭނާ ބޭނުން ކުރާ ކުނާ ނުވަތަ ދޫލައިގެ އަސްލު ފަރުމާތައް އަސްލަކަށް ބަލައިގެންނެވެ. އެ އެއްޗަކުން ބުނެދޭ ވާހަކަތައް އަޑު އަހައިގެންނެވެ. އެ ކުނާ ނުވަތަ ދޫލައިގެ ތާރީޚާއި މާޒީއަށްވެސް އަލިއަޅުވާލެވޭ ގޮތަށެވެ.

އުކާލާފައި ހުންނަ ސާމާނުގެ ތެރެއިން، އަލުން ބޭނުން ކުރެވޭ ގޮތަށް ހުންނަ އެއްޗެހި ބޭނުން ކޮށްގެން ޢަލަބީ ކުރަމުން ދާ މަސައްކަތުގެ ސަބަބުން، ކުރެހުމުގެ ފަންނުވެރި ކަން ކުރިއެރުވުމަށް އޭނާގެ ޖީބުން ކުރަން ޖެހޭ ޚަރަދުތަކަށްވެސް ލުއި ލިބިގެން ދެއެވެ. ކުރެހުމަށް ބޭނުންވާ އައު ސާމާނު ގަތުމަކީ މިއަދު ސޫރިޔާގައި އިންތިހާއަށް ދަތި ކަމެކެވެ. ސޫރިޔާގެ ފައިސާގެ އަގު، ދުވަހަކަށް ވުރެ ދުވަހަށް ދަށަށް ދާ ދިއުމަކީ، އެފަދަ ޚަރަދުތައް ކުރުމަށް ޢަލަބީ ފަދަ ފަންނުވެރިންނަށް އެޅޭ ބޮޑު ހުރަހެކެވެ.

ޢަލަބީ މިހާރުވެސް ވަނީ އޭނާގެ މަސައްކަތްތެރިކަމާއި ފަންނުވެރި ކަމުގެ ހުނަރު ދައްކާލުމަށްޓަކައި، ސޫރިޔާއާއި ސޫރިޔާއިން ބޭރުގައި ކުރިއަށް ގެންދިޔަ ގިނަ ޢަދަދެއްގެ މައުރަޒުތަކުގައި ބައިވެރިވެފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 މެއި 2020

ރަންވީރު ސިން މޫނަށް ގެންނަ ކޮންމެ ބަދަލެއް އިމޯޖީއަކާ ގުޅުވާލެވޭ

23 މެއި 2020
ރަންވީރު ސިން މޫނަށް ގެންނަ ކޮންމެ ބަދަލެއް އިމޯޖީއަކާ ގުޅުވާލެވޭ
18 ޖެނުއަރީ 2020

"ކޮންމެ މަންޒަރެއްގައިވެސް ތިއީ އަހަރެންގެ ތަރި"

18 ޖެނުއަރީ 2020
"ކޮންމެ މަންޒަރެއްގައިވެސް ތިއީ އަހަރެންގެ ތަރި"
18 ޑިސެމްބަރު 2019

"އަހަރެންގެ ދޮންދަރި ކޮންމެސް ގޮތަކުން މި ފޮޓޮއިން ބޭރުކޮށްދީ" : ދޮންމަންމަ

18 ޑިސެމްބަރު 2019
"އަހަރެންގެ ދޮންދަރި ކޮންމެސް ގޮތަކުން މި ފޮޓޮއިން ބޭރުކޮށްދީ" : ދޮންމަންމަ
22 އެޕްރީލު 2019

ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ

22 އެޕްރީލު 2019
ކޮންމެ ދުވަހަކީ އަވިދޭ ދުވަހަކަށް ނުވާނެ، ބައެއް ދުވަސްތަކުގައި ވާރޭ ވެސް ވެހޭ: އާލިއާ
06 ޖޫން 2018

އާލިއާ އަށް ކޮންމެ ކަމަކާ ވެސް މަޝްވަރާކޮށްލެވޭ މީހަކީ ކާކު؟

06 ޖޫން 2018
އާލިއާ އަށް ކޮންމެ ކަމަކާ ވެސް މަޝްވަރާކޮށްލެވޭ މީހަކީ ކާކު؟
11 ޖެނުއަރީ 2018

ކޮންމެ ފިލްމެއްވެސް މީހުން މުނިފޫހިފިލުވައިދެވޭނަމަ ކާމިޔާބު ވާނެ: ސަލްމާން ޚާން

11 ޖެނުއަރީ 2018
ކޮންމެ ފިލްމެއްވެސް މީހުން މުނިފޫހިފިލުވައިދެވޭނަމަ ކާމިޔާބު ވާނެ: ސަލްމާން ޚާން
23 އޯގަސްޓު 2017

އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން

23 އޯގަސްޓު 2017
އެކްޓުގެ ހުނަރު ރަނގަޅުވެއްޖެ ނަމަ ކޮންމެ ފިލްމެއްވެސް ހިނގާނެ: އާރު މާދަވަން
19 އޯގަސްޓު 2017

އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ

19 އޯގަސްޓު 2017
އަހަރެންގެ އެއްޗެއް ހޯދުމަށް ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނަން: ކަންގަނާ
23 މެއި 2017

މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!

23 މެއި 2017
މޮޑެލް އަކަށް ވާން ކޮންމެހެން އިސްކޮޅުން ދިގުވާން ޖެހޭތަ!
08 ޖެނުއަރީ 2017

"ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ

08 ޖެނުއަރީ 2017
 "ހައިވާނަކަށް" ނުވަނީސް ކޮންމެ މީހަކުވެސް އެމީހެއްގެ ފިރިހެން ދަރިން ސަލާމަތްކުރޭ: އަނުޝްކާ ޝަރްމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް