Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެއްލުމުގެ ބަދަލު

މިއަހަރުގެ މެއި މަހުގެ ނިޔަލަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 95 މިލިއަން ރުފިޔާ ސަރުކާރުން ދައްކާފައިވޭ

17 އޮކްޓޯބަރު 2023 | އަންގާރަ 14:51

ނ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތްކުރި ކޮންޓްރެކްޓަރ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ދައުލަތުން ދައްކަން ހުކުމްކުރި 92.5 މިލިއަން ރުފިޔާ ހިމެނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޮކްޓޯބަރު 2023 | އަންގާރަ 14:51
ފިނޭންސް މިނިސްޓްރީ

ފިނޭންސް މިނިސްޓްރީ

މިއަހަރުގެ މެއި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން އެކިފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 95.5 މިލިއަން ރުފިޔާ ދައްކާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން އާންމުކޮށްފައިވާ "ފިސްކަލް ހިރާސްތަކުގެ ބަޔާން 2023" ބުނެފައިވަނީ މީގެތެރޭގައި ހިމެނެނީ ނ. މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތްކުރި ކޮންޓްރެކްޓަރ ސިންގަޕޫރު އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައާ ގުޅިގެން ދައުލަތުން ދައްކަން ހުކުމްކޮށްފައިވާ 92.5 މިލިއަން ރުފިޔާ އާއި، ޓްރައިބިޔުނަލް އަދި ސިވިލް ސަރވިސް ކޮމިޝަނުން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ހިންގަމުންދިޔައިރު އެ މިނިސްޓްރީގައި މަސައްކަތްކުރި މުވައްޒަފުންނަށް "ސްޕެޝަލް ޑިއުޓޫ އެލަވަންސް" ގެ ގޮތުގައި ނުދައްކާ ހުރި ފައިސާ ކަމަށެވެ.

Advertisement - newsAdvertisement

މިނިސްޓްރީން ބުނެފައިވަނީ އަހަރުގެ ބާކީ ހުރި މުއްދަތުގައި އާބިޓްރޭޝަންގެ އެކި މައްސަލަތަކަށާއި ކޯޓު ހުކުމްތަކާއި ގުޅިގެން ސަރުކާރުން އެކި ފަރާތްތަކަށް ފައިސާ ދައްކަން ޖެހިއްޖެނަމަ އިތުރަށް ބަޖެޓް ބޭނުންވާނެކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ދައުލަތުގެ ބަޖެޓުން އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭންޖެހޭ ފައިސާގެ އަދަދު ފާއިތުވި އަހަރުތަކުގައި ވަނީ އިތުރުވަމުން އައިސްފައިކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު ދައުލަތުން 1،428.7 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ދީފައިވާއިރު 2021 ވަނަ އަހަރު އެއަދަދު ހުރީ 203.1 މިލިއަން ރުފިޔާގައެވެ. އަދި 2022 ވަނަ އަހަރު ޚަރަދުކޮށްފައިވަނީ 30.4 މިލިއަން ރުފިޔާއެވެ.

މިނިސްޓްރީން ބުނީ 2019 ވަނަ އަހަރު މައިގަނޑު ގޮތެއްގައި އިތުރުފައިވަނީ ނޫމަޑި ޕްރައިވެޓް ލިމިޓެޑާއި ދިވެހި ސަރުކާރާ ދެމެދު ތަރައްގީގެ އެކި މަޝްރޫޢުތައް ގާއިމުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ސޮއިކުރި އެއްބަސްވުމާއި ގުޅިގެން ދިމާވި މައްސަލަތައް ހައްލުކުރުމަށް އާބިޓްރޭޝަން ކުރިޔަށް ގެންދިޔުމަށް އަލްޓަނޭޓް ޑިސްޕިއުޓް ރިޒަލިއުޝަން ކޮމިޓީއަށް ހުށަހަޅައިގެން ސެޓެލްމަންޓް އެގްރިމެންޓާއި އެއްގޮތަށް ދައްކަންޖެހޭ ފައިސާ އިތުރުވުމުންކަމަށެވެ. އެގޮތުން 2019 ވަނަ އަހަރު އިތުރުވި ޚަރަދުތަކަށް ފައިސާ ދައްކާފައިވަނީ އެއަހަރު ފާސްކުރި ބަޖެޓް ސަޕްލިމެންޓުންކަމަށާއި އެއަހަރު ހިނގި ހަރަދުތައް އިތުރުވުމާއެކު ވިދިގެން އައި އަހަރުތަކުގައި މިބަޔަކަށް ބަޖެޓް ކޮށްފައިވާ އަދަދު ވަނީ އިތުރުވެފައިކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން ފިނޭންސް މިނިސްޓްރީން ބުނީ ފާއިތުވި އަހަރު ތަކުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަޖެޓްކުރެވޭ މިންވަރު އެއް މިންގަނޑެއްގައި ހިފެހެއްޓިފައިވީ ނަމަވެސް، ދައުލަތުން އެކި ފަރާތްތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއަކީ ކޯޓާއި ޑިސްޕިއުޓް ރިޒޮލިއުޝަން އެކި މަރުހަލާތަކުން އަދަދު ކަނޑައެޅޭ ހަރަދުތަކެއްކަމުން މައްސަލަ ނިމޭނެ ވަގުތެއް އަދި މިއަދަދުގެ އަންދާޒާކުރުމަކީ ދަތިކަމެއްކަމަށެވެ. އެހެންކަމުން ބަޖެޓްގައި ހިމެނިފައިނުވި ނަމަވެސް މިފަދަ ހަރަދުކުރަންޖެހުމުން ދައުލަތުގެ ކޭޝް ފްލޯ މެނޭޖްކުރުމަށް ދަތިވާކަމަށާއި ބަޖެޓްގެ ތެރެއިން ކުރިޔަށް ގެންދަން ބޭނުންވާ މަޝްރޫޢުތަކާއި ޕްރޮގްރާމްތައް ކުރިޔަށްގެންދިޔުމަށް ދަތިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

24 އެޕްރީލު 2017

މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު

24 އެޕްރީލު 2017
މިއަހަރުގެ ފުރަތަމަ ތިން މަސްދުވަހު ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް މަދު
15 އެޕްރީލު 2017

ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!

15 އެޕްރީލު 2017
ފަނޑިޔާރަކު ބްލެކްމެއިލްކުރަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށް ޒައިދުގެ މައްޗަށް އެކިފަހަރު އެކި ތުހުމަތު!
24 މާރިޗު 2017

މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް

24 މާރިޗު 2017
މިމަހުގެ 27 ވަނަ ދުވަހު ރައްޔިތުން މާލެ އަރަންޖެހޭ: ޝިފާޒް
17 މާރިޗު 2017

ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި

17 މާރިޗު 2017
ލޯކަލް ކައުންސިލް އިންތިހާބަށް ވެސް "ރޯގާ" ޖެހި، މެއި 6 އަށް ފަސްކޮށްފި
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
09 މާރިޗު 2017

ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!

09 މާރިޗު 2017
ވިސާމަށް ހުކުމް އިއްވުން މިމަހުގެ 28 އަށް ފަސްކޮށްފި!
28 ފެބުރުއަރީ 2017

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް