Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް ކޭސް: ޑްރަގް އަތުލައިގަތް ބައެއް ފުލުސް އޮފިސަރުންގެ ހެކިބަސް ނަގައިފި

އަލީ ޒުބައިރާ ގުޅުންހުރި ސައިކަލެއްގެ މަޑިދަށުން މަސްތުވާތަކެތި ފެނުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 15 އޮކްޓޯބަރު 2023 | އާދީއްތަ 11:00
119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ މީގެ ކުރިން ބައްލަވަމުން ގެންދެވީ އެ ކޯޓުގެ ގާޒީ ދީބާނާޒް ފަހުމީއެވެ. ނަމަވެސް ދީބާނާޒް ހައިކޯޓަށް އައްޔަނު ކުރައްވާފައިވާތީ، މިހާރު މި މައްސަލަ ބައްލަވަނީ އެ ކޯޓަށް އަލަށް އައްޔަނުކުރެއްވި ގާޒީ އިބްރާހީމް އިހުސާންއެވެ.

Advertisement - newsAdvertisement

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލާގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަހުމަދު ސުނައިނުއާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

އާދީއްތަ ދުވަހުގެ އަޑުއެހުމުގައި ދައުލަތުން ހުށަހަޅާ 5 ހެއްކެއްގެ ހެކިބަސް ނެގުން އޮތެވެ. އެހެންނަމަވެސް ހެކިބަސް ދިނުމަށް ކޯޓަށް ހާޒިރުވީ 3 ހެކިވެރިންނެވެ. ބާކީ ދެ ހެކިވެރިންގެ ތެރެއިން އެކަކު ރަށުން ބޭރުގައި ހުރުމުން ހެކިބަސް ނެގިފައެއް ނުވެއެވެ. ގާޒީ ވިދާޅުވެފައިވަނީ، ކޯޓަށް އަންނަން އަންގާފައި ވަނިކޮށް ރަށުން ބޭރަށް ދާންޖެހުނު ސަބަބެއް ކޯޓަށް ލިޔުމުން ފޮނުވުމުން، ސަބަބަށް ރިއާޔަތްކޮށް އެ ހެކިވެރިޔާގެ ހެކި ނަގާނެ ކަމަށެވެ. އަދި އަނެއް ހެކިވެރިޔާ އާއިލީ ޒިންމާގައި ހުރިކަން ކޯޓަށް ވަނީ އަންގާފައެވެ. އެހެންކަމުން އެ ހެކިވެރިޔާގެ ހެކި ފަހުން ނަގާނެކަމަށް ގާޒީ ވިދާޅުވިއެވެ.  

އެގޮތުން ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ޕޮލިސް ރެކްރޫޓް މޫސާ ވަހީދު ބުނެފައިވަނީ، ކާރެއްގައި މަސްތުވާތަކެތި ގެންދަން އުޅުނުކަމުގެ މައުލޫމާތު ލިބުނު ކަމަށާއި، އެ މައުލޫމާތު ލިބުމުން އެންމެ ރަނގަޅު ލޮކޭޝަނެއްގައި ކާރު ހުއްޓުވުމަށް މަސައްކަތް ކުރި ކަމަށެވެ. އަދި ކާރު ހުއްޓުވުމަށްފަހު އޮންނަ އުސޫލުގެ ދަށުން ކަންކަން ކުރިއަށް ދިޔަ ކަމަށެވެ.

ދެވަނަ ހެކިވެރިޔާ، ކައުންޓަރ ނާކޮޓިކްސް އޮޕަރޭޝަން ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ހަސަން ޝުޖާއު ހެކިބަސް ދެމުން ބުނީ، ލިބުނު މައުލޫމާތަކާ ގުޅިގެން މއ. ކަނޑޫގެ ބަލާ ފާސްކުރިއިރު ރިމޯޓެއް ފެނިފައިވާ ކަމަށެވެ. އެއީ ޕީސީއެކްސް ސައިކަލެއްގެ ރިމޯޓް ކަމަށާއި، އެ ސައިކަލު އިނީ މެރީބްރައުން ކައިރީގައި ކަމަށެވެ. އަދި ކަނޑޫގެއަކީ އަލީ ޒުބައިރު ދިރިއުޅޭ ގެކަމަށާއި، އަލީ ޒުބައިރާއެކު ގޮސް މެރީ ބްރައުން ޕާކިން ޒޯނުން ޕީސީއެކްސްގެ މަޑިދަށް ބެލިއިރު މަސްތުވާތަކެތި އަޅާފައިހުރި 5 ރަބަރު ޕެކެޓް ފެނިފައި ވާކަމަށެވެ.

ތިންވަނަ ހެކިވެރިޔާ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ސާޖަންޓް އަހުމަދު މާނިއު ހެކިބަސް ދެމުން ބުނެފައިވަނީ، އަލީ ޒުބައިރާއި އިތުރު ފަރާތްތައް ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމުގެ އިންޓެލް މައުލޫމާތު ލިބުނު ކަމަށާއި، މެރީ ބްރައުން ކުރިމަތީގައި ހުރި ސައިކަލެއް ބަލައި ފާސްކުރަން އޭނާ ދިޔަކަމަށެވެ. އަދި ފުލުހުންގެ އިންޓެލިޖެންސުން އެ މައުލޫމާތު ލިބުމުން، ސައިކަލު ހޯދާފައިވަނީ އަލީ ޒުބައިރު އެތަނަށް ގެނެސް ސުވާލުކުރުމުން، ސައިކަލާ ދިމާލަށް އިޝާރަތްކުރުމުން ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހުރި 5 ރަބަރު ޕެކެޓް މަޑި ދަށުން ފެނިފައި ވާކަމަށާއި، ސިޓީ އުރައިގައި 2 ޕެކެޓް އޮތް ކަމަށެވެ. އަދި ސީންގައި 1 ޕެކެޓް ކަނޑައި، ބަލައި ފާސްކޮށްފައި ވާކަމަށެވެ.

މި މައްސަލައިގައި ދައުލަތުން އިތުރު ހެކިންތައް ހާޒިރުކުރަން އެދިފައި ވީނަމަވެސް ބައެއް ހެކިވެރިން ހާޒިރެއްނުވެއެވެ. އެގޮތުން ފުލުސް އޮފިސަރު ސައްޔާހް ހަލީލާއި ސީނިއަރ ސާޖަންޓް މުހައްމަދު އަބްދުލް ހަކީމް ހާޒިރުކުރަން ނިންމާފައި ވީނަމަވެސް ހާޒިރުކުރެވިފައެއް ނުވެއެވެ. އަދި މުހައްމަދު އަބްދުލް ހަކީމް އާއިލީ ޒިންމާގެ ޗުއްޓީގައި ހުރުމުން އެހެން ދުވަހަކަށް ތާވަލުކުރާ ގޮތަށް ގާޒީ ނިންމިއެވެ. މި މައްސަލައިގައި އިތުރު އަޑުއެހުމެއް ހޯމަ ދުވަހު ހެނދުނު 9:00ގައި އޮންނާނެކަމަށް ގާޒީ ވިދާޅުވިއެވެ. އެގޮތުން ހޯމަ ދުވަހުވެސް 5 ހެކިންގެ ހެކިބަސް ނަގާނެކަމަށް ގާޒީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
04 ޖޫން 2017

ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި

04 ޖޫން 2017
ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި
09 މެއި 2017

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

09 މެއި 2017
ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
27 އެޕްރީލު 2017

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު