Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޝުގަރ އަރޓިސްޓް

ލިއުއާއި ހަކުރާއި ދެމެދު އޮތީ ޒަމާންވީ ފޮނިފޮނި ގުޅުމެއް ކަމާ މެދު ދެބަސްވެވޭކަށް ނެތްތާ!

15 އޮކްޓޯބަރު 2023 | އާދީއްތަ 04:42

ލިއުގެ އެ އުފެއްދުމުގެ އުސްމިން، މީޓަރަކަށް ވުރެ ދިގު، ބަރުދަނުގައި ގާތްގަނޑަކަށް 30 އަކަށް ކިލޯ ހުރި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 15 އޮކްޓޯބަރު 2023 | އާދީއްތަ 04:42
ހަކުރަކީ ލިއުގެ ފަންނުވެރި ޙަޔާތުގެ އެންމެ ބޮޑު ހިއްސާދާރު

ހަކުރަކީ ލިއުގެ ފަންނުވެރި ޙަޔާތުގެ އެންމެ ބޮޑު ހިއްސާދާރު

ޗައިނާގެ ޒުވާން ފަންނުވެރިޔާ، ލިއު ޝިންރޫއާއި ހަކުރާ ދެމެދު އޮތް ފޮނިފޮނި ގުޅުމަކީ، ދެވަނަ މީހަކަށް އެ ދެމެދަށް ވަދެވޭ ވަރަށް ވުރެ ހިތްގައިމު، ބަދަހި ގުޅުމެކެވެ. ފޮނި ކާ ތަކެތީގެ މޭސްތިރިންގެ ޒުވާން ޖީލެއް ޗައިނާގައި އުފެމުން އަންނަ އިރު، ލިއު ވަނީ، އޭނާއަކީ އެ ރޭހުގައި ފަސްޖެހޭނެ ޒުވާނެއް ނޫންކަން ކިތަންމެ ހާ ރަނގަޅަކަށްވެސް ސާބިތު ކޮށްދީފައެވެ. ދާދި ފަހުން ޓީންޖިއާންގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ މުބާރާތެއްގައި ލިއު ވަނީ، އެކަން ސާބިތު ކޮށްދީފައެވެ.

ހަކުރަކީ ލިއުގެ ފަންނުވެރި ޙަޔާތުގެ އެންމެ ބޮޑު ހިއްސާދާރެވެ. ހަކުރު ބޭނުން ކޮށްގެން އެކި ކަހަލަ ފަރުމާތައް އުފެއްދުމަކީ، ފޮނި ކާތަކެތި އުފެއްދުމުގެ ޒަމާންވީ ސިނާޢަތުގައި އެތައް ބައެއްގެ މަޤުބޫލުކަން ލިބި، އަދި އެތައް ބައެއްގެ ސަމާލުކަންވެސް ހޯދާފައި ވާ ކަމެކެވެ. ނަމަވެސް ހަކުރު ބޭނުން ކޮށްގެން އެކި ކަހަލަ އުފެއްދުންތައް ފަރުމާ ކުރުމަކީ، ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ފެނުކެއްކުމާއި، ހޫނު ކުރުމުގެ އިތުރުން އެކި އަތްއަތަށް ހަކުރުގަނޑު ދަމާ ހަދައިގެން ފަރުމާތައް އުފައްދަމުން ދާ އިރު، އެއީ ކިތަންމެ ފަސޭހަ ކަމެއް ކަމުގައި ހީވި ނަމަވެސް، ޙަޤީޤަތް މުޅިން ތަފާތެވެ.

ބޭނުން ވާ ބައްޓަމެއް ނެރުމަށްޓަކައި ހަކުރު ފަށަލަތައް ތަކުރާރުކޮށް ދަމަން ޖެހެއެވެ. އޭރު ހަކުރުގަނޑުގެ ފިނިހޫނު މިން ހުންނަން ޖެހެނީ 70 އާއި 80 ޑިގްރީ ސެލްސިއަސްއާ ދެމެދު މިންވަރެއްގައެވެ. ފަރުމާގައި ހުންނަ ހިތްގައިމު ވިދުންގަނޑުގެ ފުރިހަމަކަން ފެންނާނީ އޭރުންނެވެ. ހަކުރުގަނޑު ދަމާ ނިމުމުން، ބޭނުން ބައްޓަމަކަށް އެ ހަކުރުގަނޑު ބަދަލު ކުރާ ވަޤުތު އެއޮތީ ޖެހިފައެވެ.

ލިއު ނިސްބަތް ވަނީ ޗައިނާގެ އިރުމަތީ ޖިއާންގްސޫ ޕްރޮވިންސްއަށެވެ. އޭނާ އެންމެ ފުރަތަމަ ޚާއްޞަވީ އީ-ކޮމަރސްގެ ދާއިރާއިންނެވެ. ނަމަވެސް، އޭނާ ދަންނަ ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް، ލިއު ވަނީ އޭނާގެ ފަންނުވެރި ކަމުގެ މިޞްރާބު، ހަކުރު ބޭނުން ކޮށްގެން ތަފާތު އެކި ކަހަލަ ފަރުމާތައް ކުރާ މީހެއްގެ ދާއިރާއަށް ނުވަތަ ޝުގަރ އަރޓިސްޓެއްގެ ދާއިރާއަށް ބަދަލު ކޮށްލާފައެވެ. އެކަން ކާމިޔާބުވެސް ކޮށްފައެވެ.

ޤައުމީ މުބާރާތުގައި ވާދަ ކުރުމަށް ކޮލެޖުގައި ކުރިއަށް ގެންދިޔަ އޮޑިޝަންގައި ލިއު ބައިވެރިވިއެވެ. ޤައުމީ މުބާރާތަށް ކުދިން ހޮވަން ކުރިއަށް ގެންދިޔަ އޮޑިޝަންގައި ބައިވެރިވި ދަރިވަރުންނަށް ބަލާއިރު، ކެއްކުމުގެ ދާއިރާއަށް ޚާޢްޞަ ނޫން ސްކޫލަކުން އެތަނަށް ގޮސް ހުރި ހަމަ އެކަނި ދަރިވަރަކީވެސް ލިއުއެވެ.

ހަކުރު ބޭނުން ކޮށްގެން ފަންނުވެރި އުފެއްދުންތައް ތައްޔާރު ކުރުމަށް ލިއުގެ ހިތުގައި ޚާއްޞަ މަޤާމެއް ދެވިފައި އޮތްކަން އޭނާއަށް ކިތަންމެހާ ރަނގަޅަކަށްވެސް އެނގުނެވެ. ނަމަވެސް، އެކަމަށް ބޭނުންވާ ޚާއްޞަ ތަމްރީނުތައް ލިބިފައި ނެތުމުން، އެ ރާސްތާއިން ކުރިއަށް ދިއުމުގައި އެތައް ގޮންޖެހުންމަކާއި ހުރަހެއް ގިރާ ކުރަން ޖެހުނެވެ. ހަކުރު ބޭނުން ކޮށްގެން ފަންނުވެރި އުފެއްދުންތައް ތައްޔާރު ކުރުމަކީ އިންތިހާއަށް އުނދަގޫ ކަމަކަށްވެސް ވިއެވެ.

އެތައް ގަޑިއިރެއްގެ މަސައްކަތަށް ފަހު ލިއު ވަނީ، އަސްލާ އިންތިހާއަށް އެއްގޮތަށް، އެކި ޒާތްޒާތުގެ މާމެލާމެލީގެ ފަރުމާތައް އުފައްދަންވެސް ދަސްކޮށްފައެވެ. އެންމެ މަލެއްގެ މަސައްކަތް ނިންމާލުމަށް ލިއުއަށް މީގެ ކުރިން ދޮޅު ގަޑިއިރު ބޭނުންވި ނަމަވެސް، އަސްލާ އެއްގޮތަށް ފިނިފެންމަލެއް ފަރުމާކޮށްލަން މިހާރު ލިއުއަށް ބޭނުން ވަނީ އެންމެ 5 ވަރަކަށް މިނެޓެވެ.

ފަންނުވެރިކަން ފައްކާ ވަމުން ދިޔަ ވަރަކަށް ލިއު ދަނީ އެކި މުބާރާތްތަކުގައި ވާދަ ކުރަމުންނެވެ. އެއީވެސް އޭނާގެ ތަޖުރިބާ އިތުރުކޮށް، ހުނަރުވެރިކަން ކުރިއެރުވުމުގެ މަޤްޞަދުގައި ކުރާ ކަމެކެވެ.

އެކި މުބާރާތްތަކުގައި ލިއު ކޮށްފައި ވާ މަސައްކަތްތަކަށް ބަލާއިރު، ވަރލްޑް ސްކިލްސް ކޮމްޕެޓިޝަންގައި އޭނާ ދައްކާލި ހުނަރަކީ، މިހާތަނަށް އޭނާގެ ކިބައިން ފެނުނު އެންމެ އާދަޔާ ޚިލާފު ހުނަރުވެރިކަމެވެ. 'ކްރޭޒީ ފުޑީ' ގެ ނަން ދީފައިވާ އެ ފަރުމާއަކީ އެތައް ބައެއްގެ ސަމާލުކަން ދަމައިގަތް އުފެއްދުމަކަށް ވިއެވެ. ލިއުގެ އެ އުފެއްދުމުގެ އުސްމިން، މީޓަރަކަށް ވުރެ ދިގެވެ. ބަރުދަނުގައި ގާތްގަނޑަކަށް 30 އަކަށް ކިލޯ ހުއްޓެވެ.

'ކްރޭޒީ ފުޑީ' އުފައްދަން ލިއު ކުރި މަސައްކަތުގެ ނަތީޖާ ކިތަންމެހާވެސް ފޮންޏެވެ. މުބާރާތުގެ ޗެމްޕިއަންއަކީ ޚުދު އޭނާއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

04 އޯގަސްޓު 2019

ޝާހުރުކް ޚާންގެ ހިތް އޮތީ އަދިވެސް ރާއްޖޭގައި

04 އޯގަސްޓު 2019
ޝާހުރުކް ޚާންގެ ހިތް އޮތީ އަދިވެސް ރާއްޖޭގައި
10 ޖޫން 2019

"ފްރެންޑްސް" އަނބުރާ ގެންނަން ކާސްޓް އޮތީ ތައްޔާރަށްކަމަށް ޖެނިފަރ އެނިސްޓަން ބުނެފި!

10 ޖޫން 2019
"ފްރެންޑްސް" އަނބުރާ ގެންނަން ކާސްޓް އޮތީ ތައްޔާރަށްކަމަށް ޖެނިފަރ އެނިސްޓަން ބުނެފި!
26 މާރިޗު 2019

މޭގަން މާކަލް އާއި ޕްރިޔަންކާއާ ދެމެދު ރުޅިވެރިކަމެއް ނެތް!

26 މާރިޗު 2019
މޭގަން މާކަލް އާއި ޕްރިޔަންކާއާ ދެމެދު ރުޅިވެރިކަމެއް ނެތް!
02 ޖެނުއަރީ 2019

ދީޕިކާއާއި ކެޓްރީނާއި ދެމެދު އޮތް ރުޅިވެރިކަން ނިމުމަކަށް ގެނައީ ރަންވީރު!

02 ޖެނުއަރީ 2019
ދީޕިކާއާއި ކެޓްރީނާއި ދެމެދު އޮތް ރުޅިވެރިކަން ނިމުމަކަށް ގެނައީ ރަންވީރު!
27 ޑިސެމްބަރު 2018

އެކްޓަރަކަށް ނުވި ނަމަ ޓައިގާ ކުރާނެ ކަންތައް މިއޮތީ!

27 ޑިސެމްބަރު 2018
އެކްޓަރަކަށް ނުވި ނަމަ ޓައިގާ ކުރާނެ ކަންތައް މިއޮތީ!
25 އެޕްރީލު 2018

ނިއުމާއާއި ސުނީތާއާ ޖެހުނު އަސްލު މައްސަލަ މިއޮތީ

25 އެޕްރީލު 2018
ނިއުމާއާއި ސުނީތާއާ ޖެހުނު އަސްލު މައްސަލަ މިއޮތީ
07 ޖެނުއަރީ 2018

ވިރުޝްކާގެ ކައިވެންޏަށް ފަހު ބޮލީވުޑްގައި ދެން އޮތީ ސޯނަމް ކަޕޫރުގެ ކައިވެނިތަ؟

07 ޖެނުއަރީ 2018
ވިރުޝްކާގެ ކައިވެންޏަށް ފަހު ބޮލީވުޑްގައި ދެން އޮތީ ސޯނަމް ކަޕޫރުގެ ކައިވެނިތަ؟
16 އޮކްޓޯބަރު 2017

ނިއުމާގެ 3" ސަޕްރައިޒް" އޮތީ ދަރުބާރުގޭގައި

16 އޮކްޓޯބަރު 2017
ނިއުމާގެ 3" ސަޕްރައިޒް" އޮތީ ދަރުބާރުގޭގައި
28 އެޕްރީލު 2017

"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި

28 އެޕްރީލު 2017
"ބާހްބަލީ2": މިހާރު އޮތީ ސިނަމާގައި
10 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ

10 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ފިލްމު އެސޯސިއޭޝަން އޮތީ "ޕެރަލައިޒް" ވެފައި ކަމަށް މުހައްމާ އިއުތިރާފް ވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް