Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަންފަތަށް އަޑުނީވޭ ގާނޫނީ ވަކީލެއް

ކަންފަތަށް އަޑުނީވޭ ގާނޫނީ ވަކީލެއް ފުރަތަމަ ފަހަރަށް އިންޑިޔާގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކޮށްފި

ދަށުކޯޓުތަކުގައި މަސައްކަތްކުރިއިރު އިންޓަރޕްރީޓަރ އެއް ބޭނުން ކުރުމުގެ ހުއްދަވެސް އޮތީ އޭނާ އަށް ނުލިބިފައެވެ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2023 | ހޯމަ 16:36
އިންޑިޔާ ގެ ގާނޫނީ ވަކީލު ސާރާ ސަނީ

އިންޑިޔާ ގެ ގާނޫނީ ވަކީލު ސާރާ ސަނީ

އިންޑިޔާގެ ސުޕްރީމް ކޯޓުގައި ފުރަތަމަ ފަހަރަށް ކަންފަތަށް އަޑުނީވޭ ޤާނޫނީ ވަކީލަކު ވަކާލާތު ކޮށް ތާރީޚުން ޖާގަ ހޯދައިފި އެވެ. އުމުރުން 27 އަހަރުގެ ސާރާ ސަނީ ވަކާލާތު ކުރުމުގައި ދެއްކި ހުރިހާ ވާހަކައެއްދެއްކީ ސައިން ލެންގުއޭޖް އިންޓަރޕްރިޓަރ އެއްގެ އެހީގައެވެ.

އޮކްޓޯބަރ 6 ވަނަ ދުވަހު އޮތް ކޯޓް އަޑުއެހުމަށް ސާރާއަށް ކޯޓުން ވަކި ޚާއްސަ އިންޓަރޕްރިޓަރ އެއް އައްޔަން ކޮށްދީފައި ވެއެވެ. އަދި ގިނަ ބަޔަކު ވަނީ އޭނަގެ މަސައްކަތް ފާހަގަކޮށް އޭނާގެ ހިތްވަރަށް ތައުރީފް ކޮށްފައެވެ.

ގަބޫލުކުރެވޭ ގޮތުގައި ސާރާ، އެންމެ އިސް ކޯޓުގައި ވަކާލާތު ކުރުމުން ކަންފަތަށް އަޑުނީވޭ މީހުންނަށްވެސް މިދާއިރާގައިވެސް ފުރުސަތުތައް އެބަހުރިކަން ގިނަބަޔަކަށް ފާހަގަވެގެން ދާނެއެވެ. ސާރާ ސަނީއާއި އެކު މަސައްކަތްކުރާ އެހެން ގާނޫނީ ވަކީލެއް ކަމަށްވާ ސަންޗީތާ ބުނި ގޮތުގައި ސާރާގެ މަސައްކަތުގެ ސަބަބުން އެދާއިރާއަށް ވަރަށް ޕޮޒިޓިވް އަސަރުތަކެއް ކުރާނެއެވެ. އޭނާ މިހާރުވެސް އެތައް ބަދަލުތަކެއް ގެނުވާފައިވާއިރު، ސާރާގެ ކާމިޔާބުގެ ސަބަބުން އެހެންވެސް ކަންފަތަށް އަޑުނީވޭ  ކިޔަވާ ކުދިންގެ ކިބައިގައިވެސް ގާނޫނީ އިލްމުން ކުރިޔަށް ދިއުމުގެ ޝައުގްވެރިކަން އުފެދިގެން ދާނެ ކަމަށް އޭނާ ބުނެފައި ވެއެވެ.

ބެންގަލޫރު ނުވަތަ ކުރީގެ ބެންގަލޯގައި ދިރިއުޅޭ ސާރާ ޤާނޫނީ ވަކީލެއްގެ މަސައްކަތުގައި އުޅޭތާ މިހާރު ދެއަހަރު ވެއްޖެ އެވެ.

ދަށުކޯޓުތަކުގައި މަސައްކަތްކުރިއިރު އިންޓަރޕްރީޓަރ އެއް ބޭނުން ކުރުމުގެ ހުއްދަވެސް އޮތީ އޭނާ އަށް ނުލިބިފައެވެ. އެހެންކަމުން އޭނަ ދައްކަން ބޭނުންވި ވާހަކަތައް ހުށަހަޅަނީ ލިއުމުން ކަމަށް ވެއެވެ.

މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ސާރާ ބުނީ އެހެންވެސް އަޑުނީވޭ ކުދިންނާއި ޒުވާނުންނަށް އޭނަ ދޭން ބޭނުންވާ މެސެޖަކީ އޭނަޔަށް މިކަން ކުރެވުނިއްޔާ އެކުދިންނަށްވެސް ކުރެވޭނެކަމުގެ މެސެޖެވެ. އަދި އޭނާޔަށް އާދެވިފައިވާހަމަޔާމެދު މިއަދު ފަޚުރުވެރިވާ ކަމުގައި ބުނެފައިވެއެވެ.

ބެންގަލޫރަށް އުފަން ސާރާ ސަނީ ގެ އެއްމާބަނޑު މާރިއާ ސަނީ އަދި ދޮއްޓަށް ހުންނަ ބޭބެ ޕެޓްރިކް އަކީވެސް ކަންފަތަށް އަޑު ނީވޭ ޒުވާނުންނެވެ. އެމެރިކާގައި މިވަގުތު ދިރިއުޅޭ ބޭބެ ޕެޓްރިކް އަކީ ސޮފްޓްވެއާ އިންޖިނިއަރ އަކަށް ވުމުގެ އިތުރުން ޓެކްސާސްގެ ކަންފަތަށް އަޑިނީވޭ ކުދިންނަށް ކިޔަވާދޭ ސްކޫލެއްގެ ޓިޗަރެކެވެ. އަދި ސާރާގެ އެއްމާބަނޑު މާރިޔާ އަކީ ޗާޓާޑް އެކައުންޓެންޓެކެވެ.

މިތިންބެއިން ކުޑައިރު ކަންފަތަށް އަޑުނީވޭ ކުދިންނަށް ޚާއްސަ ސްކޫލް އަކަށް ފޮނުވަން އެކުދިންގެ މަންމައާއި ބައްޕަ ބޭނުމެއް ނުވިއެވެ. އަދި އެކުދިން ވައްދަން އެއްބަސްވާ "ނޯމަލް" ސްކޫލް އެއްހޯދަން ވަރަށް އަނދަގޫވި ކަމަށް ވެއެވެ. ނަމަވެސް ކުރި ބުރަ މަސައްކަތުން އެންމެ ފަހުން ރަގަޅު ސްކޫލް އަކާ ދިމާވި ކަމަށް އެމީހުން ބުނެފައި ވެއެވެ.

ސާރާ ސަނީ ބުނި ގޮތުގައި ސްކޫލްގައި ކިޔަވާދޭ އެއްޗެއް ފުރަތަމަ ދަސްކުރީ ރައްޓެހިންގެ އެހީއާއެކު، ޓީޗަރުން ތުން ތަޅުވާ ތަން ބަލައިގެންނެވެ. ބައެއް ކުދިން އޭރު މަލާމަތް ކޮށްވެސް ހަދާކަމަށާ ނަމަވެސް އޭރުވެސް ތިމަންނަގެ ޕޮއިންޓް ސާފު ކޮށްދިނުމަށް "އާގިއު" ކުރާކަމަށް އޭނާ ބުނެފައި ވެއެވެ.

ކާމިޔާބްކަމާއެކު ސްކޫލް ދައުރު ނިންމާލުމަށްފަހު ސާރާ ސަނީ ބެންގަލޫރުގެ ސެއިންޓް ޖޯސެފްސް ކޮލެޖްގައި ގާނޫނީ ދާއިރާއިން ކިޔަވަން ފެއްޓިއެވެ. އޭރު އޭނަޔާއެކު އޭނާގެ މަންމަވެސް ލޯ ސްކޫލްއަށް ގޮސް އޭނާޔަށް އެހީތެރިވި ކަމަށް ވެއެވެ. ނަމަވެސް މަންމަޔަށް ކޯސް ނިންމާލެވިފައި ނުވާކަމަށް ވެއެވެ. އޭގެ ފަހުން ރަހުމަތް ތެރިއަކާ އަދި އެއްބަޑު އަނެއް ދެބެން ވެސް ވަރަށް ބޮޑަށް އެހީތެރި ވެފައިވާ ކަމަށް ސާރާ ބުނެފައި ވެއެވެ.

އެޑްވޮކޭޓް އަކަށް ވުމަށްޓަކައި ސާރާ ސަނީ "ބާ" އިމްތިހާން ހަދާފައިވަނީ 2021 ވަނަ އަހަރު އެވެ. އޭގެ ފަހުން ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.  

އެކުދިންނަކީ ޚާއްސަ އެހީއަށް ބޭނުންވާ ކުދިނަނަށް ނުހަދާ އެހެންވެސް ކުދިންނާ އެއްގޮތަކަށް ބޮޑެތި ކުރީތީ މައިންބަފައިންނަށް ވަރަށް ޝުކުރުވެރިވާ ކަމަށް ސާރާ ބުނެފައި ވެއެވެ. އަދި އަމިއްލަ ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ކުރުމުގެ ހިއްވަރު ލިބުނީ އެކަމުގެ ސަބަބުން ކަމަށްވެސް ސާރާ ބުނެފައި ވެއެވެ.

2011 ވަނަ އަހަރުގެ ބޯހިމެނުމުން ދައްކާ ގޮތުގައި އިންޑިޔާގައި ކަންފަތަށް އަޑުނީވޭ ނުވަތަ އަޑުއިވުމުގައި ދަތިތަކެއް ހުރި 18 މިލިއަން މީހުން އެބަތިއްބެވެ.

ކަންފަތަށް އަޑުނީވޭ އެހެން އިސްފަރާތެއް ބުނެފައިވާ ގޮތުގައި މިއަދު އިންޑިޔާގެ ސުޕްރީމް ކޯޓުން އެވަނީ ކަންފަތަށް އަޑުނީވޭ މީހުންނަށް "އަޑެއް" ދީ، އެހެން އިދާރާތަކަށް ވެސް އެކަން ކުރެވިދާނެކަމުގެ މިސާލު ދައްކާފައެވެ.

އިންޑިއާބެންގަލޫރު

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

އިންޑިޔާ ގައި މާބަނޑު މީހުންގެ ހޮސްޕިޓަލެއްގެ ސީސީޓީވީ ހެކްކޮށްގެން ވަގަށް ނެގި ގިނަ އަދަދެއްގެ ވީޑިއޯތަކެއް ޓެލެގްރާމްގައި ވިއްކައިފި

17 ނޮވެމްބަރު 2025
އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

އިންޑިއާގެ ކަޝްމީރުގެ ޕޮލިސް ސްޓޭޝަނެއްގައި އެއްޗެއް ގޮވައި 7 މީހަކު މަރުވެ، 27 މީހަކު ޒަހަމްވެއްޖެ

15 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު