Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ޤުރުއާނާއި ރަސޫލާގެ ސުންނަތުގައި ހިފައިފިނަމަ ދުވަހަކު ވެސް މަގު ނޯޅޭނެ: ޚުތުބާ

6 އޮކްޓޯބަރު 2023 | ހުކުރު 08:25

މި މައްސަރަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް

އަމްނާ އިމާދު
އަމްނާ އިމާދު | 6 އޮކްޓޯބަރު 2023 | ހުކުރު 08:25
ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ހުކުރު ނަމާދު ކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން

ކީރިތި ޤުރުއާނާއި، ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ ސުންނަތުގައި ހިފައިފިނަމަ ދުވަހަކު ވެސް މަގުނޯޅޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

''ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް މައްސަރު'' މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ޚުތުބާގައި ބުނީ މިމައްސަރަކީ ބަރަކާތުން ފުރިގެންވާ މައްސަރެއް ކަމަށާއި، މިމައްސަރަކީ އާލަމްތަކަށް ރަހްމަތެއްކަމުގައި ކީރިތި ﷲ ފޮނުއްވި މާތް ސާހިބާ ދުނިޔެއަށް ވަޑައިގަތް މައްސަރު ކަމަށެވެ.

Advertisement - newsAdvertisement

ޚުތުބާގައި ވަނީ އެކަލޭގެފާނު ދުނިޔެއަށް ވަޑައިގެންނެވުމުގެ ކުރިން ދުނިޔެ އޮތް ދަށު ދަރަޖައާއި އެކަލޭގެފާނު ދުނިޔެއަށް އުފަންވެވަޑައިގަތުމާއި އަދި ދީނަށް ގޮވާލެއްވުމުގައި މަސައްކަތްތައް ކުރެއްވި ގޮތަށް އަލިއަޅުވާލާފައެވެ.

ޚުތުބާގައި ބުނީ އެދުވަސްވަރު ފޮތުގެ އަހުލުވެރީންގެ ގޮތުގައި ތިބީ ޔަހޫދީންނާއި، ނަސާރާއިން ކަމަށާއި، އެދެބައި މީހުން ވެސް ދިޔައީ އެއްބަޔަކު އަނެއްބަޔަކު ކުށްވެރިކުރަމުން ކަމަށެވެ.

ޚުތުބާގައި ބުނީ މިފަދަ ހާލަތެއްގައި ދުނިޔެވަނިކޮށް ރަސޫލާ މުހައްމަދުގެފާނު ދުނިޔެއަށް ވަޑައިގަތީ ޔަތީމު ހާލުކޮޅުގައި ކަމަށާއި، އުފަންވެ ވަޑައިގަތް ދުވަހުން ފެށިގެން އެކަލޭގެފާނަށް ތަރުބިއްޔަތު ލިބިވަޑައިގަތީ ސީދާ އިލާހީ އިނާޔަތްތެރި ކަމުގެ ދަށުގައި ކަމަށެވެ.

ޚުތުބާގައި ބުނީ ރިވެތި އަޚުލާގާއި މަކާރިމުގެ މާތް ސިފަތައް އެކަލޭގެފާނަށް ލިބިވަޑައިގެންފައިވަނީ އޭގެ މަތިވެރި މިސާލެއްގެ ގޮތުގައި ކަމަށާއި، އުމުރުފުޅުން ސާޅީސް އަހަރުފުޅު ފުރިހަމަ ވުމަށްފަހު އިންސާނިއްޔަތަށް މަގު ދައްކަވައި ދުނިޔެ އިސްލާހު ކުރެއްވުމުގެ ބުރަ މަސްއޫލިއްޔަތު އެކަލޭގެފާނު ކޮނޑުފުޅުގައި އެޅުނު ކަމަށެވެ.

ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ އެކަލޭގެފާނުގެ ރިސާލަތުގެ ކުރީކޮޅުގައި އެކަލޭގެފާނަށް ތަބައަވީ މަދު މީސްކޮލައިގެން އަޅުކަން ކުރައްވައި އުޅުއްވީ ސިއްރިއްޔާތުގައި ކަމަށާއި، ފާޅުގައި ދީނަށް ގޮވައިލެއްވުމުގެ އަމުރުފުޅު އައުމާއި ގުޅިގެން ފާޅުގައި ދީނަށް ގޮވައިލައްވަން ފެއްޓެވި ކަމަށެވެ. އެއަށްފަހު މުޝްރިކުންގެ ދުއްތުރާތަކާއި އަނިޔާތައް ދިޔައީ އިތުރުވަމުން ކަމަށާއި، އޭގެކުރިން އެބައިމީހުންގެ ކައިރީގައި އެންމެ ލޮބުވެތި ޝަހުސެއްކަމުގައިވީ މާތް ރަސޫލާ އަކީ އެބައިމީހުންގެ ދުޝްމަނެއް ކަމުގައި ބަލަން ފެށި ކަމަށެވެ. އަދި އެކަލޭގެފާނުގެ ފުރާނަފުޅަށް ނުރައްކައުވާ ދަރަޖަށް އެބައިމީހުންގެ އަނިޔާވެރިކަން ދިޔަ ކަމަށާއި، މިހިސާބަށް ކަންތައްތައް ދިއުމުން މައްކާ ދޫކުރައްވައި މަދީނާއަށް ހިޖުރަކުރެއްވިކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެތާނގައި އިސްލާމީ ދައުލަތެއް ބިންގާ އެޅުއްވި ކަމަށާއި، އިތުރު އެކަލޭގެފާނަށް ތަބައަވީ މުސްލިމުންގެ އަދަދު އެއްދުވަހުން އަނެއް ދުވަހަށް ދިޔައީ އިތުރުވަމުން ކަމަށެވެ.

ތޭވީސް އަހަރު ކެނޑިނޭޅި ކުރެއްވި މަސްކަތްޕުޅަށް ފަހު ސުވަރުގެ ވަޑައިގަތީ މާތްރަސޫލާގެ ކޮނޑުފުޅު އެޅުއްވުނު ވަރުގަދަ މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އުފުއްލަވާފައިކަމަށެވެ. އަދި ދުނިޔެ އެހެން ދުނިޔެއަކަށް ބަދަލުކުރައްވާފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އިސްލާމީ ރިސާލަތާއެކު ދުނިޔެ ދެކެން ފެށީ މުޅި އައު ދައުރެއް ކަމަށާއި، ޖަހާލަތުގެ އަނދިރިކަން ފެތުރިފައި އޮތް ދުނިޔެ އިލްމުގެ ނޫރުން އަލިވެ އުޖާލާވި ކަމަށެވެ. އަނިޔާއާއި ބޭއިންސާފުގެ ބަދަލުގައި އަދުލު އިންސާފު އާއްމުވި ކަމަށާއި، ދެކޮޅުވެރިކަމާއި ނޭއްގާނީކަމުގެ ބަދަލުގައި އެކުވެރިކަމާއި ސުލްހަ މަސަލަސްކަން ގާއިމްވި ކަމަށެވެ. އަދި ތައުހީދުގެ ބިންގަލުގެ މަތީގައި އީމާންކަމުގެ އިމާރާތްތައް އާރާސްތުކުރެވިފައިވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ދުނިޔެ ދޫކުރައްވައި ވަޑައިގަތީ އަހަރެމެން އޭގައި ހިފަހައްޓައިފިނަމަ އަހަރެމެން ދުވަހަކުވެސް މަގުނޯޅޭނެ ދެ އެއްޗެއް އަހަރެމެންގެ ތެރެއަށް ދޫކުރައްވާފައެވެ. އެއީ ކީރިތި ޤުރުއާނާއި އިތުރު އެކަލޭގެފާނުގެ މާތްވެގެންވާ ސުންނަތް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ އުއްމަތުގެ ބާއްޖަވެރިކަމަށްޓަކައި އުއްމަތުގެ ހެވާއި ލާބައަށްޓަކައި ކީރިތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ކުރެއްވި މިންނަތް މަސައްކަތްޕުޅަކީ ދުލަކުން ގަލަމަކުން ބަޔާންކުރެވޭ ވަރަށްވުރެ ގިނަގުނަ ކަންތައްތަކެއް ކަމަށެވެ. އަދާކުރަންޖެހޭ ޝުކުރަކީ އެހާ މަތިވެރި ޝުކުރެއް ކަމަށާއި، އެކަލޭގެފާނު ގެނެސްދެއްވި ހިދާޔަތާއި ޝަރީއަތަށް ފުރިހަމައަށް ބޯލަނބައި އެކަލޭގެފާނަށް ތަބާވާންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް