Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެރިކަން ބަދަލުކުރުމުގެ މަރުހަލާ

ޓްރާންސިޝަން ކޮމިޓީގެ އިސްބޭފުޅަކަށް އަބްދުއްރަހީމް

5 އޮކްޓޯބަރު 2023 | ބުރާސްފަތި 09:19

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ވެރިކަން ބަދަލުވުމުގެ މަރުހަލާ އަށް ކޮމިޓީއެއް އެކުލަވާލާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 އޮކްޓޯބަރު 2023 | ބުރާސްފަތި 09:19
ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ވެރިކަން ބަދަލުކުރުމުގެ މަރުހަލާ އާއި ކަންކަން ކުރަން ގާނޫނީ ގޮތުން އުފައްދަންޖެހޭ ޓްރާންސިޝަނަލް ކޮމިޓީގެ އެންމެ އިސްބޭފުޅަކީ ޕީއެންސީގެ ޗެއާމަން އަބްދުއްރަހީމް އަބްދުﷲ ކަމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ކަނޑައަޅައިފިއެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަޤާމަށް ޢަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަޖައްސަވާފައެވެ. އަބްދުއްރަހީމާއި މަޤާމުގެ މަސްއޫލިއްޔަތު ހަވާލު ކުރީ ސިވިލްސާވިސް ކޮމިޝަންގައި ބުރާސްފަތި ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައި ބުނަނީ ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ވާނީ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވާ ގޮތުގެ މަތިން ސިވިލް ސަރވިސް ކޮމިޝަނުން ކަމަށެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސައްކަތް ކުރުމަށް ޤާނޫނީ ގޮތުން ކުރަން ޖެހޭ ކަންކަމުގެ ތެރޭގައި އިންތިޚާބީ ރައީސްގެ އޮފީހެއް ހަމަޖެއްސުން ހިމެނެއެވެ. އަދި އެ ތަނަށް ބޭނުންވާ ތަކެއްޗާއި މުވައްޒަފުންނާއި އެމީހުންގެ މުސާރަ އާއި އިނާޔަތްތައް ހިމެނެއެވެ. އެ މަރުހަލާ އަށް އެންމެ ގިނަ ވެގެން ޚަރަދު ކުރެވޭނީ އެއް މިލިއަން ރުފިޔާކަން ފާހަގަކޮށްލެވެއެވެ.

ވެރިކަން ބަދަލުވުމުގެ މަރުހަލާ އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ފަރާތްޕުޅުންވެސް ވަނީ ކޮމިޓީއެއް އުފައްދަވާފައެވެ. އެކޮމިޓީގެ އެންމެ އިސް ބޭފުޅަކީ ރައީސް އޮފީހުގެ ކޯޕަރޭޓް ސާވިސް ސެކްރެޓަރީ ހުސައިން އާމިރުއެވެ. މީގެ އިތުރުން ވެރިކަން ބަދަލުވުމުގެ ކަންކަން ވިލަރެސް ކުރައްވާނީ ޗީފް އޮފް ސްޓާފް އަލީ ޒާހިރުއެވެ.

އަބްދުލް ރަޙީމް އަބްދުﷲ

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

13 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
04 ފެބުރުއަރީ 2025

ދެން އިތުރު އެއްވެސް ގޮތެއް އަބްދުއްރަހީމަށް ހަމަ ނެތީތޯއެވެ!

04 ފެބުރުއަރީ 2025
ދެން އިތުރު އެއްވެސް ގޮތެއް އަބްދުއްރަހީމަށް ހަމަ ނެތީތޯއެވެ!
04 ފެބުރުއަރީ 2025

މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް

04 ފެބުރުއަރީ 2025
މަޖިލިސް މި ދައުރަށް ހުޅުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ އަބްދުއްރަހީމް
04 ފެބުރުއަރީ 2025

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި

04 ފެބުރުއަރީ 2025
އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު މަޖިލިސް ރައީސް އަބްދުއްރަހީމް އާ ބައްދަލު ކުރައްވައިފި
02 ފެބުރުއަރީ 2025

"އަބްދުއްރަހީމް އޮފީހަށް ނުކުންނަވާ، ފެންނަނީ ވަރަށް އެކަހެރިކޮށް"

02 ފެބުރުއަރީ 2025
"އަބްދުއްރަހީމް އޮފީހަށް ނުކުންނަވާ، ފެންނަނީ ވަރަށް އެކަހެރިކޮށް"
28 ޖެނުއަރީ 2025

މީޑީއާ އާ އިތުރަށް ވާހަކަ ނުދެއްކެވުމަށް ރައީސް މުއިއްޒު އަބްދުލްރަހީމަށް އަންގަވައިފި

28 ޖެނުއަރީ 2025
މީޑީއާ އާ އިތުރަށް ވާހަކަ ނުދެއްކެވުމަށް ރައީސް މުއިއްޒު އަބްދުލްރަހީމަށް އަންގަވައިފި
04 އޮކްޓޯބަރު 2024

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން
30 އޯގަސްޓު 2024

ޔާމީންގެ ނަސޭހަތެއް އަބްދުއްރަހީމަށް: "އަޅުގަނޑުމެންގެ ވެރިންވެސް ވަމާހޭ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކަށް"

30 އޯގަސްޓު 2024
ޔާމީންގެ ނަސޭހަތެއް އަބްދުއްރަހީމަށް: "އަޅުގަނޑުމެންގެ ވެރިންވެސް ވަމާހޭ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކަށް"
29 އޯގަސްޓު 2024

މިސަރުކާރުގެ އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ އަބްދުއްރަހީމާއި، އެބޭފުޅާގެ އާއިލާއަށް: ޝިފާގު

29 އޯގަސްޓު 2024
މިސަރުކާރުގެ އެންމެ ބޮޑު ހޭދައެއް ކުރަންޖެހިފައިވަނީ އަބްދުއްރަހީމާއި، އެބޭފުޅާގެ އާއިލާއަށް: ޝިފާގު
28 އޯގަސްޓު 2024

އިގްތިސާދީ ކަންކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރުގެ ލަފާ ހޯއްދަވާފިނަމަ ވާނީ ނުލަފާ: އަބްދުއްރަހީމް

28 އޯގަސްޓު 2024
އިގްތިސާދީ ކަންކަމުގައި ކުރީގެ ފިނޭންސް މިނިސްޓަރުގެ ލަފާ ހޯއްދަވާފިނަމަ ވާނީ ނުލަފާ: އަބްދުއްރަހީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް