Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޮޑު ތިލަދުންމަތި ނާސިންގ ކޮންފަރެންސް

ބޮޑު ތިލަދުންމަތީގެ ނާރސިންގ ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި

މިއީ އަތޮޅު ތެރޭގައި ބޭއްވި މިފަދަ ފުރަތަމަ ކޮންފަރެންސް

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2023 | ހުކުރު 14:02
ބޮޑު ތިލަދުންމަތި ނާރސިން ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ބޮޑު ތިލަދުންމަތި ނާރސިން ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ނަރުހުން އަދި ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސް ގުޅިގެން 'ބޮޑުތިލަދުންމަތި ނަރސިންގ ކޮންފަރެންސް' ނަމުގައި ކުރިޔަށް ގެންދިޔަ ނާރސިންގ ކޮންފަރެންސް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

އަތޮޅު ތެރޭގައި ބޭއްވި ފުރަތަމަ ނާސިން ކޮންފަރެންސް 58 ބައިވެރިންނާއެކު ކުރިއަށްގެންގޮސްފައިވަނީ 28 ސެޕްޓެމްބަރު 2023 ވީ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީ ކުޅުދުއްފުށި ސިޓީ ކެމްޕަސް ހޯލްގައެވެ.

މި ކޮންފަރެންސްގެ ތީމްގެ ގޮތުގައި ކަނޑައަޅަފއިވަނީ 'ޓްރެންޑްސް އިން ނަރސިންގ ޕްރޮފެޝަން: ޗެލެންޖަސް، އިނޮވޭޝަން އެންޑް އެޑިއުކޭޝަން' އެވެ. މި ކޮންފަރެންސްގެ މަގުޞަދަކީ ނަރސިންގ ޕްރޮފެޝަނަށް އަދި ދުނިޔޭގައި މި ހިދުމަތަށް އަންނަ ބަދަލުތަކަށް މި ސަރަހައްދުގެ ނަރުހުންގެ ހޭލުންތެރިކޮށް، މި ފަދަ ޕްލެޓްފޯރމެއްގެ ތެރެއިން ހިދުމަތް ދިނުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ މަޝްވަރާކުރުންކަމަށް ކޭއާރުއެޗް މައުލޫމާތުދެ އެވެ.

މި ކޮންފަރެންސްގެ ފެސިލިޓޭޓަރުންގެ ގޮތުގައި ނެދަލެންޑްސްގެ އެމްސްޓަރޑަމް ޔުނިވަރސިޓީގެ ސާރޖަރީ ޑިޕާރޓްމަންޓްގެ ޕްރޮފެސަރ ޑަރކް އުބިންކް ވަނީ 'ހައު ޓު ޕްރެކްޓިސް އެވިޑެންސް ބޭސްޑް ޕްރެކްޓިސް ޓްމޯރޯ' ގެ ނަމުގައި ސެޝަން އެއް ނަންގަވައިދެއްވާފައެވެ. މީގެ އިތުރުން ވިލާ ކޮލެޖްގެ ނަރސިންގ ފެކަލްޓީގެ ޑީން، ޑރ. އަސްމާ އިބްރާހިމް 'ނަރސިންގ އެސް އަ ޕްރޮފެޝަން (ޓްރެންޑްސް)' ގެ ނަމުގައި ސެޝަން އެއް ކުރިއަށްގެންދެވިއެވެ.

އަދި މީގެ އިތުރުން ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސްގެ (ސީ.އެން.ވީ) ފަރާތުންވެސް ވަނީ ސެޝަންތައް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން ކޮމިއުނިޓީ ނަރސް ވޮލަންޓިއަރސްގެ (ސީ.އެން.ވީ) ގެ ރައީސާ ނަޒީރާ ނަޖީބު އަދި މީޑިއާ ކޯޑިނޭޓަރ މަރިޔަމް ނިޔާން ވަނީ ސެޝަން ނަންގަވައިދެއްވާފަ އެވެ. އަދި އިފެކްޓިވް ކޮމިއުނިކޭޝަން ގެ ނަމުގައި އުރީދޫގެ ސީނިއަރ މެނޭޖަރ ޑިސްޓްރިބިއުޝަން، އަބްދުލް މުހައިމިން އިބްރާހިމް ސެޝަންތައް ކުރިއަށް ގެންގޮސް ކަރުދާސް ހުށައަޅާފައިވެއެވެ.

މި ކޮންފަރެންސްގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ޤައުމީ ޔުނިވަރސިޓީ ކުޅުދުއްފުށީ ކެމްޕަހުގައި ބުރާސްފަތިދުވަހުއެވެ. މި ރަސްމިއްޔާތު ޝަރަފުވެކޮށްދެއްވީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ޗީފް އެގްޒެކްޓިވް އޮފިސަރ އަހުމަދު ދާއޫދު އެވެ. ޝަރަފުވެރި މެހެމާނުގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިން އަދި ހޮސްޕިޓަލުގެ ސީނިއަރ މެނޭޖްމަންޓް ޓީމުން ވަނީ ރަސްމިއްޔާތުގައި ބައިވެރިވެލައްވާފައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

ދުނިޔޭގެ އެންމެ ބޮޑު ކަނޑު އަޑީގެ ރެސްޓޯރެންޓާއެކު ހުރަވަޅި ރިސޯޓް ރައީސް ޔާމީން ހުޅުއްވައިދެއްވަނީ

30 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 މާރިޗު
ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި
20251 އަހަރު ކުރިން
ރާއްޖެ

ރަސްދޫގައި ފިހުނު ޒުވާން ދެމަފިރިންގެ ހާލު ގޯސްވެ، ވެންޓިލޭޓަރަށް ލައިފި

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުން ބޯންވީމަ އިސްކުރު ފެން، ރައީސްގެ ގެކޮޅުގައި ބޭނުންކުރަން ޗައިނާ އިމްޕޯޓެޑް ލަގްޒަރީ ފެން

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!
20233 އަހަރު ކުރިން
ރިޕޯޓު

ސުމާއާއި އާސިމާ: ރަންތާޖު ގުރުއާން މުބާރާތުގައި މަންމައާއި ދަރިފުޅު!

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭހުގެ ބައެއް މަންޒަރުތައް ދައްކުވައިދޭ ޓްރެއިލަރެއް

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި
20215 އަހަރު ކުރިން
ރާއްޖެ

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން 3000 ޒުވާނުންނަށް ތަމްރީނު ދިނުމަށް ހުޅުވާލައިފި

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ
20197 އަހަރު ކުރިން
ރާއްޖެ

އަޅުގަނޑުގެ ކެންޑިޑޭޓަކީ ސައްލެ، ވޯޓު ދެއްވުމަށް އާދޭހާ އެކު އެދެން: މިނިސްޓަރު އައިޝާ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!
20188 އަހަރު ކުރިން
ރާއްޖެ

އދ.ގެ ޕޮލިޓިކަލް އެފެއަރޒް ޑިޕާޓްމަންޓްގެ ޓީމެއް ރާއްޖޭގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު