Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރިޔާސީ އިންތިޚާބު 2023

ފާހަގަ ނުފެންނަ ގޮތަށް ބޫތުގެ ޑިޒައިނަށް ވާނީ ބަދަލު ގެނެސްފައި - އިލެކްޝަންސް ކޮމިޝަން

29 ސެޕްޓެމްބަރު 2023 | ހުކުރު 08:41

ގެނައި ބަދަލާއެކު ހުއްޓިގެން ހުންނަ އިރު ދެފަރާތުން ކެމެރާކުރަން ލިބުނު ޖާގައިން މިފަހަރަކު އެކަން ކުރަން ނުލިބޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 ސެޕްޓެމްބަރު 2023 | ހުކުރު 08:41
ހއ. ހޯރަފުށީ ސްކޫލުގައި ގާއިމްކުރި މަރުކަޒުގައި ބަހައްޓާފައިވާ ފާހަގަ ޖަހަން ބޭނުންކުރާ ބޫތުތައް

ހއ. ހޯރަފުށީ ސްކޫލުގައި ގާއިމްކުރި މަރުކަޒުގައި ބަހައްޓާފައިވާ ފާހަގަ ޖަހަން ބޭނުންކުރާ ބޫތުތައް

ވޯޓު ކަރުދާހުގައި ޖަހާ ފާހަގަ ނުފެންނަ ގޮތަށް ބޫތުގެ ޑިޒައިނަށް ބަދަލު ގެނެސްފައިވާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ޑެޕިއުޓީ ޑިރެކްޓަރ އޮފް ޕޮލިޓިކަލް ޕާޓީ އެންޑް ރެގިއުލޭޝަން ޚުޒައިމާ ތައުފީޤު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޚުޒައިމާ ވިދާޅުވީ ވޯޓުގައި ފާހަގަ ޖަހާ ބޫތު ފުރަތަމަ ބުރުގައި ބަހައްޓާފައިވަނީ ސިޔާސީ ޕާޓީތަކާއި ކެންޑިޑޭޓުންގެ އެދިވަޑައިގަތުމުގެ މަތިން ކަމަށެވެ. އެގޮތަށް ބަދަލުކުރީ ކުރިން ވޯޓު ބޫތު ބަހައްޓާފައި ހުރި ގޮތުން ޖީބަށް އަތްލާފައި ފޯނު ނަގާ ފޮޓޯ ނެގިޔަސް ނޭނގޭ ކަމަށެވެ.

Advertisement - newsAdvertisement

ޚުޒައިމާ ވިދާޅުވީ ދެވަނަ ބުރުގައި ވެސް ބޫތު ބަހައްޓާނީ ފުރަތަމަ ބުރުގައި ވެސް ބެހެއްޓި ގޮތަށް ކަމަށާއި، ނަމަވެސް ބޫތުގެ ޑިޒައިނަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައިވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ވޯޓުގެ ފާހަގައާއި ގުޅޭގޮތުން ގިނަ ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް ގާނޫނު ބުނާ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށާއި، ގާނޫނުގައި ބުނަނީ ސިއްރު ވޯޓެއް ނަގަންޖެހޭ ކަމަށެވެ. އެހެންކަމުން ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށްޓަކައި ކުރި މަސައްކަތުން ބައެއް ކަންކަން ދިމާވި ކަމަށެވެ. ކޮމިޝަނުން އިތުރުކޮށްފައިވަނީ ދެ ކަމެއްކަން ފާހަގަކުރައްވާ ޚުޒައިމާ ވިދާޅުވީ އެކި ކުލަކުލައިން ފާހަގަ ނުޖެހުމާއި ދެ ފާހަގަ ނުލެވުމާއި، ބޫތު ބަހައްޓާގޮތަށް ބަދަލު ގެނައުން ކަމަށެވެ.

ޚުޒައިމާ ވިދާޅުވީ ދެ ފާހަގަ ޖަހައިފި ނަމަ ނުވަތަ ކޮމިޝަނުން ނިންމާފައިވާ ކުލައެއް ފިޔަވައި އެހެން ކުލައަކުން ފާހަގަ ޖަހައިފިނަމަ ވޯޓު ބާތިލްވާނެކަމަށް ނިންމާފައިވަނީ ކެންޑިޑޭޓުންނާއި ކެންޑިޑޭޓުންގެ މަންދޫބުންގެ ފަރާތުން، ގައުމީ ލަފާދޭ ކޮމިޓީގައި ތިބި މެންބަރުންގެ އެދުމުގެ މަތިން ކަމަށެވެ.

އީފާސް ބޭނުން ނުކުރެވޭތީ އެކަމުގެ ކަންބޮޑުވުން އާންމުން ފާޅުކޮށްފައިވާތީ އެކަމާއި ގުޅިގެން ޚުޒައިމާ ވިދާޅުވީ ބަދަލެއް ގެންނަން ނުފެންނާނީ ފުރަތަމަ ބުރުގައި ވެސް އައިޑީކާޑާއި، ލައިސަންސް ކާޑާއި، ޕާސްޕޯޓް ކާޑު އަދި ޕާސްޕޯޓު ބޭނުންކޮށްގެން ވޯޓުލެވޭގޮތަށް ހެދިކަމަށެވެ. ވޯޓުލާ މަރުކަޒުގައި ފޯނު ބޭނުންކުރުމަކީ މަނާކަމެއް ކަމަށާއި، އެހެންކަމުން އީފާސް ނުދެއްކޭނެ ކަމަށާއި، ވޯޓުލާ މަރުކަޒުގެ ތެރެއިން އެކަންކަން ބެލޭނެ ވަސީލަތްތައް ނުހުންނާނެ ކަމަށެވެ. މީގެ އިތުރުން ފޮޓޯ ކޮޕީ ގެންނަ އިރު، ދައުލަތުގެ ނިޝާން ނުހުނާތީ ސައްހަކަން ކަށަވަރު ނުވާނެ ކަމަށެވެ. އެހެންކަމުން ކޮމިޝަނުން ނިންމާފައިވަނީ އިތުރުބަދަލެއް ނާންނާނެ ކަމަށެވެ.

ޚުޒައިމާ ވިދާޅުވީ ވޯޓުލާ ގަޑި އިތުރުކޮށްފައިވީނަމަވެސް، ވޯޓުލާން ފަށާ ގަޑީގައި މީހުން މަދުން ދިއުމާއި، ނިންމާ ގަޑީގައި ވޯޓުލާންދާ މީހުންގެ އަދަދު އިތުރުވުމަކީ ކަންބޮޑުވުމެއް ކަމަށެވެ. މީގެއިތުރުން ރީ-ރަޖިސްޓްރޭޝަންގައި ވެސް އެންމެ ފަހު ވަގުތު ގިނަ އަދަދެއްގެ ބަޔަކު ރީ-ރަޖިސްޓްރޭޝަނަށް ފޯމް ހުށަހަޅާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ދަތިތަކެއް ހުންނަ ކަމަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
08 ފެބުރުއަރީ 2017

ފެބްރުއަރީ ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި

08 ފެބުރުއަރީ 2017
ފެބްރުއަރީ  ކޯޓުތަކުގައި ހުޅުޖެހި ދުވަހުގެ ގޮތުގައި ފާހަގަ ކޮށްފި
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް

22 ޖެނުއަރީ 2017
މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ރައީސް ޔާމީން މ. އަތޮޅަށް
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް