Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީއޭގެ ނިންމުމާއެކު ފައްޔާޒުގެ ރައްދު

އެމްޑީއޭއަށް ޝުކުރު އަދާކުރައްވާ ފައްޔާޒު ވިދާޅުވީ އެމްޑީޕީއަކީ ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއްކަމަށް

ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަކީ ބަލިކޮށް ނުލެވުނު ހިތްވަރެއްކަމަށާއި ގުޑުވާނުލެވުނު އަޒުމެއްކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 ސެޕްޓެމްބަރު 2023 | ބުދަ 00:30
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު

ރިޔާސީ އިންތިޚާބުގައި އެމްޑީޕީ އާއެކު ކޯލިޝަން ހެދި މޯލްޑިވިއަން ޑިވެލޮޕްމަންޓް އެލައަންސް (އެމްޑީއޭ) އިން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީ އަށް ތާއީދުނުކުރަން ނިންމައި ކޯލިޝަން ރޫޅާލަން ނިންމިމުމަށް އިޙްތިރާމްކުރައްވާކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއީލު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ އަރިހުގައި އެމްޑީއޭގެ ރައީސް އަދި މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު ފެނިގެންދިޔަނަމަވެސް ފުރަތަމަބުރުގެ ނަތީޖާއަށްފަހު އެއްގޮތަކަށްވެސް ސިޔާމް ދެވަނަ ބުރުގެ ކެމްޕެއިން ތެރެއިން ފެނިފައިނުވެއެވެ. އެމްޑީއޭގެ އެހެން ބޭފުޅުން އެމްޑީޕީ އާއެކު ކެމްޕެއިންތަކުން ފެނިގެންގޮސްފައިވާއިރު ދެވަނަ ބުރުގެ ވޯޓުލާން ތިން ދުވަހަށް ވެފައިވަނިކޮށް އަންގާރަ ދުވަހުގެ ރޭ އެމްޑީއޭއިން ވަނީ ދެވަނަ ބުރުގައި އަމަލުކުރާނެ ގޮތެއް ކަނޑައެޅުމަށް ކައުންސިލު ބައްދަލުވުމެއް ބާއްވާފައެވެ.

އެބައްދަލުވުމަށް ސިޔާމް ހުށަހެޅުއްވީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށެވެ. އެހުށަހެޅުމަށް ކައުންސިލުގެ ތާއީދުނުލިބުނުއިރު ރައީސް ޞާލިހު އާއެކު ކުރިޔަށްދާން ހުށަހެޅި ހުށަހެޅުމަށްވެސް ތާއީދުލިބިފައެއްނުވެއެވެ. އެމްޑީއޭ ކައުންސިލުގެ ތާއީދު ލިބުނީ ދެވަނަ ބުރުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް ތާއީދުކުރުމަށެވެ.

އެމްޑީއޭގެ މިނިންމުމާއެކު ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީއޭގެ ނިންމުމަށް އިޙްތިރާމްކުރައްވާކަމަށާއި ކެމްޕެއިންގައި އެމްޑީއޭއިން ކުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާކަމަށެވެ.

އަދި އެމްޑީޕީގެ މެމްބަރުންނަށް ހިތްވަރު ދެއްވަމުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ގަދަކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީއެއްކަމަށެވެ. ބަލިކޮށް ނުލެވުނު ހިތްވަރެއްކަމަށާއި ގުޑުވާނުލެވުނު އަޒުމެއްކަމަށެވެ.

އެމްޑީއޭއިން ޑރ. މުއިއްޒަށް ތާއީދު ކުރަން ނިންމިއިރު އިންތިޚާބުގެ ފުރަތަމަ ބުރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވެފައިވަނީ އެމަނިކުފާނަކީ ދެފުށްކެހެރި މީހެއް ނޫން ކަމަށާއި ރައީސް ސޯލިހު ދޫނުކޮށްލައްވާނެކަމަށެވެ.

އެމްޑީއޭއިން އެމްޑީޕީ އާއެކު ހަދާފައިވާ ކޯލިޝަން ރޫޅާލިނަމަވެސް އެމްޑީއޭގެ ބައެއް މެމްބަރުން ވަނީ އެމްޑީއޭއިން ވަކިވެ ރައީސް ޞާލިހަށް ތާއީދުކުރަން ނިންމާފައެވެ. އަދި އެކަން އަންނަނީ ސޯޝަލް މީޑިޔާގައި ހާމަކުރަމުންނެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2018

ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ

27 ޖެނުއަރީ 2018
ސަރުކާރު ޒިންމާދާރު ނުކުރެވޭ ނަމަ ވެރިކަން ވައްޓާލަން ލާޒިމު ކަމަށް ވިދާޅުވީ ރައީސް ޔާމީން: ރޮޒެއިނާ
07 މެއި 2017

ކައުންސިލް އިންތިޚާބުން އިސްލާހަށް ކުރާ މަސައްކަތް ރައްޔިތުން ބަލައިގަތްކަން ޔަގީންވެއްޖެ: ފައްޔާޒު

07 މެއި 2017
ކައުންސިލް އިންތިޚާބުން އިސްލާހަށް ކުރާ މަސައްކަތް ރައްޔިތުން ބަލައިގަތްކަން ޔަގީންވެއްޖެ: ފައްޔާޒު
07 މެއި 2017

ރައީސް މައުމޫނުގެ ޝުކުރު އިދިކޮޅު ލީޑަރުންނަށް!

07 މެއި 2017
ރައީސް މައުމޫނުގެ ޝުކުރު އިދިކޮޅު ލީޑަރުންނަށް!
21 އެޕްރީލު 2017

ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު

21 އެޕްރީލު 2017
ލާމަރުކަޒީ ނިޒާމް ހަލާކުކޮށްފައި ރައްޔިތުން ކައިރިއަށް ވޯޓް ހޯދަން އަންނާކަށް ނުޖެހޭ: ފައްޔާޒު
20 އެޕްރީލު 2017

އެމްޑީޕީ މަސައްކަތް ކުރާނީ ސްޓައިލްގައި: ފައްޔާޒު

20 އެޕްރީލު 2017
އެމްޑީޕީ މަސައްކަތް ކުރާނީ ސްޓައިލްގައި: ފައްޔާޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު