Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޭބެ މަރާލި މައްސަލަ

ބޭބެ މަރާލި މައްސަލައިގައި ކޮށްކޮއަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ

އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ރޮމުން ޝަރީއަތުގައި ކިޔާދީ އިއުތިރާފުވެފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 ސެޕްޓެމްބަރު 2023 | އާދީއްތަ 08:07
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

އައްޑޫ ސިޓީ މަރަދޫފޭދޫގައި ހިންގި މާރާމާރީގައި އަމިއްލަ ބޭބެ މަރާލި މައްސަލައިގައި ސ މަރަދޫފޭދޫ ބްލޫސްޓަރ ހުސައިން މަވާޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި 31 އޯގަސްޓު 2023 ގައި ބޭއްވި އަޑުއެހުމުގައި އޭނާ ވަނީ ކަން ހިނގާދިޔަ ގޮތް ރޮމުން ޝަރީއަތުގައި ކިޔާދީ، ތަހުގީގުގައި ވެފައިވާ އިއުތިރާފު ދަމަހައްޓާފައެވެ. ބޭބެއާ ދެމެދު ހިނގި މާރާމާރީއެއްގައި އޭނާ ބޭބެއަށް ޙަމަލާދިނީ 3 އިންޗި ބައިގެ ތިލައެއް ހުރި ކަތުރަކުންކަމަށާއި، ޙަމަލާ އަމާޒުވީ ބޭބެގެ ވާއަތު ކަރާއި ދިމާލުން ތިރިއަށް މެއަށްކަމަށް އޭނާ ބުންޏެވެ.

Advertisement - newsAdvertisement

ގާޒީ ވަނީ އޭނާ ވެފައިވާ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅުއްވާފައެވެ. އަދި އޭނާގެ މައްޗަށް ކޮށްފައިވާ އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާ ސާބިތުވާކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

ދައުލަތުން ވަނީ މި މައްސަލައިގައި އޭނާއާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމެއް ކޯޓަށް ހުށައަޅާފައެވެ. އެގޮތުން އިއުތިރާފު އެއްބަސްވުން ބަލައިގަންނަ ޙާލަތުގައި އޭނާގެ މައްޗަށް އަންނާނީ 12 އަހަރާއި 6 މަސް ދުވަހުގެ ޖަލު ޙުކުމެއްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.  

އެދުވަހު ގާޒީ ވިދާޅުވީ، އަދަބު ކަނޑައެޅުމަށްޓަކައި އިއުތިރާފު އެއްބަސްވުން ދަމަހައްޓަން ބޭނުންވާކަން ނުވަތަ ނޫންކަން ދެން އޮންނަ އަޑުއެހުމެއްގައި އަންގަންވާނެ ކަމަށާއި، އެއަށްފަހު އަދަބާ ގުޅޭގޮތުން ދައްކަން ހުރި ވާހަކައެއް ދެއްކެވުމަށް ފުރުސަތު ދެއްވުމަށްފަހު ޙުކުމް ކުރައްވާނެ ކަމަށެވެ.

ވުމާއެކު، ހޯމަ ދުވަހުގެ އަޑުއެހުމުގައި ކުރިއަށްދާނީ އެ މަސައްކަތެވެ.

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!

05 ފެބުރުއަރީ 2017
މޫނު ބުރުގާ އަޅައިގެން ވަޒީފާ އަށް ނިކުތުން މަނާކުރާ މައްސަލައިގައި ދީނީ އިލްމުވެރިންތަކެއް ކޯޓަށް!
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު