Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބްރީފިންގ ސެޝަނެއް

ބޭރުގެ 100 ވަރަކަށް އޮބްޒާވަރުންނަށް އީސީން ބްރީފިންގ ސެޝަނެއް ބާއްވައިފި

ރާއްޖޭގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތާއި ވޯޓްލާ މަރުކަޒުގައި އުސޫލު އޮންނަ ގޮތް ކިޔާދީފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ސެޕްޓެމްބަރު 2023 | ހުކުރު 06:07
އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ދިން ބްރީފިންގ ޕްރޮގްރާމުގެ ތެރެއިން

އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ދިން ބްރީފިންގ ޕްރޮގްރާމުގެ ތެރެއިން

ބޭރުގެ 100 ވަރަކަށް އޮބްޒާވަރުންނަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބްރީފިންގ ސެޝަނެއް ބާއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ މި ބްރީފިންގ ސެޝަން ބޭއްވީ ސަލްމާން މިސްކިތުގެ އޮޑިޓޯރިއަމްގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނާއިބުރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ބްރީފިންގގައި މައިގަނޑު ގޮތެއްގައި ރާއްޖޭގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތާއި ވޯޓްލާ މަރުކަޒުގައި އުސޫލު އޮންނަ ގޮތާއި ބޭރުގެ އޮބްޒާވަރުން އަމަލުކުރަން ޖެހޭ ގޮތާއި ސުލޫކީ މިންގަނޑު އޮޅުންފިލުވައިދީފައިވާނެ ކަމަށެވެ.

ވޯޓުލުން ފެށިގެން ނިމެންދެން ކަންތައްތައް ކުރިއަށްދާނެ ގޮތުގެ ވީޑިއޯ ޕްރޮޒެންޓޭޝަނެއް ވެސް ދީފައިވާނެ ކަމަށާއި ވޯޓްލުމުގެ ޕްރޮސެސް ކުރިއަށްދާގޮތް ބޭރުގެ އޮބްޒާވަރުންނަށް މިހާރު ތަސައްވަރު ކުރެވިފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

ބޭރުގެ އޮބްޒާވަރުން ރާއްޖޭގެ 6 ސަރަހެއްދެއްގައި މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވާ ހަބީބު ވިދާޅުވީ އެ ސަރަހައްދުތަކަކީ ހއ. އަތޮޅާއި ރ. އަތޮޅާއި ލ. އަތޮޅާއި ޏ. އަތޮޅާއި އައްޑޫސިޓީ އަދި މާލެސިޓީ ކަމަށެވެ.

ރާއްޖެ އާއި ރާއްޖޭން ބޭރުގެ އޮބްޒާވަރުންނާއި މޮނިޓަރުން ހިމެނޭގޮތަށް 8499 ފަރާތަކުން، މިމަހު ނުވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން އޮބްޒާވް ކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ހަބީބު ވިދާޅުވީ، އިންތިހާބުގެ ކަންކަން ބެލެހެއްޓުމަށްޓަކައި، އިންޓަޝޭނަލް އޮބްޒާވަރުންގެ ގޮތުގައި 143 ފަރާތް މިހާރު އެކްރެޑިޓް ކޮށްފައިވާ ކަމަށެވެ. އަދި އިންޓަނޭޝަނަލް މޮނިޓަރުންގެ ގޮތުގައި 22 ފަރާތް އެކްރެޑިޓްކޮށްފައިވާ ކަމަށެވެ.

އޮބްޒާވަރުނާއި މޮނިޓަރުންނާއި ކެނޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ރާއްޖޭން އެކަނިވެސް 8334 މީހުން މި އިންތިހާބުގެ ކަންކަން ބަލަމުން ގެންދާނެ ކަމަށް ހަބީބް ވިދާޅުވިއެވެ. މީގެ ތެރެއިން އޮބްޒާވަރުންގެ ގޮތުގައި 3034 މީހުން އެކްރެޑިޓް ކޮށްފައިވާ ކަމަށާއި، މޮނިޓަރުންގެ ގޮތުގައި 3810 މީހުން އެކްރެޑިޓް ކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި 1490 ހިމެނޭކަމަށްވެސް ހަބީބު ވިދާޅުވިއެވެ. ރާއްޖޭން އެކަނި އިންތިހާބުގެ ކަންކަން ބަލާމީހުންގެ އަދަދު 8334 އަރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
13 މާރިޗު 2017

ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ

13 މާރިޗު 2017
ފަނޑިޔާރުންނާ ގުޅުންހުރި 100 އަށްވުރެ ގިނަ މައްސަލަ ދަނީ ބަލަމުން:ޖޭއެސްސީ
06 މާރިޗު 2017

އޮބްޒާވަރުންނަށް ވޯޓުލާ މީހުންގެ ރެޖިސްޓްރީ ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ހަމަޖައްސައިފި

06 މާރިޗު 2017
އޮބްޒާވަރުންނަށް ވޯޓުލާ މީހުންގެ ރެޖިސްޓްރީ ވޯޓްލާ މަރުކަޒަށް ވެއްދޭގޮތަށް ހަމަޖައްސައިފި
26 ފެބުރުއަރީ 2017

ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި

26 ފެބުރުއަރީ 2017
ރާއްޖެއިން ބޭރުގެ ޓްރަރިސްޓް ޖަމާއަތެއްގެ ބޮޑެއްގެ ގޮތުގައި ހުރި މީހާގެ މައްޗަށް ހިންގާ ޝަރީއަތް ސިއްރުކޮށްފި
26 ފެބުރުއަރީ 2017

ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު

26 ފެބުރުއަރީ 2017
ޤާނޫނުއަސާސީއަށް ބަދަލު ގެނެސްފައިވަނީ ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިން މިލްކު ކުރެވޭ ގޮތަށް:ޝިހާބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު