Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް ހައްޔަރުކުރުން

ފާރިސްއާއި ދެކޮޅަށް ހެއްކެއް ނުލިބޭނެ، މައްސަލަ ސާބިތެއް ނުކުރެވޭނެ: ޔުމްނާ

18 ޖުލައި 2017 | އަންގާރަ 21:40

ފާރިސް ހައްޔަރުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތު ދިންކަމުގެ ތުހްމަތުގައި

މުހަންމަދު ވިސާމް
މުހަންމަދު ވިސާމް | 18 ޖުލައި 2017 | އަންގާރަ 21:40
ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔުމްނާ މައުމޫނާ، ފާރިސް މައުމާނު އެކުގައި

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް މިނިވަންކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގައި ޔުމްނާ މައުމޫނާ، ފާރިސް މައުމާނު އެކުގައި

މަޖިލީހުގެ މެމްބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ހިލާފަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމުގެ ތުހުމަތު ދިއްގަރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ފާރިސް މައުމޫންގެ މައްޗަށް ސާބިތުނުވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުﷲ ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް، 42 މެންބަރުންގެ ސޮއި ހޯދުމަށް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވައި ގާނޫނާ ޚިލާފަށް މަސައްކަތްތަކެއް ކުރިކަމުގެ ތުހުމަތުގައި ފާރިސް މައުމޫން ހައްޔަރުކުރުމާއި ގުޅިގެން ރާއްޖެޓީވީގެ 60 މިނެޓުގައި ވާހަކަދައްކަވަމުން ޔުމްނާ މައުމޫން ވިދާޅުވީ އެއްވެސް މައްސަލައެއް ފާރިސްގެ މައްޗަށް ސާބިތުކާނެ ހެއްކެއް ފުލުހުންނަން ނުލިބޭނެ ކަމަށެވެ. މަޖިލީސް ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށައެޅީ ގުޅިފައިވާ ހަތުރު ސިޔާސީ ޕާޓީގެ ލީޑަރުން ފެއްޓެވި އިސްލާހީ މަސައްކަތުގައި، އެކަން ކުރުމަށް ނިންމެވުމުން ކަމަށް ޔުމްނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement
"ޙަގީގަތުގައި އެއްވެސް ޙެއްކެއް ގަރީނާއެއް އޮވެގެނެންނޫން، ތިން ގަޑީއިރު ވަންދެން ފުލުހުން ވަޑައިގެން ފާރިސް ދިރިއުޅުއްވާ ގެކޮޅު ބަލާއި ފާސްކުރި. ބަލާ ފާސްކުރުމަށް ފަހު ހައްޔަރުކުރުމުގެ ކޯޓް އަމުރެއް ހިފާއިގެން އައިސް، ފާރިސް ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދިޔައީ. ޙަގީގަތުގައި މިއީ މުޅިން ސިޔާސީ ކަމަކޭ އަޅުގަނޑު ދަންނަވާނީ. ފާރިސްގެ ގާނޫނީ ވަކީލް ވިދާޅުވީ ފާރިސް ހުންނެވީ ވަރަށް ސާބިތުކަމާއި އެކު ހެޔޮހާލުގައި ކަމަށް" ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޔުމްނާ މައުމޫން ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ސޮއި ކުރެއްވި މެމްބަރުންނަން ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސިޔާސީ ގޮތުން ބިރުދައްކާކަން ފާހަގަކުރައްވަމުން ޔުމްނާ ވިދާޅުވީ ފާރިސް ހައްޔަރުކުރީ އިސްލާހީ މަސައްކަތުގެ ބައިވެރިންނަން ބިރުދެއްކެވުމުގެ ގޮތުން ކަމަށެވެ.

ޔުމްނާ ވިދާޅުވީ މިއަދު ގައުމުގައި އިސްލާހް ކުރަންޖެހޭ ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން އިސްލާހް ކުރެވޭނީ މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމުން ކަމަށާއި، ގުޅިގައިވާ ސިޔާސީ ޕާޓީތަކުގެ އެއްވެސް މަޖިލީސް މެމްބަރަކާއި މަސީހާއި ޒާތީކަމެއް ނެތް ކަމަށް ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާއި މައުމޫން ރާއްޖެޓީވީއަށް އިންޓަރވިއު ދެއްވަނީ

"މަޖިލީހުގެ ތެރޭގައި ކުރަންޖެހޭ މަސައްކަތްތަށް، ކޮމެޓީތަކުން ކުރަންޖެހޭ މަސައްކަތަށް، ހަގީގަތުގައި ނުކުރެވޭތީ، އިތުބާރު ނެތް ކަމުގެ ވޯޓެއް ހުށައަޅާއިގެން މިއުޅެނީ. މިއީ މަސީހާ އޮތް ޒާތީ ކަމެއް ނޫން، މަޖީލީސްތެރެ މިނިވަންތަނަކަށް ހެދުމަށް، ސަރުކާރު ޖަވާބްދާރީ ކުރެވޭ ތަނަކަށް ހެދުމަށް، މެމްބަރު ނުކުމެވަޑައިގެން ، ސިޔާސީ ޕާޓީތަށް ގުޅިގެން މަސައްކަތް މި ކުރަނީ" ޔުމްނާ ވިދާޅުވިއެވެ.

ފާރިސްގެ މައްޗަށް ޖުމްލަ ތިން ތުހުމަތެއް ކޮށްފައިވެ އެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތުގެ ކުށާއި، 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ކުށުގެ އިތުރުން، 540 ވަނަ މާއްދާގެ ދަށުން ހެކި ދިނުމަށް ހުރި މީހަކަށް ނުވަތަ ވޯޓް ދޭން ހުރި މީހަކަށް ނުވަތަ ދައުލަތުގެ މަސައްކަތެއް ކުރުމަށް ހުރި މީހަކަށް ބިރުދެއްކުމާއި، ނުރަނގަޅު ގޮތުގައި ނުފޫޒު ފޯރުވުމާއި ދެކޮޅު ހެދުމުގެ ކުށުގެ ތުހުމަތު ކޮށްފައިވެ އެވެ.

ފާރިސްގެ މައްޗަށް ލިބިފައިވާ ހެއްކާއި ގަރީނާގެ ގޮތުގައި ކޯޓް އަމުރުގައި ފާހަގަކޮށްފައިވަނީ، ފުލުހުންގެ ސިއްރު އިންޓެލިޖެންސް ރިޕޯޓަކާއި، ސިއްރު ހެއްކެއްގެ ހެކި ބަހާއި، މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތެއްގެ ފޯނުން ފެނިފައިވާ މެސެޖްތަކުގެ ތަފްސީލްގެ އިތުރުން މައްސަލައާ ގުޅޭގޮތުން ލިބިފައިވާ ވީޑިއޯއެއްގައި ހިމެނޭ އޯޑިއޯގެ ސްކްރިޕްޓް އެވެ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް