Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމެއި 6 ހަމަލާ

ޒޫމަލްއަށް ކުރާ ޓެރަރިޒަމާ ގުޅޭ ދައުވާގައި 3 ހެއްކެއްގެ ހެކިބަސް ނަގައިފި

3 ސެޕްޓެމްބަރު 2023 | އާދީއްތަ 09:28

ފޯނުތަކަކާއި، ޓެބްލެޓެއްގެ އިތުރުން ލެޕްޓޮޕް ފަދަ ބައެއް ތަކެއްޗަކީ ޒޫމަލްގެ ތަކެތިކަމަށް އޭނާ ބުނެފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ސެޕްޓެމްބަރު 2023 | އާދީއްތަ 09:28
ކްރިމިނަލް ކޯޓް

ކްރިމިނަލް ކޯޓް

6 މެއި 2021 ގެ ޓެރަރިސްޓު ހަމަލާއާ ގުޅިގެން ހިންގި ތަހުގީގަށްފަހު ޓެރަރިޒަމާ ގުޅުންހުރި ދައުވާއެއް އުފުލާފައިވާ މުޙައްމަދު ޒޫމަލް ޒަރީރުގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހެކިބަސް ނެގުމަށް ބޭއްވި މި އަޑުއެހުމުގައި ފުރަތަމަ ހެކިވެރިއެއްގެ ގޮތުގައި ހާޒިރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް އޮޕަރޭޝަންގައި މަސައްކަތް ކުރާ ފުލުހެކެވެ.

Advertisement - newsAdvertisement

ހެކިބަސް ދެއްވަމުން އޭނާ ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޒޫމަލް ދިރިއުޅޭތަން ބަލައި ފާސްކުރުމަށް ދިޔަ ޓީމުގައި އޭނާ ހިމެނޭ ކަމަށެވެ. އެގޮތުން ބަލައިފާސްކޮށް ފޯނާއި ލެޕްޓޮޕާއި، ޓެބްލެޓަކާއި ހާޑް ޑްރައިވެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

ދެވަނައަށް ހާޒިރުކުރީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ފޮރެންސިކް އެގްޒެމިނަރެއްގެ މަޤާމު ފުރުއްވަމުން ގެންދަވާ ފަރާތެކެވެ. އޭނާ ވަނީ ޑިޖިޓަލް އެވިޑެންސްތަކުގެ ރިޕޯޓު ތައްޔާރު ކުރައްވާފައެވެ.  

ހެކިވެރިޔާ ވިދާޅުވީ، ޖިހާދަށް މީހުން ރެކްރޫޓު ކުރުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވާ ޒާތުގެ މައުލޫމާތު ހުރިތޯ ބަލާފައިވާނެ ކަމަށާއި، އެފަދަ ޑޭޓާތައް ފެނިފައިވާކަމަށެވެ.

އަދި ނަގާފައިވާ ހެކިތަކުން ޑޮކިއުމަންޓުތަކަކާއި ފޮޓޯތަކެއް ފެނިފައިވާ ކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އެ ޑޭޓާތައް އެނަލައިޒްކޮށް ބެލިއިރު، ދީނީ ގޮތުން ހިޔާލު ތަފާތުވުން ފެތުރިދާނެ ފަދަ ޑޭޓާތަކާއި، ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަގުފަހިވާ ޒާތުގެ ޑޭޓާ، އަދި ޓެރަރިސްޓު ޖަަމާއަތްތަކާއި ގުޅޭ ޑޭޓާތަކާއި، އައިސިސް ޖަމާއަތްތަކާ ގުޅުންހުރި މީހުންގެ ފޮޓޯއާއި ލޯގޯ ފެނިފައިވާކަމަށް ހެކިވެރިޔާ ވިދާޅުވިއެވެ.

އޭގެ އިތުރުންވެސް، ޓެރަރިސްޓު ޖަމާއަތްތަކުގެ ލިއެކިއުންތައް ޕަބްލިޝްކުރާ ޕަބްލިކޭޝަނަކުން ނެރިފައިވާ ލިއެކިއުންތަކެއްވެސް ހިމެނޭކަމަށް އެ ހެކިވެރިޔާ ވިދާޅުވިއެވެ.

ތިންވަނައަށް ހާޒިރުކޮށްފައިވަނީވެސް ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އޭނާއަކީވެސް ޒޫމަލް ދިރިއުޅޭ އެޕާޓްމަންޓު ބަލައި ފާސްކުރުމަށް ދިޔަ ޓީމުގައި ހިމެނޭ ފަރާތެކެވެ. އޭނާ ވަނީ އެތަނުން މާއްދީ ހެކިތައް ނަގައި އެ ހެކިތައް ސީލްކޮށްފައެވެ.

ހެކިވެރިޔާ ވިދާޅުވީ، ފޯނުތަކަކާއި، ޓެބްލެޓެއްގެ އިތުރުން ލެޕްޓޮޕް ފަދަ ބައެއް ތަކެއްޗަކީ ޒޫމަލްގެ ތަކެތިކަމަށް އޭނާ ބުނެފައިވާ ކަމަށެވެ.

މީގެ އިތުރުންވެސް އިތުރު ހެކިންގެ ހެކިބަސް ނެގުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ

14 ފެބުރުއަރީ 2017
މިދިޔަ އަހަރު އެންމެގިނައިން ހުށަހެޅުނީ ޕްރޮކިއުމެންޓާ ގުޅޭ މައްސަލަ:އޭސީސީ
13 ފެބުރުއަރީ 2017

ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ

13 ފެބުރުއަރީ 2017
ކުއީން މޭރީ ޔުނިވާރސިޓީ ގެ މޫސުމާއި ގުޅޭ ކޮންފަރެންސް ޝަރަފުވެރިކޮށްދެއްވާ، ރައީސް ނަޝީދު ތަގުރީރު ކުރައްވަނީ
13 ފެބުރުއަރީ 2017

ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި

13 ފެބުރުއަރީ 2017
ޝަރުއީ މަރުހަލާ ނިމިފައިވާ 955 މައްސަލައަކާ ގުޅޭ މަސްތުވާތަކެތި ފުލުހުން ނައްތާލައިފި
11 ފެބުރުއަރީ 2017

"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް

11 ފެބުރުއަރީ 2017
"ދެފުށް ފެންނަ" ސިޔާސަތެއް ސަރުކާރުން ގެންގުޅޭނަމަ ޖަރީމާތައް ހުއްޓޭނެ: މަޚުލޫފް
09 ފެބުރުއަރީ 2017

އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި

09 ފެބުރުއަރީ 2017
އަންހެން ފުލުހެއްގެ ކައިރީގައި އޮއްވާ ސިފައިންގެ އޮފިސަރަކު ނެރުނު މައްސަލަ ބެލުމާ ގުޅޭ ގޮތުން ފުލުހުން ވަކިއެއްޗެއް ނުބުނި
08 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި

08 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އުމަރު، ޖަމީލާ މަޝްވަރާ ކުރައްވައިފި
03 ފެބުރުއަރީ 2017

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް

03 ފެބުރުއަރީ 2017
ރިޔާސީ އިންތިހާބާއި ގުޅޭގޮތުން މަޝްވަރާކުރުމަށް އުމަރު ނަސީރު އިނގެރޭސިވިލާތަށް
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް