Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ ދައުރަށް ހުރަސްއެޅުން

ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ދިޔަ މީހަކަށް 21،000 ރުފިޔާގެ ޖޫރިމަނާ އަދަބެއް

27 އޯގަސްޓު 2023 | އާދީއްތަ 06:17

ދައުވާކޮށްފައިވަނީ ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާ ފެނިގެން މަޑުކުރަން ބުނުމުން، މަޑުނުކޮށް ގޮސްފައިވާތީ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 އޯގަސްޓު 2023 | އާދީއްތަ 06:17
ފުލުހުން މަގުމަތި ބަލަހައްޓަނީ

ފުލުހުން މަގުމަތި ބަލަހައްޓަނީ

ފުލުހުން މަޑުކުރަން ބުނުމުން މަޑުނުކޮށް ދިޔަ މީހަކު 21،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ޏ.ފުވައްމުލަކު ޒުވާނެއްގެ މައްޗަށެވެ.

Advertisement - newsAdvertisement

އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ޤާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްތުގައި ހުރަސް އެޅުމުގެ ކުށުގެ ދައުވާއެވެ.

އެ ދައުވާ އޭނާގެ މައްޗަށް ކޮށްފައިވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އޭނާ ފެނިގެން މަޑުކުރަން ބުނުމުން، މަޑުނުކޮށް ގޮސްފައިވާތީއެވެ.

ޏ ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުގައި މި މައްސަލަ ކުރިއަށްދިޔައިރު، އިބްތިދާއީ މަރުޙަލާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، އަވަސްނިޔާގެ އަޑުއެހުމެއް ކުރިއަށް ގެންދިއުމަށްޓަކައި މި މައްސަލަ ވަނީ ކްރިމިނަލް ކޯޓަށް ބަދަލުކޮށްފައެވެ.

އަވަސްނިޔާގެ އަޑުއެހުމުގައިވެސް އޭނާ އިއުތިރާފު ދަމަހައްޓާފައިވާތީ ޝަރީއަތުން ވަނީ އޭނާގެ އިއުތިރާފަކީ ސައްޙަ އިއުތިރާފެއްކަމަށް ކަނޑައަޅާފައެވެ.

އަދަބާ ގުޅޭގޮތުން ކޯޓުން ބުނީ، އޭނާގެ މައްޗަށް ކަނޑައެޅޭނެ އަދަބަކީ 3 މަހާއި 18 ދުވަހުގެ މުއްދަތަކަށް ޖަލަށްލުން ކަމަށެވެ.

އެހެންނަމަވެސް، އޭނާގެ ފަރާތުން ލުއި އަދަބެއް ދިނުމަށް އެދިފައިވާތީއާއި، ދައުލަތުންވެސް އޭނާގެ ޖަލު އަދަބު ޖޫރިމަނާ އަދަބަކަށް ބަދަލުކުރުމަށް އިއުތިރާޒުކޮށްފައިނުވާތީ، ޝަރީއަތުން ވަނީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ ފަރާތެއްކަން އެނގޭނެ ލިއުމެއް ހުށައެޅުމަށް އަންގާފައެވެ.

އަދި އެ ލިޔުން އޭނާ ވަނީ ހުށަހަޅާފައެވެ.

ޝަރީއަތުން ވަނީ އޭނާގެ ޖަލު އަދަބު ޖޫރިމަނާ އަދަބަކަށް ބަދަލު ކުރެއްވުމަށް ނިންމަވައި، 21،000 ރުފިޔާއިން އޭނާ ޖޫރިމަނާކުރުމަށް ނިންމަވާފައެވެ.

އަދި އެ ފައިސާ 3 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދެއްކުމަށް ޙުކުމުގައިވެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ނިންމެވީ ގާޒީ ހުސައިން ފާއިޒް ރަޝާދެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

4

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

5

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
 ރޯވެ އަޑިއަށްދިޔަ ބޯޓުގައި ތިބި މީހުންގެ ހާލު ރަނގަޅު، މެންދުރު ފަހު މާލެ ގެނެވޭނެ: އެމްއެންޑީއެފް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
07 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ

07 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބުނު އަހަރެއް: އަހުމަދު އަބްދުﷲ
07 ޖެނުއަރީ 2017

މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ

07 ޖެނުއަރީ 2017
މަސައްކަތް ކުރަމުންދިޔަ މީހެއްގެ ގަޔަށް ދަނގަޑެއްހެރި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރަކީ މުހިންމު ގާނޫނު ތަކެއް ފާސްކުރެވުނު އަހަރެއް: މަސީހު
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް