Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވޯޓާސް ލިސްޓުގައި ސޮއިކުރުން

ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއިކުރުން މިމަހުގެ 25ން 27ށް ދަރުބާރުގޭގައި

ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 5 މަންދޫބަކަށް ސޮއިކުރުމުގެ ފުރުޞަތު އޮތްކަން ކެންޑިޑޭޓުންނަށް ވަނީ އަންގާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޯގަސްޓު 2023 | ހުކުރު 02:24
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ވޯޓުލުން

ސެޕްޓެމްބަރ މަހުގެ 9 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވޯޓުލާމީހުންގެ ފައިނަލް ލިސްޓު ޕްރިންޓްކޮށް، ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން އޮގަސްޓު 25ން 27 އަށް ދަރުބާރުގޭގައި އޮންނާނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނާއިބު ރައީސް އިސްމާއީލު ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު ވިދާޅުވީ ކޮންމެ ކެންޑިޑޭޓެއްގެ ފަރާތުން 5 މަންދޫބަކަށް ސޮއިކުރުމުގެ ފުރުޞަތު އޮތްކަން ކެންޑިޑޭޓުންނަށް އަންގާފައިވާކަމަށެވެ. މައުލޫމާތުލިބިފައިވާ ގޮތުގައި ވޯޓާސް ލިސްޓްގައި އީސީގެ އޮފިޝަލުން ސޮއިކުރަންޖެހޭތީ އެކަން މިހާރު ވަނީ ފަށާފައެވެ.

ވޯޓާސް ލިސްޓްގައި ކެންޑިޑޭޓުން ސޮއިކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ އިންތިޚާބުގައި ހިނގާދިޔަ ކަންތައްތަކަށްފަހު އެއަހަރު ސްޕްރީމް ކޯޓުން ނެރެފައިވާ ގައިޑްލައިންގައިވާ ގޮތުގެ މަތިންނެވެ. އޭގެފަހުން ރިޔާސީ އިންތިޚާބުގެ ކަންކަން ކުރިޔަށްގެންދަނީ އެ ގައިޑްލައިނާ އެއްގޮތަށެވެ.

މިފަހަރުގެ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާއިރު 3 ކެންޑިޑޭޓުން ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ.

މީގެއިތުރުން ހަބީބު ވިދާޅުވީ މި ލިސްޓަކީ ފައިނަލް ލިސްޓު ކަމަށްވާތީ، މި ލިސްޓަށް ޝަރުޢީ ކޯޓަކުން އަމުރުކޮށްގެން ނޫންގޮތަކަށް ބަދަލެއް ނުގެނެވޭނެތީ، ޝަކުވާ އެއް އޮތްނަމަ އޮތީ ކޯޓު މަރުހަލާގެ ތެރެއިން ކަމަށެވެ. ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން މީގެކުރިން ހަބީބު ވިދާޅުވެފައިވަނީ ވޯޓާސް ލިސްޓަށް މިހާރުވެސް ޝަކުވާ ލިބެމުންދާކަމަށެވެ. އީސީން ވަނީ ދާއިމީ ލިސްޓް އިއުލާންކޮށްފައެވެ. އެހެންކަމުން އެލިސްޓަށް ދެން ޝަކުވާ ހުށަހަޅައިގެން ބަދަލު ގެނައުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މިފަހަރުގެ އިންތިޚާބުގައި 282،395 މީހުންނަށް ވޯޓުލެވެއެވެ.

އިތުރަށް ކިޔާލަން

05 މާރިޗު 2017

ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި

05 މާރިޗު 2017
ކެންޑިޑޭޓުންގެ ގުރުއަތު ނެގުން ފަސްކޮށްފި
08 ފެބުރުއަރީ 2017

ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ

08 ފެބުރުއަރީ 2017
ކެންޑިޑޭޓުންގެ ޝަރުތު ބަދަލުކުރުމަކީ ޤަބޫލުކުރާ އުސޫލެއް ނޫން: އެމްޑީޕީ
07 ފެބުރުއަރީ 2017

ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ

07 ފެބުރުއަރީ 2017
ވިޔަފާރިކުރުމަށް އެންމެ ފަސޭހަ 50 ގައުމުގެ ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަސައްކަތް ކުރަނީ
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު