Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޭބަލް ކާރެއް ވައިގެ ތެރޭގައި ތާށިވުން

ކޭބަލް ކާރު ސާހިބަށް ސާބަސް!

24 އޯގަސްޓު 2023 | ބުރާސްފަތި 07:22

ކޭބަލް ކާރުގައި ތިބި ކުދިންނަކީ ބައްޓަންގީ ޕަޝްޓޯ ހައި ސްކޫލުގައި ކިޔަވަމުން ދާ ދަރިވަރުންތަކެއް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 24 އޯގަސްޓު 2023 | ބުރާސްފަތި 07:22
ސާހިބު ޚާންއަކީ ޕާކިސްތާނުގައި އޮންނަ ކޯރުތަކާއި ފުން ވާދީތަކަށް ވެއްޓޭ އުޅަނދުތަކާއި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމަށް ހާއްސަވެފައިވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް

ސާހިބު ޚާންއަކީ ޕާކިސްތާނުގައި އޮންނަ ކޯރުތަކާއި ފުން ވާދީތަކަށް ވެއްޓޭ އުޅަނދުތަކާއި، މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ނެގުމަށް ހާއްސަވެފައިވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެއް

ޕާކިސްތާނުގެ ފަރުބަދަމަތީ ސަރަޙައްދެކެވެ. 8 މީހަކު ކޭބަލް ކާރުގައި ދަތުރު ފެށިއެވެ. ބޮޑު 2 މީހުންނާއި ކުޑަ 6 ކުދިންނެވެ. އެ ދަތުރަކީ ހިތްގައިމު މަންޒަރުތަކެއް ބަލާލަން ކޮށްލި ޗުއްޓީ ދަތުރެއް ނޫނެވެ. އެ ވާހަކަ ފަހުން ކިޔައިދޭނަމަވެ. ދަތުރުގެ ވަކި ހިސާބަކަށް ދެވުނު ތަނާ، ކޭބަލް ހަލާކުވެ، ވައިގެ ތެރޭގައި އެއް ފަރާތަކަށް ކާރު އެލުނެވެ. އެއީ ގަޑިން، ހެނދުނު 07:00 ޖަހާ ކަން ހާ އިރެވެ. ޚައިބަރު ޕަޚްތުންޚްވާ ޕްރޮވިންސްގެ ބައްޓަގްރާމް ޑިސްޓްރިކްޓްގެ ކޯރެއް މަތިން ދަތުރު ކުރަމުން ދިޔަ ކޭބަލް ކާރު، އެ ފުން ވާދީގެ ވައިގެ ތެރޭގައި އެލިފައި އޮތް ގޮތަށް އޮތީއެވެ. ފަސެންޖަރުންނާވެސް އެކީގައެވެ.

އަވަށުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސް، ކުއްލި ހާލަތެއް މެދުވެރިވެފައި ވާ ކަން އެނގުމަށްޓަކައި އާންމު ރައްޔިތުން ބޭނުން ކުރީ މިސްކިތުގެ ތާޅަފިއްޔެވެ. އިސާހިތަކު އެތައް ބަޔަކު އެ މަންޒަރު ފެންނަ ސަރަޙައްދަށް ޖަމާވިއެވެ. މީހުން ސަލާމަތް ކުރުމުގެ މަންޒަރުތައް ބަލާލުމަށެވެ.

މީހުން ސަލާމަތް ކުރުމަށް ހިންގި، ނޭވޭ ހިފަހައްޓާލަން ޖެހުނު އޮޕަރޭޝަން ކާމިޔާބު ކަމާއެކު ނިންމާލިއިރު ބަޠަލެއްގެ ގޮތުގައި އެތައް ބަޔަކު އިއްތިފާޤުވި މީހަކީ ސާހިބު ޚާންއެވެ. އަސްކަރި ހެލިކޮޕްޓަރުތަކާއި ރެސްކިއު މިޝަންތަކުގެ ޒަމާނީ ތަމްރީނުތައް ލިބިފައި ވާ މެންބަރުންގެ ޓީމުތަކުންވެސް ހަރަކާތްތެރިވި އެ އޮޕަރޭޝަންގައި ސާހިބު ޚާންއަށް ބަޠަލެއްގެ ދަރަޖަ ދެވުނީ ސަބަބެއް ނެތިއެއް ނޫނެވެ.

ގާތްގަނޑަކަށް 15 ގަޑިއިރަށް ވުރެ ގިނަ ވަޤުތަށް ދެމިގެންދިޔަ ނުތަނަވަސް ކަމަށް ފަހު ސާހިބު ޚާން ވަނީ މީޑިއާއާއި ވާހަކަދައްކާފައެވެ. ވެރިރަށް އިސްލާމްއާބާދުގެ ގާތްގަނޑަކަށް 200 ކިލޯމީޓަރު އުތުރުން އޮންނަ ބައްޓަގްރާމްގައި ހުރެ، އޭނާގެ ތަޖުރިބާތައް މީޑިއާއާއި ހިއްސާ ކުރަމުން ދިޔައިރުވެސް، ސާހިބު ޚާން ވަށާލައިގެން ތިބި މީހުންގެ ކަމަކަށް ވީ އޭނާއަށް ތަޢުރީފު ކުރުމެވެ. ސާބަސް ދިނުމެވެ. އަވަށުގެ ކަމުވޮށިގެންވާ މީހުންގެ އޭގެ ތެރޭގައި ހިމެނެއެވެ.

ސާހިބު ޚާންއަކީ ޕާކިސްތާނުގައި އޮންނަ ކޯރުތަކާއި ފުން ވާދީތަކަށް ވެއްޓޭ އުޅަނދުތަކާއި، އެ ތަންތަނުގައި މަރުވެފައި ވާ މީހުންގެ ހަށިގަނޑުތައް ނެގުމަށް ހާއްސަވެފައި ވާ ކުންފުންޏެއްގައި މަސައްކަތް ކުރާ މީހެކެވެ. އާންމު ދިރިއުޅުމަށް ކުރާ މަސައްކަތުގެ ގޮތުން ލިބުނު ހިތްވަރާއެކު، ކޭބަލް ކާރުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމަށް ސާހިބު ޚާން ތެދުވީ އަމިއްލަ އިހުތިޔާރުގައެވެ. ދަރުމަވެރިއެއްގެ ގޮތުގައެވެ. އަރިއަކަށް އެލިފައި އޮތް ކޭބަލް ކާރު ތެރޭގައި ތާށިވެފައި ތިބި ކުދިން ސަލާމަތް ކުރުމަށް ސާހިބު ޚާން މަސައްކަތް ކުރަމުން ދިޔައީ ޒިޕްލައިން ބޭނުން ކޮށްގެންނެވެ.

އެއްވެސް މީހެއްގެ ފުރާނައަށް ކަމެއް ނުވެ، ކާމިޔާބު ކަމާއެކު ރެސްކިއު މިޝަން ނިންމާލެވުމާއެކު މުޅި ޕާކިސްތާނުވެސް ހަމަޖެހުމުގެ ނޭވާއެއް ލީ ފަދައެވެ.

ކޭބަލް ކާރުގައި ތިބި ކުދިންނަކީ ބައްޓަންގީ ޕަޝްޓޯ ހައި ސްކޫލުގައި ކިޔަވަމުން ދާ ދަރިވަރުންތަކެކެވެ. ފަރުބަދަމަތީ ސަރަޙައްދުގައި ހުންނަ އެ ސްކޫލަށް އައިސް-ގޮސް ހެދުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ސްކޫލަށް ދިއުމަށްޓަކައި ހުރަސް ކުރާނެ ރައްކާތެރި ރާސްތާއެއްވެސް ނޯވެއެވެ. އެހެން ކަމުން، ކޭބަލް ކާރު ވެފައި އޮންނަނީ، ސްކޫލަށް ދާ އެތައް ކުދިންނަކަށް އޮތް ހަމަ އެކަނި ފުރުޞަތަށެވެ. ނަމަވެސް، ކޭބަލް ކާރު ޚިދުމަތުގެ މެއިންޓަނަންސް ކަންކަން ރަނގަޅަށް ބަލަހައްޓަމުން ނުދިއުމުގެ ސަބަބުން، ކޮންމެ އަހަރަކުވެސް ހިތާމަވެރި އެތައް ހާދިޘާއެއް ހިނގައެވެ. އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އެކި ވަރުގެ ޒަޚަމަތްތައްވެސް ލިބިފައި އެބަހުއްޓެވެ.

އޯގަސްޓް 22 ވަނަ ދުވަހުގެ ހާދިޘާއާއި ގުޅިގެން ޕާކިސްތާނުގެ ރައީސް އާރިފް އާލްވީ ވަނީ، ޕާކިސްތާނުގެ ހުރިހާ ހިސާބެއްގައި ހުރި ކޭބަލް ކާރުތަކެއްގެ ފުރިހަމަ ސަރވޭއެއް ކުރިއަށް ގެންދިއުމަށް، ކަމާ ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. ކޮންމެ ގޮތަކަށް ކަން އޮތް ކަމުގައި ވީ ނަމަވެސް، ސާހިބު ޚާން ފަދަ ފަހުލަވާނުންނަށް ސާބަސް ޙައްޤު ނޫންތޯއެވެ؟

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2018

ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!

13 ޑިސެމްބަރު 2018
ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!
23 ޖުލައި 2018

ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!

23 ޖުލައި 2018
ވަޒީފާ އަދާކުރަން 32 ކިލޯމީޓަރަށް ހިނގި މުވައްޒަފަކަށް، ވެރިމީހާގެ ކާރު!!!
17 އެޕްރީލު 2018

ފިލްމު އުފައްދަން ސަރުކާރުން ލުއި ލޯނު ދޫކުރަނީ

17 އެޕްރީލު 2018
ފިލްމު އުފައްދަން ސަރުކާރުން ލުއި ލޯނު ދޫކުރަނީ
01 ފެބުރުއަރީ 2018

ކާރު އެކްސިޑެންޓެއްގައި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ރަސުއަލް އާއި އަންހެނުން ލިއާ މަރުވެއްޖެ

01 ފެބުރުއަރީ 2018
ކާރު އެކްސިޑެންޓެއްގައި މަޝްހޫރު ބާސްކެޓް ކުޅުންތެރިޔާ ރަސުއަލް އާއި އަންހެނުން ލިއާ މަރުވެއްޖެ
07 އޮކްޓޯބަރު 2017

މަސްތުވެގެން ކާރުދުއްވުމުން އަދަބެއްގެ ގޮތުގައި ރޫނީ ގަސްއިންދަނީ!

07 އޮކްޓޯބަރު 2017
މަސްތުވެގެން ކާރުދުއްވުމުން އަދަބެއްގެ ގޮތުގައި ރޫނީ ގަސްއިންދަނީ!
04 ޖުލައި 2017

އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!

04 ޖުލައި 2017
އަނބިމީހާ އަވަހަށް ގެއަށް އައުމުން ވަގު އަނބި ފިލަން ފުންމާލެވުނީ ކަރަންޓު ކޭބަލް މައްޗަށް – ވަގުތުން މަރު!
13 މެއި 2017

ހެޕަޓައިޓިސް މުޅިން ނައްތާލުމަށް ސަރުކާރުގެ އެހީ ބޭނުންވޭ: އަމީތާބު

13 މެއި 2017
ހެޕަޓައިޓިސް މުޅިން ނައްތާލުމަށް ސަރުކާރުގެ އެހީ ބޭނުންވޭ: އަމީތާބު
06 މެއި 2017

އެކަކަށްވެސް "ސަރްކާރު3" ހުއްޓައެއް ނުލެވޭނެ:ރާމް ގޯޕާލް

06 މެއި 2017
އެކަކަށްވެސް "ސަރްކާރު3" ހުއްޓައެއް ނުލެވޭނެ:ރާމް ގޯޕާލް
17 މާރިޗު 2017

ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ

17 މާރިޗު 2017
ޝާހުރުކް ޚާންގެ ކާރުން ޖެހި ފޮޓޯގްރާފަރަކަށް އަނިޔާވެއްޖެ
01 މާރިޗު 2017

މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި

01 މާރިޗު 2017
މިނިސްޓްރީ އޮފް ސެކްސް ސްޕެއިން ސަރުކާރުން އުފައްދާ މިނިސްޓަރަކު އައްޔަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް