Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުވޭން ރޫނީ

މަސްތުވެގެން ކާރުދުއްވުމުން އަދަބެއްގެ ގޮތުގައި ރޫނީ ގަސްއިންދަނީ!

7 އޮކްޓޯބަރު 2017 | ހޮނިހިރު 13:53

ރޫނީގެ މައްޗަށް ޙުކުމް ކޮށްފައިވަނީ 100 ގަޑިއިރުގެ އިޖުތިމާޢީ މަސައްކަތް ކުރުމަށާ، 2 އަހަރުވަންދެން އެއްވެސް އެއްގަމު އުޅަނދެއް ނުދުއްވުމަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 7 އޮކްޓޯބަރު 2017 | ހޮނިހިރު 13:53
ރޫނީ ޕްރެސްޓްބަރީގެ ކޮމިއުނިޓީ ގާޑަން ސެންޓަރުގައި

ރޫނީ ޕްރެސްޓްބަރީގެ ކޮމިއުނިޓީ ގާޑަން ސެންޓަރުގައި

މަސްތުވެގެން ކާރުދުއްވި މައްސަލައިގައި އިނގެރޭސިވިލާތުގެ ފުޓުބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، ވޭން ރޫނީ މައްޗަށް ކުރި ހުކުމާއި އެއްގޮތަށް އޭނާ އިޖުތިމާޢީ މަސައްކަތަށް ނުކުންނަން ފަށައިފިއެވެ.

100 ގަޑިއިރުގެ އިޖުތިމާޢީ މަސައްކަތް ކުރުމަށް ރޫނީގެ މައްޗަށް ޙުކުމް ކޮށްފާއިރު، އޭނާ މަސައްކަތް ކުރަމުންދަނީ އިނގެރޭސިވިލާތުގެ ޕްރެސްޓްބަރީގެ ކޮމިއުނިޓީ ގާޑަން ސެންޓަރުގައި ގަސްއިންދާ މީހެއްގެ ވަޒީފާގައެވެ. މީގެ އިތުރުން ލަކުޑީގެ ބައެއް މަސައްކަތްތަކާއި، ވަޑާމުގެ ބައެއް މަސައްކަތްވެސް ރޫނީއާއި ހަވާލުކޮށްފައިވެއެވެ. 100 ގަޑިއިރުގެ އިޖުތިމާއި މަސައްކަތުގެ އިތުރުން 2 އަހަރުވަންދެން އެއްވެސް އެއްގަމު އުޅަނދެއް ދުއްވުން އޭނާއަށް ވަނީ މަނާކޮށްފައެވެ.

ރޫނީގެ މައްޗަށް މަސައްކަތް ކުރުމަށް ޙުކުމް ކޮށްފައިވާ 100 ގަޑިއިރުގެ ތެރެއިން އޭނާ މިހާރު ވަނީ 18 ގަޑިއިރު މަސައްކަތް ކޮށްފައެވެ.

ސެޕްޓެމްބަރ 1 ވަނަ ދުވަހުގެރޭ ރޫނީ ހައްޔަރުކޮށްފައިވަނީ އޭނާ މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވި ކަމުގެ ތުޙުމަތުގައެވެ. ކޯޓުގައި ހާމަވެފައިވާ ގޮތުގައި، ރޫނީ ހައްޔަރުކުރި އިރު އޭނާ ހުރީ ޤާނޫނުން ހުއްދަކުރާ މިންވަރަށްވުރެ 3 ގުނަ އިތުރަށް ރާ ބޮއެގެންނެވެ.

ރޫނީ ހައްޔަރުކުރި އިރު ވިހަން ގާތްވެފައިވާ އޭނާގެ އަންހެނުންނާއި، 3 ކުދިން ތިބީ ޗުއްޓީއަށް އިނގެރޭސިވިލާތުން ބޭރުގައެވެ. އޭނާ ހައްޔަރުކުރިއިރު، އޭނާ ދުއްވަމުންދިޔަ ކާރުގައި އޭނާ އާއި އެކު ހިލޭ އަންހެނެއްވެސް އިންކަން ހާމަވެފައިވާއިރު، ރިޕޯޓްތައް ބުނާ ގޮތުގައި އޭގެ ސަބަބުން ރޫނީ އާއި އޭނާގެ އަންހެނުން ކޮލީން އާއި ދެމެދު ބޮޑެތި މައްސަލަތަކެއް ވަނީ ޖެހިފައެވެ.

ރޫނީގެ ގާތް ބައެއް ރަޙުމަތްތެރިން ބުނެފައިވާގޮތުގައި ކުރެވުނު ކުށާއިމެދު ރޫނީ ވަރަށް ބޮޑަށް ހިތާމަ ކުރެއެވެ. އަދި ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް އޭނާގެ އަންހެނުންނާއި ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށް އޭނާ ބޭނުންވާ ކަމަށް ރޫނީގެ ރައްތެހިން ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2020

ރިއާގެ ކޮއްކޮ ޝޮވިކް އަބަދުހެން ހުންނަނީ މަސްތުވެގެން: ސުޝާންތުގެ ފާމްހައުސް މެނޭޖަރު

20 ސެޕްޓެމްބަރު 2020
ރިއާގެ ކޮއްކޮ ޝޮވިކް އަބަދުހެން ހުންނަނީ މަސްތުވެގެން: ސުޝާންތުގެ ފާމްހައުސް މެނޭޖަރު
11 މެއި 2019

ސްޓޫޑެންޓް އޮފް ދަ އިޔާ 2 އަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 12 ކްރޯޑް!

11 މެއި 2019
ސްޓޫޑެންޓް އޮފް ދަ އިޔާ 2 އަށް ފުރަތަމަ ދުވަހު އާމްދަނީގެ ގޮތުގައި 12 ކްރޯޑް!
19 ޑިސެމްބަރު 2018

އަދަބެއްގެ ގޮތުން 'ބޭމްބީ' ފިލްމު ބެލުމަށް ކޯޓުން މީހަކަށް ހުކުމް ކޮށްފި

19 ޑިސެމްބަރު 2018
އަދަބެއްގެ ގޮތުން 'ބޭމްބީ' ފިލްމު ބެލުމަށް ކޯޓުން މީހަކަށް ހުކުމް ކޮށްފި
07 ޖެނުއަރީ 2018

ޗައިނާގެ ރައީސް އަކީ އަންހެން ބޭފުޅެއްގެ ގޮތުގައި ވިސްނުންފުޅުގައި ބެހެއްޓެވުމަށް ޓްރަމްޕަށް ލަފާ އެރުވި

07 ޖެނުއަރީ 2018
ޗައިނާގެ ރައީސް އަކީ އަންހެން ބޭފުޅެއްގެ ގޮތުގައި ވިސްނުންފުޅުގައި ބެހެއްޓެވުމަށް ޓްރަމްޕަށް ލަފާ އެރުވި
04 ޖެނުއަރީ 2018

ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި

04 ޖެނުއަރީ 2018
ބަލާބޮޑުކުރުމުގެ ބަދަލުގެ ގޮތުގައި މަންމަ އަށް 1 މިލިއަން ޑޮލަރު ދިނުމަށް ހުކުމް ކޮށްފި
03 ޖެނުއަރީ 2018

ޒީރޯއިން ޝާހު ފެންނާނީ ކުރު މީހެއްގެ ގޮތުގައި

03 ޖެނުއަރީ 2018
ޒީރޯއިން ޝާހު ފެންނާނީ ކުރު މީހެއްގެ ގޮތުގައި
25 ސެޕްޓެމްބަރު 2017

ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ

25 ސެޕްޓެމްބަރު 2017
ދުނިޔޭގެ އެންމެ ފަލަ އަންހެން މީހާގެ ގޮތުގައި ސަމާލުކަން ލިބުނު އީމާން މަރުވެއްޖެ
29 މާރިޗު 2017

އަހަރެން ދެކޭ ގޮތުގައި "އިއްތިފާގް"އަކީ އާ ފިލްމެއް: ސޮނާކްޝީ

29 މާރިޗު 2017
އަހަރެން ދެކޭ ގޮތުގައި "އިއްތިފާގް"އަކީ އާ ފިލްމެއް: ސޮނާކްޝީ
22 މާރިޗު 2017

ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ

22 މާރިޗު 2017
ހަމައެކަނި އެކްޓަރެއްގެ ގޮތުގައި އެނގޭކަށް ބޭނުމެއް ނޫން: އާލިއާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް