Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޗޮކްލެޓް ކާރުޚާނާ

ޖަރުމަނުގައި ޗޮކްލެޓް ކާރުހާނާއެއް ބަންޑުންވެ ޗޮކްލެޓުން މަގުމަތި ފުރިއްޖެ!

މިހާދިސާ ހިނގީ ޗޮކްލެޓް ރައްކާކުރެވިފައި ހުންނަ ޓޭންކެއް ފުރި ބަންޑުން ވެގެން

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 13 ޑިސެމްބަރު 2018 | ބުރާސްފަތި 04:27
ޗޮކްލެޓްތައް މަގުގެ 108 ވަރަކަށް ފޫޓް ދުރަށް ފެތުރިގެން ގޮސްފައިވޭ

ޗޮކްލެޓްތައް މަގުގެ 108 ވަރަކަށް ފޫޓް ދުރަށް ފެތުރިގެން ގޮސްފައިވޭ

ޖަރުމަނުވިލާތުގައި ޗޮކްލެޓް ކާރުޚާނާއެއް ޓޭންކެއް ފުރި ބަންޑުންވެ ދިޔައި ޗޮކްލެޓްތައް މަގުމައްޗަށް ބޭރުވެއްޖެއެވެ.

މީގެ ކުރިން މިފަދަ ވާހަކަތައް އަޑު އިވެނީ ކުޑަކުދިންގެ ވާހަކަ ފޮތްތަކުން ނަމަވެސް ހޯމަ ދުވަހު ޖަރުމަނުގައި ހިނގި މި ހާދިސާއަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓިގެން ދިޔައެވެ.

ވެސްޓޮނެން އަވަށުގައި ހިނގި މި ހާދިސާގައި "ޑްރެއިމެއިސްޓާ" ޗޮކްލެޓް ކާރުޚާނާއިން ޓަނެއްހާ ދިޔާ މިލްކް ޗޮކްލެޓް މަގުމައްޗަށް ވަނީ ބޭރުވި އެވެ.

މިހާދިސާ ހިނގީ ޗޮކްލެޓް ރައްކާކުރެވިފައި ހުންނަ ޓޭންކެއް ފުރި ބަންޑުން ވެގެންކަމަށް ރިޕޯޓްތައް ބުނާއިރު ޖަރުމަނުގެ ބައެއް ނޫސްތަކުން ބުނީ އެކަން ހިނގީ "ޓެކްނިކަލް ފޯލްޓަކުން" ކަމަށެވެ.

ޗޮކްލެޓްތައް ސާފްކުރުމަށް ހަރަކާތްތެރިވަނީ

"ޑްރެއިމެއިސްޓާ" ޗޮކްލެޓް ކާރުޚާނާއިން ބޭރުވި ޗޮކްލެޓްތައް މަގުގެ 108 ވަރަކަށް ފޫޓް ދުރަށް ފެތުރިގެން ގޮސްފައިވެއެވެ. ޗޮކްލެޓްތައް ސާފްކޮށްފައިވަނީ ދެ ގަޑިއެއްހާއިރަށް މަގު ބަންދުކޮށް، ބޮޑެތި ފަކީރާތައް ބޭނުންކޮށްގެންނެވެ.

ކާރުޚާނާގެ އިސްފަރާތަކުން ބުނެފައިވަނީ، އެކަމުގެ ސަބަބުން ތަނުގެ އޮޕަރޭޝަނަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަަމަށާއި ބުދަ ދުވަހު ތަން އާއްމު ހާލަތަކަށް ގެނެވި މަސައްކަތް ފަށާފައިވާކަމަށެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2024

ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބި، ދުނިޔޭގެ ޗޮކްލެޓް ބާޒާރުގެ އަގުތައް ރެކޯޑް މިންވަރަކަށް މައްޗަށް!

13 ފެބުރުއަރީ 2024
ޑިމާންޑާ އެއްވަރަށް ސަޕްލައި ނުލިބި، ދުނިޔޭގެ ޗޮކްލެޓް ބާޒާރުގެ އަގުތައް ރެކޯޑް މިންވަރަކަށް މައްޗަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު