Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުނޮޓިންހަމް ފޮރެސްޓް

މޮންޓިއޭލް، ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެއްޖެ

24 އޯގަސްޓު 2023 | ބުރާސްފަތި 02:51

ފޮރެސްޓުން އޭނާ ހޯދީ 11 މިލިއަން ޔޫރޯގެ ޑީލެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 24 އޯގަސްޓު 2023 | ބުރާސްފަތި 02:51
ފޮރެސްޓުގެ ޖާޒީގައި މޮންޓިއޭލް

ފޮރެސްޓުގެ ޖާޒީގައި މޮންޓިއޭލް

ސްޕެއިންގެ ސެވިއްޔާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ގޮންޒާލޯ މޮންޓިއޭލް، ލޯނު އެއްބަސްވުމެއްގެ ދަށުން ނޮޓިންހަމް ފޮރެސްޓަށް ބަދަލުވެއްޖެ އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ ފޮރެސްޓަށް ބަދަލުވީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަަލަށެވެ. ފޮރެސްޓުން އޭނާ ހޯދީ 11 މިލިއަން ޔޫރޯގެ ޑީލެއްގެ ދަށުންނެވެ. ފޮރެސްޓާއެކު މޮންޓިއޭލް އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެ ކުލަބުން މިހާރު ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ފޮރެސްޓުގައި އޭނާ ބޭނުންކުރާނީ 29 ނަންބަރު ޖާޒީ އެވެ. މޮންޓިއޭލް ހޯދުމަށް އެންމެ ބޮޑަށް ބާރު އެޅީ ފޮރެސްޓުގެ ކޯޗު ސްޓީވް ކޫޕާ ކަމަށް މީޑިއާ ތަކުން ބުނެ އެވެ.

އާޖެންޓީނާގެ ރިވާ ޕްލޭޓުން ސީނިއާ ކެރިއަރު ފެށި މޮންޓިއޭލް ސެވިއްޔާ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ކުރިން ރިވާ ޕްލޭޓުގައި ހޭދަ ކުރި ފަސް އަހަރުގެ ތެރޭގައި އޭނާ ވަނީ އެކުލަބަށް 139 މެޗު ކުޅެދީ ހަ ލަނޑު ޖަހައިފަ އެވެ. ސެވިއްޔާ އިން މޮންޓިއޭލް ހޯދީ ރިވާ ޕްލޭޓުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުންނެވެ. މިހާތަނަށް މޮންޓިއޭލް ވަނީ ސެވިއްޔާ އަށް ކުޅެދިން 72 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މިއަހަރުގެ ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި ވެސް މޮންޓިއޭލް ވަނީ ކުޅެފަ އެވެ.

މޮންޓިއޭލް އަށް އާޖެންޓީނާގެ ޤައުމީ ޓީމުން ވެސް ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 23 މެޗު ކުޅެދީ އެއް ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ އެންމެ ފުރަތަމަ ކާމިޔާބު ކުރީ 2021 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާ މުބާރާތެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ވެސް އޭނާ ވަނީ އާޖެންޓީނާ އާއެކު ކާމިޔާބުކޮށްފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

23 އޯގަސްޓު 2017

ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި

23 އޯގަސްޓު 2017
ބާސާގެ ޓުވިޓާ އެކައުންޓް ހެކްކޮށް، ޑިމަރިއާ އެ ކްލަބަށް ބަދަލުވެއްޖެ ކަމަށް ޓުވީޓްކޮށްފި
22 އޯގަސްޓު 2017

ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ

22 އޯގަސްޓު 2017
ސާމިރު ނަސްރީ ތުރުކީގެ އަންޓަލަޔަސްޕޯއަށް ބަދަލުވެއްޖެ
16 އޯގަސްޓު 2017

ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ

16 އޯގަސްޓު 2017
ކާލޮސް ބެކާ ވިއަރެއާލް އަށް ބަދަލުވެއްޖެ
14 ޖުލައި 2017

އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ

14 ޖުލައި 2017
އެންމެން ހައިރާންކޮށްލުމަށްފަހު، ބޮނޫޗީ އޭސީ މިލާނަށް ބަދަލުވެއްޖެ
05 ޖުލައި 2017

ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ

05 ޖުލައި 2017
ރެއާލް ދޫކޮށްލުމަށް ފަހު ޕެޕޭ ބެސިކްޓަސްއަށް ބަދަލުވެއްޖެ
31 މެއި 2017

ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ

31 މެއި 2017
ޗެލްސީގެ ކީޕަރު ބެގޮވިޗް އޭއެފްސީ ބޯންމައުތްއަށް ބަދަލުވެއްޖެ
21 މާރިޗު 2017

ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ

21 މާރިޗު 2017
ޔުނައިޓެޑް ދޫކޮށްލުމަށް ފަހު ސްވައިންސްޓައިގާ ޗިކާގޯ އަށް ބަދަލުވެއްޖެ
01 ފެބުރުއަރީ 2017

ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ

01 ފެބުރުއަރީ 2017
 ޗެލްސީ ދޫކޮށްލުމަށްފަހު އިވަނޮވިކް ޒެނިތަށް ބަދަލުވެއްޖެ
26 ޖެނުއަރީ 2017

ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ

26 ޖެނުއަރީ 2017
ޔުވަންޓަސް ދޫކޮށްލުމަށްފަހު އެވްރާ މާސޭއާށް ބަދަލުވެއްޖެ
20 ޖެނުއަރީ 2017

ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ

20 ޖެނުއަރީ 2017
ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖީސަސް ސިޓީ އަށް ބަދަލުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް