Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުމިއައު ކެޓް ކެފޭ

ގޭގައި އުޅޭ އެހެން މީހުން ބުޅާ ގެންގުޅެން ޤަބޫލެއް ނޫންތަ؟

23 އޯގަސްޓު 2023 | ބުދަ 04:36

ނަޢީމާގެ ކެފޭގައި ބުޅާތަކާއެކު ވަޤުތު ހޭދަ ކުރުމަށް ކޮންމެ ބައި ގަޑިއިރަކަށް 1.30 ޑޮލަރުގެ ރޭޓުން ނަގާ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 23 އޯގަސްޓު 2023 | ބުދަ 04:36
ބުޅާ ގެންގުޅުމަކީ ޣައްޒާގައި މި ފަހަކަށް އައިސް ވައިގައި ހިފާ، އިންތިހާއަށް މަޤުބޫލު ވަމުން އަންނަ ކަމެއް

ބުޅާ ގެންގުޅުމަކީ ޣައްޒާގައި މި ފަހަކަށް އައިސް ވައިގައި ހިފާ، އިންތިހާއަށް މަޤުބޫލު ވަމުން އަންނަ ކަމެއް

ޖަނަވާރު ގެންގުޅުމަކީ ގިނަ ބަޔަކު އެކަމަކަށް އިންތިހާއަށް ލޯބި ކުރާ ކަމެކެވެ. އެކި މީހުން ގެންގުޅޭ ހިތްވަނީ އެކި ކަހަލަ ޖަނަވާރެވެ. އެ ޖަނަވާރެއް ގެންގުޅުމަށް އެންމެ ގިނަ ބަޔަކު ލޯބި ކުރާ އެއް ޖަނަވާރަކީ ބުޅަލޭ ބުނުމުން، އެއީ ދޮގަކަށް ވާނެ ކަމަކަށް ނުބެލެވެއެވެ. ބުޅާ ގެންގުޅެން ލޯބި ކުރާ މީހުންގެ ތެރެއިން ނަޢީމާ މުޢީދުގެ ވާހަކައަށް ޖެހިލަމާ ހިނގާށެވެ. ނަޢީމާއަކީ ޣައްޒާގައި ދާދި ފަހުން އޭނާގެ އަމިއްލަ ކެފޭއެއް ހުޅުވި، ހިވާގި މީހެކެވެ. 'މިއައު ކެޓް ކެފޭ'ގެ ނަމުގައި ޣައްޒާގައި ހުޅުވި މި ކެފޭއަކީ މުޅި ޣައްޒާގައިވެސް ހުޅުވި މިފަދަ ފުރަތަމަ ކެފޭއެވެ.

ނަޢީމާގެ ބުޅާ ކެފޭއަކީ ބުޅާ ގެންގުޅެން ލޯބިކުރާ މީހުންނަށް އިތުރު އުފަލެއް ހޯދާ ދިނުމުގެ މަޤްޞަދުގައި ހުޅުވި ކެފޭއެކެވެ. ޚުދު ނަޢީމާއަކީވެސް ކެހެރި ބޯ ޖަނަވާރު ގެންގުޅެން ލޯބި ކުރާ މީހެކެވެ. އުފާވެރި މާޙާއުލެއްގައި ވަޤުތު ހޭދަކޮށްލުމުގެ ފުރުޞަތު އެތައް ބަޔަކަށް ހޯދައިދޭ 'މިއައު ކެޓް ކެފޭ' އަކީ، ބުޅާ ގެންގުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރާ ތަނެކެވެ. ބުޅާ ގެންގުޅުމަކީ ޣައްޒާގައި މި ފަހަކަށް އައިސް ވައިގައި ހިފާ، އިންތިހާއަށް މަޤުބޫލު ވަމުން އަންނަ ކަމެކެވެ.

ނަޢީމާގެ 'މިއައު ކެޓް ކެފޭ' ފަރުމާއަށް ބަލާލުމުން އެކަނިވެސް، އެއީ ކޮން ކަމަކާ ގުޅޭ ތަނެއްކަން އެއްވެސް މީހަކަށް އޮޅިގެން ނުދާނެ ކަން ޔަޤީނެވެ. މުޅި ތަނުގައި އޮތީ ހުސް ބުޅަލެވެ. ލޯގަނޑުތަކާއި، މާވަށިގަނޑުތަކުގައިވެސް ބުޅަލެވެ. އެ ކެފޭގައި 14 ބުޅަލެއް ދިރިއުޅޭ އިރު، އެ ބުޅާތަކުގެ ތަސްވީރުތަކުން މުޅި ކެފޭ ވަނީ ޒީނަތްތެރިކޮށްފައެވެ. މި ބުޅާތަކާއި އެކު ވަޤުތު ހޭދަ ކުރުމުގެ ފުރުޞަތު، ކެފޭއަށް ޒިޔާރަތް ކުރާ ކުދި ބޮޑު އެންމެންނަށްވެސް އޮވެއެވެ.

'މިއައު ކެޓް ކެފޭ'އަށް ވަންނަން ދިގު ކިއުއެއްވެސް ހަދާފައި އޮވެއެވެ. ކަސްޓަމަރުންގެ ޑިމާންޑް ފެނި، ނަޢީމާ ވަނީ އޭނާގެ ކެފޭއަށް ގޮނޑިއާއި މޭޒުވެސް އިތުރު ކޮށްފައެވެ. ނަޢީމާގެ ކެފޭގައި ބުޅާތަކާއެކު ވަޤުތު ހޭދަ ކުރުމަށް ޚާއްޞަ ފީއެއް ދައްކަން ޖެހެއެވެ. އެ ފީ ނަގަނީ ކޮންމެ ބައި ގަޑިއިރަކަށް 1.30 ޑޮލަރުގެ ރޭޓުންނެވެ.

މައިންބަފައިން ކޮފީ ބޯލާ، ނަފުސު ހަމަޖައްސާލަން މޭޒުދޮށުގައި ތިބޭ އިރު، ބިއްލޫރި ޕާޓިޝަންގެ އަނެއް ފަރާތުގައި އެމީހުންގެ ދަރިން، ބުޅާތަކާއި އެކު ކުޅެން އުޅޭ މަންޒަރު ބަލާލެވެއެވެ.

ނަޢީމާ ސިފަ ކުރާ ގޮތުގައި، ބުޅަލަކީ ޤުދުރަތީ އެންޓި-ޑިޕްރެސަންޓްއެކެވެ. ނުވަތަ މާޔޫސް ކަމާއި ނުތަނަވަސްކަން ފިލުވާލަން އެހީވެދޭ ޤުދުރަތީ ނިޢުމަތެކެވެ.

'މިއައު ކެޓް ކެފޭ'އިން އާންމުކޮށް ފެންނަނީ ފާރިސީ ބުޅާ ނަމަވެސް ތުރުކީ އަންގޯރާ ބުޅަލާއި ހައިބްރިޑް ބުޅާވެސް އުޅެއެވެ.

ބުޅާ ދެކެ ކިތަންމެ ލޯބިވިއަސް، ބައެއް މީހުންނަކީ އަމިއްލަ ގޭގައި ބުޅާ ގެންގުޅުމުގެ ނަޞީބު ލިބިފައި ވާ ބައެއް ނޫނެވެ. އެކުގައި ދިރިއުޅޭ ބައެއްގެ ފުރިހަމަ ރުހުން ނުލިބިގެން ނުވަތަ އެ ބަޔަކު ބުޅާ ދެކެ ގަންނާކުރައްވާ ބިރެއްގެ ސަބަބުން، އަމިއްލަ ގޭގައި ބުޅާ ގެންގުޅުމުގެ ފުރުޞަތު ނެތް މީހުންނަށް، 'މިއައު ކެޓް ކެފޭ'އަކީ ރަންގަނޑެކޭވެސް ދެންނެވިދާނެއެވެ.

ޢުމުރުން 14 އަހަރުގެ ހާލާ އަބޫ މަޣާސީބުއަކީ އެފަދަ ކުއްޖެކެވެ. އަމިއްލަ ގޭގައި އޮޅު ކޮށްގެން ބުޅާ ގެންގުޅޭކަށް އޭނަގެ މައިންބަފައިން އަދި ޤަބޫލެއް ނޫނެވެ. އެހެން ކަމުން، ހާލާގެ ހުރިހާވެސް އުފަލެއް މިހާރު އޮތީ 'މިއައު ކެޓް ކެފޭ'ގައެވެ. މި އަހަރުގެ ހޫނު މޫސުމުގެ ޗުއްޓީއާ ދިމާކޮށް، 'މިއައު ކެޓް ކެފޭ' ހުޅުވުން ވީ، ހާލާއަށް ލިބުނު ހައިރާން ކަމަކަށެވެ.

ކަން މިހެން އޮތް ނަމަވެސް، ނަޢީމާގެ 'މިއައު ކެޓް ކެފޭ'އަކީ އެންމެންގެ މެދުގައި މާ މަޤުބޫލު ތަނަކަށް ނުވިއެވެ. ސޯޝަލް މީޑިއާގައި ފާޅު ކޮށްފައި ވާ ޚިޔާލުތަކަށް ބަލާއިރު، ޣައްޒާގެ ގިނަ ރަށްވެހިންނަކީ، 'މިއައު ކެޓް ކެފޭ'ގެ ޚިދުމަތްތަކުން ނަގާ އަގު ދެއްކޭ ވަރަށް ވުރެ ފަޤީރު ބައެއް ކަމަށް ބުނެފައިވެއެވެ.

ބުޅަލަށް ލޯބި ކުރުމަކީ އަހަރަމެން އެ ދީނަކަށް ތަބަޢާ ވާ، މާތްވެގެން ވާ އިސްލާމް ދީނުގައިވެސް އެކަމަށް ނުހަނު ބާރު އަޅުއްވާފައި އޮންނަ ކަމެކެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

14 އެޕްރީލު 2018

ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

14 އެޕްރީލު 2018
ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ
30 ޖެނުއަރީ 2018

ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!

30 ޖެނުއަރީ 2018
ހަމަ އެކަނި އަންހެނުން ދިރިއުޅޭ ވިލެޖެއް މިސްރުގައި!
04 ޖެނުއަރީ 2018

ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ

04 ޖެނުއަރީ 2018
ކިމް ކާޑޭޝިއަން ދެން އަގުބޮޑު ގަހަނާތަކެއް ގޭގައި ނުބަހައްޓާނެ
03 ޖެނުއަރީ 2018

ވަރުން ރާއްޖޭގައި އުޅެމުންދަނީ އެހެން ދުނިޔެއެއްގައި

03 ޖެނުއަރީ 2018
ވަރުން ރާއްޖޭގައި އުޅެމުންދަނީ އެހެން ދުނިޔެއެއްގައި
29 ޑިސެމްބަރު 2017

އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ

29 ޑިސެމްބަރު 2017
އުފަންވި އިރު ދެ މޫނު ހުރި ބުޅާ މަރުވެއްޖެ
16 އޮކްޓޯބަރު 2017

ނިއުމާގެ 3" ސަޕްރައިޒް" އޮތީ ދަރުބާރުގޭގައި

16 އޮކްޓޯބަރު 2017
ނިއުމާގެ 3" ސަޕްރައިޒް" އޮތީ ދަރުބާރުގޭގައި
28 ސެޕްޓެމްބަރު 2017

ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި

28 ސެޕްޓެމްބަރު 2017
ޑުބާއީއަށް ތައާރުފް ކުރަން އުޅޭ އުދުހޭ ޓެކްސީ ދައްކާލައިފި
31 މެއި 2017

"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި

31 މެއި 2017
"ބާހްބަލީ"ގައި އުޅޭ ޕްރަބާސްއާ ކައިވެނިކުރުމަށް އެދި 6،000 މީހުން ހުށައެޅި
20 އެޕްރީލު 2017

ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން

20 އެޕްރީލު 2017
ބާހްބަލީން މަޝްހޫރުވި ތަމަންނާ އެހެން ފިލްމަކުން
07 ޖެނުއަރީ 2017

އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި

07 ޖެނުއަރީ 2017
އަނުޝްކާ އާއި ވިރާޓްގެ އެންގޭޖްމަންޓް ބާއްވަން އުޅޭކަން ދޮގުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް