Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސެވިއްޔާ

ލޯނު އެއްބަސްވުމެއްގެ ދަށުން ގޮންޒާލޯ މޮންޓިއޭލް ނޮޓިންހަމް ފޮރެސްޓަށް

ފޮރެސްޓަށް އޭނާ ބަދަލުވަނީ 11 މިލިއަން ޔުރޯގެ ޑީލެއްގެ ދަށުން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 އޯގަސްޓު 2023 | އަންގާރަ 03:51
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މޮންޓިއޭލް ޕެނަލްޓީ ފޮނުވާލަނީ

ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި މޮންޓިއޭލް ޕެނަލްޓީ ފޮނުވާލަނީ

ސްޕެއިންގެ ސެވިއްޔާ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޑިފެންޑަރު ގޮންޒާލޯ މޮންޓިއޭލް، ލޯނު އެއްބަސްވުމެއްގެ ދަށުން ނޮޓިންހަމް ފޮރެސްޓަށް ބަދަލުވާން ނިންމައިފި އެވެ.

އުމުރުން 26 އަހަރުގެ ކުޅުންތެރިޔާ އިނގިރޭސި ޕްރިމިއާ ލީގުގެ ފޮރެސްޓަށް ބަދަލުވަނީ މިހާރު ކުރިއަށްދާ ސީޒަންގެ ނިޔަލަށެވެ. ފޮރެސްޓަށް އޭނާ ބަދަލުވަނީ 11 މިލިއަން ޔުރޯގެ ޑީލެއްގެ ދަށުންނެވެ. ފޮރެސްޓަށް ބަދަލުވުމުގެ ގޮތުން ފުރިހަމަ ކުރަން ޖެހޭ މެޑިކަލްގެ ކަންކަން މޮންޓިއޭލް މިހާރު ފުރިހަމަ ކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ. ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ފޮރެސްޓުން މޮންޓިއޭލް އެކުލަބާ ގުޅުނުކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އާޖެންޓީނާގެ ރިވާ ޕްލޭޓުން ސީނިއާ ކެރިއަރު ފެށި މޮންޓިއޭލް ސެވިއްޔާ އަށް ބަދަލުވީ 2021 ވަނަ އަހަރު އެވެ. އޭގެ ކުރިން ރިވާ ޕްލޭޓުގައި ހޭދަ ކުރި ފަސް އަހަރުގެ ތެރޭގައި އޭނާ ވަނީ އެކުލަބަށް 139 މެޗު ކުޅެދީ ހަ ލަނޑު ޖަހައިފަ އެވެ. ސެވިއްޔާ އިން މޮންޓިއޭލް ހޯދީ ރިވާ ޕްލޭޓުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުންނެވެ. މިހާތަނަށް މޮންޓިއޭލް ވަނީ ސެވިއްޔާ އަށް ކުޅެދިން 72 މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. މިއަހަރުގެ ޔުއެފާ ސުޕަ ކަޕްގެ ފައިނަލްގައި ވެސް މޮންޓިއޭލް ވަނީ ކުޅެފަ އެވެ.

މޮންޓިއޭލް އަށް އާޖެންޓީނާގެ ޤައުމީ ޓީމުން ވެސް ޖާގަ ލިބުނީ 2021 ވަނަ އަހަރު އެވެ. ޤައުމީ ޓީމަށް އޭނާ ވަނީ 23 މެޗު ކުޅެދީ އެއް ލަނޑު ޖަހައިފަ އެވެ. ޤައުމީ ޓީމާއެކު އޭނާ އެންމެ ފުރަތަމަ ކާމިޔާބު ކުރީ 2021 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާ މުބާރާތެވެ. އޭގެ ފަހުން މިދިޔަ އަހަރު ވަނީ ބައްރުތަކުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތް ވެސް އޭނާ ވަނީ އާޖެންޓީނާ އާއެކު ކާމިޔާބުކޮށްފަ އެވެ.

އިތުރަށް ކިޔާލަން

12 އޯގަސްޓު 2018

ސްޕެނިޝް ސުޕަރ ކަޕާއެކު މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ތަށި އުުފުލާލައިފި

12 އޯގަސްޓު 2018
ސްޕެނިޝް ސުޕަރ ކަޕާއެކު މެސީގެ ކެޕްޓަން ކަމުގެ ދަށުން ބާސާއިން ފުރަތަމަ ތަށި އުުފުލާލައިފި
20 ނޮވެމްބަރު 2017

އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު

20 ނޮވެމްބަރު 2017
އުރީދޫ ދިވެހި ޕްރިމިއާ ލީގު: އިންމަގެ އިރުޝާދުގެ ދަށުން މާޒިޔާއަށް ފުރަތަމަ މޮޅު
10 ނޮވެމްބަރު 2017

ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް

10 ނޮވެމްބަރު 2017
ޒިދާންގެ އިރުޝާދުގެ ދަށުން ކުޅުމަކީ ދެކޭ ހުވަފެނެއް: ހަޒާޑް
29 އޯގަސްޓު 2017

ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި

29 އޯގަސްޓު 2017
ރެކޯޑް ފީއެއްގެ ދަށުން ނަބީ ކެއިޓާ ލިވަޕޫލްއަށް ސޮއިކޮށްފި
22 ޖުލައި 2017

ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ

22 ޖުލައި 2017
ލޯން އެއްބަސްވުމެއްގެ ދަށުން މާޝިއާލް ވޮލްފްސްބާގް އަށް ބަދަލުވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު