Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ކާޑިޒް އަތުން ލިބުނީ މުހިންމު މޮޅެއް، ކުޅުންތެރިންގެ މަސައްކަތް ބަލައިގަންނަން: ޒަވީ

ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި، ފަހަތުގައި ތިބެގެން ކުޅުމުގެ ބަދަލުގައި ކުރިއަށް ވެސްް ޖެހުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 އޯގަސްޓު 2023 | ހޯމަ 02:38
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެނިޝް ލީގުގައި ކާޑިޒްއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ މުހިންމު މޮޅެއް ކަމަށާއި، ކުޅުންތެރިން ކުރި މަސައްކަތާއި، ދެއްކި ކުޅުން ބަލައިގަންނަ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ބުނެފި އެވެ.

ލީގުގައި ބާސެލޯނާ އިން ކުޅުނު ފުރަތަމަ މެޗުގައި ދެއްކު ރަތް ކާޑުގެ ސަބަބުން، ކާޑިޒް މެޗުގައި ޒަވީ އަށް ބެންޗުގައި ހުރެވޭ ގޮތެއް ނުވި އެވެ. އެ މެޗުގައި ބާސެލޯނާ އަށް ބެންޗުން އިރުޝާދި ދިނީ އެސިސްޓެންޓް ކޯޗު އޮސްކާ ހެނާންޑޭޒް އެވެ. ނަމަވެސް އެ މެޗަށްފަހު ޒަވީ ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދީފަ އެވެ.

ޒަވީ ބުނީ މެޗުގައި ދެ ޓީމުން ވެސް ދެއްކީ ވަރަށް ވާދަވެރި ކުޅުމެއް ކަމަށާއި، ބައެއް ފަހަރު ކާމިޔާބު ނުވާނެހެން ވެސް ހީވި ކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ މަސައްކަތުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ލީޑު ނަގައި، ލީޑު ފުޅާ ކުރެވުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. ޒަވީ ބުނީ ކުޅުންތެރިންނަށް ޝުކުރު އަދާ ކުރާ ކަމަށާއި، މެޗުން މޮޅުވުން ގުޅިފައި އޮތީ ބާސެލޯނާ އިން ގެނައި ފަސް ބަދަލާ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންގެ ކުޅުމާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ. އެއީ ބައެއް ގޮންޖެހުންތަކާއެކު ވެސް މެޗުން މޮޅުވުން މުހިންމުކަން ކުޅުންތެރިންނަށް އިހުސާސްވުމުން ކަމަށް އޭނާ ބުންޏެވެ. ޒަވީ ބުނީ ފުރަތަމަ ހާފާ ޚިލާފަށް ދެ ވަނަ ހާފުގައި ބާސެލޯނާ އިން ރަނގަޅަށް ކުޅުނު ކަމަށެވެ. ޚާއްސަކޮށް ގިނަ ހަމަލާތަކެއް އުފެއްދުމަށް މަސައްކަތް ކުރި ކަމަށާއި، ފަހަތުގައި ތިބެގެން ކުޅުމުގެ ބަދަލުގައި ކުރިއަށް ވެސްް ޖެހުނު ކަމަށެވެ.

މެޗުގައި ޕެޑްރީ ލަނޑު ޖެހުމަށް އިލްކާއި ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތާ ގުޅޭ ގޮތުން ޒަވީ ބުނީ، މިދިޔަ ސީޒަނުގައި ނެތް ބަޔަކީ އެއީ ކަމަށެވެ. އޭނާ ބުނީ ގަވީ، ޕެޑްރީ އަދި އޯރިއޮލް ރޮމެއޫ ވެސް އެކަމަށް ޚާއްސަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭ ކަމަށެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ބާސެލޯނާ އިން ގުންޑޮގާން ހޯދަން ބޭނުންވީ ވެސް، އެކަހަލަ ކަންކަމަށް ވިސްނައިގެން ކަމަށާއި، މުޅި މެޗު އެނބުރު ޕާހަކީ ގުންޑޮގާންގެ ޕާސް ކަމަށެވެ. އެހެންކަމުން ބާސެލޯނާގައި ގުންޑޮގާން ދައްކާ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް ޒަވީ ވަނީ ބުނެފަ އެވެ. ބާސެލޯނާގެ ޕޮލެންޑު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއާ ގުޅޭ ގޮތުން ޒަވީ ބުނީ، ކޮންމެ ފޯވާޑަކަށް ވެސް ބޭނުންވަނީ ލަނޑު ޖެހުން ކަމަށާއި، ލެވަންޑޯސްކީ އަށް ވެސް އެކަން ބޭނުންވާ ކަމަށެވެ. ނަމަވެސް ލެވަންޑޯސްކީ ކެތްތެރިވާން ޖެހޭނެ ކަމަށާއި، ވަގުތު ނަގައިގެން ކުޅުނު ވަރަކަށް އޭނާ އަށް ލަނޑު ޖެހެނޭ ކަމަށް ވެސް ޒަވީ ވަނީ ބުނެފަ އެވެ.

އިތުރަށް އޭނާ ބުނީ ރަނގަޅު ކުރަން ޖެހޭ ކަންކަން މެޗުން ފާހަގަވި ކަމަށާއި، ކުރިއަށް އޮތް މެޗަށް ކުރިމަތިލާންވާއިރަށް އެކަންކަމަށް ޚާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

ހަލް ސިޓީ އަތުން ބަލިވި ކަމަށް ޤަބޫލެއް ނުކުރަން: މޮރީނިއޯ

27 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު