Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އަލް ހިލާލް

އަލް ހިލާލްގެ ބިޑާ ވާދަނުކުރެވޭނެތީ، ބޯނޯ ހޯދުމުގެ ރޭހުން ބަޔާން ނުކުމެއްޖެ

ބަޔާނުން އެ މަޝްވަރާތައް ހުއްޓާލީ ބޯނޯ ހޯދުމަށް އަލް ހިލާލުން ހުށަހަޅާ އަގު ބޮޑުވެ، ބަޔާނަށް އެ އަގާ ވާދަކުރެވެން ނެތިގެން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޯގަސްޓު 2023 | ބުދަ 06:26
މޮރޮކޯގެ ގޯލް ކީޕަރު ޔަސިން ބޯނޯ

މޮރޮކޯގެ ގޯލް ކީޕަރު ޔަސިން ބޯނޯ

ސެވިއްޔާ އަށް ކުޅެމުން އަންނަ މޮރޯކޯގެ ގޯލް ކީޕަރު ޔަސިން ބޯނޯ ހޯދުމުގެ ރޭހުން ޖަރުމަނުގެ ބަޔާން މިއުނިކް ނިކުމެއްޖެ އެވެ.

ބަޔާންގެ އެއް ވަނަ ގޯލް ކީޕަރު މެނުއަލް ނޯޔާ އަށް އަނިޔާވެ ކުޅުމާ ދުރަށް ދާން ޖެހުމުން އެ ކުލަބުން ގެނައީ ޔެން ސޮމާ އެވެ. ނަމަވެސް މި ސީޒަން ފެށުމުގެ ކުރިން އޭނާ ވަނީ އިޓާލިއަން ލީގުގެ އިންޓަ މިލާނަށް ބަދަލުވެފަ އެވެ. އެއާއެކު ބަޔާނުން އައީ ބަދަލު ކީޕަރެއް ހޯދުމުގެ މަސައްްކަތް ކުރަމުންނެވެ. ބަޔާނުން ގެންނަން ލިސްޓު ކުރި ކީޕަރުންގެ ކުރީގައި އޮތީ ބޯނޯ އެވެ. އޭނާ ހޯދުމުގެ މަޝްވަރާތައް ބަޔާނުން ސެވިއްޔާ އާއެކު ކުރަމުން ދަނިކޮށް، ބޯނޯ ހޯދުމުގެ ރޭހަށް ސައުދީ ޕްރޯ ލީގުގެ އަލް ހިލާލުން ވެސް ވަނީ ވަދެފަ އެވެ. އެހެންކަމުން ބޯނޯ ހޯދުމުގެ ރޭހުގައި އޮތީ ބަޔާން އާއި އަލް ހިލާލްގެ ވާދަވެރި ކަމެވެ.

އެހެން ނަމަވެސް، ބޯނޯ ހޯދުމުގެ ރޭހުން ބަޔާން ވަނީ އަންގާރަ ދުވަހު ނިކުމެފަ އެވެ. ބަޔާނުން އެ މަޝްވަރާތައް ހުއްޓާލީ ބޯނޯ ހޯދުމަށް އަލް ހިލާލުން ހުށަހަޅާ އަގު ބޮޑުވެ، ބަޔާނަށް އެ އަގާ ވާދަކުރެވެން ނެތިގެން ކަމަށް މީޑިއާ ތަކުން ބުނެ އެވެ. އެހެންކަމުން އަލް ހިލާލުން އަންނަނީ ބޯނޯ ހޯދުމުގެ ޑީލް ނިންމުމަކާ ކައިރިއަށް ޖެހެމުން ކަމަށް ވެސް ވަނީ ބުނެފަ އެވެ. އަލް ހިލާލުން ހުށަހަޅާ އަގާމެދު ސެވިއްޔާ އަށް ރުހޭ ކަމަށް ވެސް ބުނެފައިވެ އެވެ. ސެވިއްޔާ އާއެކު ބޯނޯ ސޮއި ކޮށްފައިވާ ހަތަރު އަހަރުގެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އުމުރުން 32 އަހަރުގެ ކީޕަރު ވިދާލީ މިދިޔަ އަހަރު ޤަތަރުގައި އޮތް ފީފާ ވޯލްޑް ކަޕް މުބާރާތުންނެވެ. މޮރޮކޯ އިން މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް ދިޔައިރު، ބޯނޯ ވަނީ އެ ޓީމުގެ ގޯލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުގައި ބޯނޯ ވަނީ ސްޕެއިންގެ ދެ ޕެނަލްޓީ ހުއްޓުވައި، ސްޕެއިން މުބާރާތުން ކަޓުވާލައިފަ އެވެ. އޭގެ ފަހުން ކުއާޓާ ފައިނަލްގައި ޕޯޗުގަލާ ދެކޮޅަށް ވެސް ބޯނޯ ވަނީ މޮޅަށް ކުޅެފަ އެވެ. ބޯނޯ ވަނީ މިހާތަނަށް 141 މެޗުގައި ސެވިއްޔާގެ ގޯލު އިތުބާރާއެކު ބަލަހައްޓައިފަ އެވެ. ޤައުމީ ޓީމުގެ ގޯލު އޭނާ ވަނީ 54 މެޗުގައި ބަލަހައްޓައިފަ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

މާޝިއަލް ބޭނުންވަނީ އެއްބަސްވުމުގައި އޮތް ދެއަހަރު ޔުނައިޓެޑްގައި މަޑުކުރަން

05 ޖޫން 2017
ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

ޑެނީ އަލްވޭޒް ހޯދުމަށް ޗެލްސީން މަސައްކަތް ފަށައިފި

03 ޖޫން 2017
އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

އަގުއޭރޯ ސިޓީ ދޫކޮށް ނުދާނެ، އެއީ ދުނިޔޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިޔާ: ޙަލްދޫން އަލް މުބާރަކް

30 މެއި 2017
އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

އުމުރު ދުވަހު ޓޮރީނޯއަށް ސަޕޯޓަކުރާނެކަމަށް ބުނެ ހާޓް އެ ކްލަބަށް އަލްވަދާއުކިޔައިފި

29 މެއި 2017
މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

މެނުއަލް ނޯޔާއަށް އަނިޔާވެ ކުޅުމާ ދުރައް

19 އެޕްރީލު 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު