Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މޭރީ ގްރޭސްގެ މަރު

"އިންޖެކްޝަން ޖަހަން ދެކޮޅުހަދައި ބަސް ނޭހި ކުއްޖެއްގެ ކަރުގައި މާވިން ދެފަހަރެއްގެ މަތިން ހިފިތަން ދުށިން": ހެކިވެރިޔާ

މޭރީ ގެނައިރުވެސް ވިންދެއް ނެތް، އަތާއި މޫނު ހުރީ ނޫކުލަ އަރާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 އޯގަސްޓު 2023 | ހޯމަ 08:57
މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

މޭރީގެ ފިރިމީހާ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާރވިން އެސް.ވައި ވާރގަސް

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސް އާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި ވަނީ އައިޖީއެމްއެޗްގެ އީއާރްގައި ނަރުހެއްގެ ވަޒީފާގައި އުޅޭ ފަރާތެއްގެ ހެކިބަސް ނަގާފައެވެ.

އޭނާ ބުނީ، ޙާދިސާ ހިނގި ދުވަހު އޭނާ ހުރީ އައިޖީއެމްއެޗްގެ އީއާރްގައި ކަމަށެވެ. އެ ދުވަހު މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެނައިރު އޭނާ ހުރީ ޑިއުޓީގައިކަން ފާހަގަކޮށް އޭނާ ވަނީ އެ ދުވަހު ކަން ހިނގާ ދިޔަ ގޮތާ ގުޅޭގޮތުން ހެކިބަސް ދީފައެވެ.

ހެކިވެރިޔާ ބުނީ، މޭރީ ގެނައިރުވެސް ވިންދެއް ނެތް ކަމަށާއި، އަތާއި މޫނު ހުރީ ނޫކުލަ އަރާފައި ކަމަށެވެ.

އޭނާ ވަނީ މޭރީއަށް ދެވިފައިވާ ފަރުވާތައް ޝަރީއަތުގައި ކިޔާދީފައެވެ.

ހެކިވެރިޔާ ބުނީ، މާވިން ފުރަތަމަ ބުނެފައިވަނީ މޭރީ މަރުވީ ގެނބިގެން ކަމަށެވެ. ނަމަވެސް ފަހުން މާވިިން ބުނީ މޭރީ އަމިއްލައަށް ދަންޖެހުނީކަމަށެވެ.

މޭރީގެ ހަށިގަނޑުން ދަން ޖެހިފައިވާކަމުގެ ނިޝާނެއް ނުފެންނަކަމަށް ހެކިވެރިޔާ ބުންޏެވެ. އެގޮތުން ދަންޖެހިފައިވާ މީހެއްނަމަ، ކަރުން އެކަމުގެ ނިޝާން ފެންނަން ހުންނާނެ ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ވަނީ އިތުރު ބައެއް ކަންކަންވެސް ހިއްސާކޮށްފައެވެ.

ހެކިވެރިޔާ ބުނީ، އެއް ދުވަހަކު މާވިން ކުޑަ ކުއްޖަކު ކަރުގައި ހިފައި މޭޒަކާއި ދިމާލަށް ޖެހި މަންޒަރު ފެނުނުކަމަށެވެ.

އެއީ 14 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި، އިންޖެކްޝަން ޖަހަން އުޅުމުގެ ތެރޭގައި އެކުއްޖާ ދެކޮޅުހަދައި ބަސް ނޭހުމުން ދެފަހަރެއްގެ މަތިން އެކުއްޖާގެ ކަރުގައި ހިފައި ޖެހި މަންޒަރު ލޮލުން ދެކެފައިވާކަމަށް ހެކިވެރިޔާ ބުންޏެވެ.  

އެ މަންޒަރު ފެނުމުން އެ ދުވަހު ނުހަނު ހައިރާންވިކަމަށްވެސް ހެކިވެރިޔާ ބުންޏެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފަހުން ވާހަކަ ދައްކާފައިނުވާނެކަމަށްވެސް އެ ހެކިވެރިޔާ ބުންޏެވެ.

އެކަން ރިޕޯޓު ނުކުރީ ކީއްވެތޯ ސުވާލު ކުރުމުން ހެކިވެރިޔާ ބުނީ، އެކަމާ އިތުރަށް އުޅެފައިނުވާނެކަމަށެވެ. އެކަން އައިޖީއެމްއެޗުން ތަހުގީގުކޮށްފައި ނުވާނެކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

އެކުއްޖާއަކީ ސައިކޭޓްރިކް ޕޭޝަންޓެއް ކަމަށާއި، އެއީ ޑޮކްޓަރަކު ކަންކޮށްގެންވާނެ ގޮތެއް ނޫންކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.

ދިފާއީ ވަކީލުން ވަނީ ކުޑަކުއްޖަކާމެދު އެފަދަ ކަމެއް ހިނގާދިޔައިރު، އެކަން ވެރިންނަށް ރިޕޯޓު ނުކުރީ ކީއްވެތޯ ތަކުރާރު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، މާވިން އޭނާގެ "ގުޑް ކެރެކްޓަރ" ބަޔާންކޮށްދިނުމަށް ހެކި ހުށައަޅާފައިވާ ކަމަށާއި، ވުމާއެކު އެކަން ނަފީކުރުމަށް ދައުލަތުން ހުށައެޅި ހެކީގެ ތެރޭގައި މި ހެކިވެރިޔާވެސް ހިމެނޭ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

20 މާރިޗު 2017
ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

ނިހާންގެ ތަޢުރީފު އަދީބަށް، ރައީސް ޔާމީނަށްވުރެ އަދީބްގެ ބަސް އަހާ!

15 މާރިޗު 2017
ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

ސައުދީ ރަސްގެފާނުގެ ދަތުރުފުޅު: ފ. އަތޮޅު އެއްބަސްވުމުގައި ސޮއިކުރައްވާނެ!

26 ފެބުރުއަރީ 2017
ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

ހައްގުބަސް ނުބުނެވިއްޖެ ނަމަ ލިބިފައިވާ މިނިވަންކަން ވެސް ގެއްލޭނެ: އާޒިމް

23 ފެބުރުއަރީ 2017
ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

ގދ މާވަރުލު އެއާޕޯޓް ހެދުމުގެ އެއްބަސްވުން ބާތިލް ކުރީ ރަނގަޅަށް: ސިވިލް ކޯޓް

19 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު