Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސިކުނޑީގެ އެމްއާރްއައި

ސިކުނޑީގެ އެމްއާރްއައި ހަދަން ބިރު ގަންނަ މީހުންނަށް ޢުއްމީދީ ޚަބަރެއް!

ހެއިމްހޯޓްޒް އިންސްޓިޓިއުޓް ބުނީ ބޮލުގެ ނާށިގަނޑާއި، ސިކުނޑިއާ، މިހެން ގޮސް ހުރިހާ ބައިތަކެއް އެއްކޮށް، ސެލްތައް ވަކިވަކީން ބަލާލެވޭ ކަމަށް

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2023 | ހޮނިހިރު 08:32
ހެއިމްހޯޓްޒް އިންސްޓިޓިއުޓްގެ އިންޤިލާބީ ހޯދުމަކީ، ސިކުނޑިއަށް ޖެހޭ އަލްޒައިމާޒްއާއި ސްޓްރޯކް ފަދަ ބަލިތައް ދެނެ ގަތުމަށް ބޭނުން ކުރެވިދާނެ ހޯދުމެއް

ހެއިމްހޯޓްޒް އިންސްޓިޓިއުޓްގެ އިންޤިލާބީ ހޯދުމަކީ، ސިކުނޑިއަށް ޖެހޭ އަލްޒައިމާޒްއާއި ސްޓްރޯކް ފަދަ ބަލިތައް ދެނެ ގަތުމަށް ބޭނުން ކުރެވިދާނެ ހޯދުމެއް

ސިކުނޑިއަކީ އިންސާނާގެ ހަށިގަނޑުގައި ވާ ގުނަވަންތަކުގެ ތެރެއިން އެންމެ މުހިންމު އެއް ގުނަވަނެވެ. ސިކުނޑީގެ ދުޅަހެޔޮކަން ކަށަވަރުކޮށް، ސިކުނޑީގެ ބަލިތަކަށް އެކަށީގެންވާ ފަރުވާ، ވީ އެންމެ އަވަހަކަށް ހޯދުންވެސް އެހާމެ މުހިންމެވެ. ސިކުނޑީގެ ބަލިތަކަށް ދެނެގަތުމަށް ތަފާތު އެކި ކަހަލަ ޓެސްޓުތައް ހަދައެވެ. ޒަމާނާއެކު ސައެންސްއާއި ޓެކްނޮލޮޖީއަށް އަންނަމުން ދާ ކުރިއެރުންތަކާއެކު، ސިކުނޑީގެ ބަލިތަކާއި ހާލަތު ދެނެގަންނާނެ އާ ގޮތެއް، ޖަރުމަނުވިލާތުގެ މިއުނިކްގައި ހުންނަ ހެއިމްހޯޓްޒް އިންސްޓިޓިއުޓްއިން ދާދި ފަހުން ވަނީ ހޯދާފައެވެ.

ހެއިމްހޯޓްޒް އިންސްޓިޓިއުޓްގެ އިންޤިލާބީ ހޯދުމަކީ، ސިކުނޑިއަށް ޖެހޭ އަލްޒައިމާޒްއާއި ސްޓްރޯކް ފަދަ ބަލިތައް ދެނެ ގަތުމަށް ބޭނުން ކުރެވިދާނެ ހޯދުމެކެވެ. ހެއިމްހޯޓްޒް އިންސްޓިޓިއުޓްއިން ބުނާ ގޮތުގައި މި ހޯދުމަކީ، ސިކުނޑީގެ ބަލިތަކުގެ ހާލަތު މޮނިޓަރ ކުރުމުގެ ކަންކަން މާ ފުރިހަމައަށް ކުރެވިގެން ދިއުމުގެ މަގު ފަހި ކުރުމުގެ ފުރުޞަތު އޮތް ހޯދުމެކެވެ. އަދި ބަލީގެ އާލާމާތްތައް ދުރާލާ ދެނަގަނެ، ސިކުނޑިއަށް ޖެހޭ ސީރިއަސް ބައްޔަކުން ރައްކާތެރިކަން ހޯދުމުގެ ފުރުޞަތުވެސް އޮތް ހޯދުމެއް ކަމަށް ހެއިމްހޯޓްޒް އިންސްޓިޓިއުޓްއިން ވަނީ ބުނެފައެވެ.

ހެއިމްހޯޓްޒް އިންސްޓިޓިއުޓްގެ ދިރާސާ ޓީމުން ހޯދި ހޯދުންތަކުން، ބޮލުގެ ނާށިގަނޑުގެ ބޯން މެރޯއާއި، ސިކުނޑީގެ ސަތަހައާއި ދެމެދު ސީދާ ގުޅުންތަކެއް ވާ ކަން ވަނީ ދެނެގަނެވިފައެވެ. މިއީ މީގެ ކުރިން ސައެންސްގެ އަލީގައި ހޯދިފައި އޮތް ކަމެއް ނޫން ކަމަށް ޚަބަރު ލިބެއެވެ. ދިރާސާ ކުރުމުގައި އިސްކޮށް ހުންނެވީ ހެއިމްހޯޓްޒް އިންސްޓިޓިއުޓްގެ އިންސްޓިޓިއުޓް ފޮރ ޓިޝޫ އިންޖިނޭރިންގް އެންޑް ރިޖެނެރޭޓިވް މެޑިސިންގެ އިސްވެރިޔާ އާލީ އެރްތުކްއެވެ. ޓިޝޫ ޓްރާންސްޕޭރަންސީއާއި ތުރީޑީ އިމޭޖިންގް ޓެކްނޮލޮޖީ ބޭނުން ކޮށްގެން އެރުތުކްއާއި އޭނާގެ ޓީމުން ހޯދި ހޯދުންތަކުން، ބޮލުގެ ނާށިގަނޑަކީ، މީގެ ކުރިން އެނގިފައި ނުވާ މިންވަރަށް، ސިކުނޑީގެ ބަލިތަކުގެ މަޢުލޫމާތު އެކުލެވިގެންވާ ބައެއްކަން ވަނީ ހާމަ ވެފައެވެ.

އެރުތުކްއާއި އޭނާގެ 30 މެންބަރުންގެ ޓީމުން 4 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ކުރި މަސައްކަތުން ވަނީ ހަށިގަނޑުގެ ގުނަވަންތަކާއި ކަށިތަކުން ދެފުށް ފެންނާނެ ގޮތެއް ތަރައްޤީ ކޮށްފައެވެ. ނުވަތަ ގުނަވަންތަކާއި ކަށިތައް 'ޓްރާންސްޕޭރަންޓް' ވާނެ ގޮތެއް ތަރައްޤީ ކޮށްފައެވެ. އެއާއެކު ބޮލުގެ ނާށިގަނޑުގެ އިންތިހާ ގާތުން ބަލާލުމަށްޓަކާ، ސެލްތައް އެތުރިފައި ވާ ގޮތުގެ މާ ސާފު މަންޒަރެއް ފެނިގެން ދެއެވެ. ސެލްތައް ވަކިވަކީން ބަލާލެވެއެވެ. އެއްކޮޅުން އަނެއް ކޮޅަށެވެ.

ދިރާސާ ޓީމުގެ ހޯދުންތަކަށް ބަލާއިރު ބޮލުގެ ނާށިގަނޑުގައިވާ މައުލޫމާތަކީ، މޫނު ބަލާ ލޯގަނޑެއް ފަދައިން ސިކުނޑިން ނަކަލު ކޮށްފައި ވާ މައުލޫމާތުކަން ވަނީ ދެނެގަނެވިފައެވެ. އަދުގެ ދުނިޔޭގައިވެސް ސިކުނޑީގެ ބަލިތައް ދެނެގަތުމަކީ މާ ފަސޭހަ ކަމެއް ނޫނެވެ. ސިކުނޑިއާ ހިސާބަށް ވާސިލުވުމަކީ ދަތިކަމަކަށް ވާތީއެވެ. ހެއިމްހޯޓްޒް އިންސްޓިޓިއުޓްގެ ހޯދުންތަކަށް ރިޢާޔަތް ކުރާ އިރު، ސިކުނޑީގެ ބަލިތައް ދެނެގަތުމަށް މިހާރު ބޭނުން ކުރާ އަލްޓްރާސައުންޑާއި އެނޫންވެސް ޓެކްނޮލޮޖީތައް އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ހުޅުވިގެން ދާނެއެވެ. އެގޮތުން، ނާށިގަނޑުގެ ސްކޭނެއްކޮށްގެން ހާލަތު ދެނެގަނެވޭ މިންވަރަށް ޞިއްޚީ ދާއިރާގެ ކަންކަން ތަރައްޤީ ކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

ވަކި މުއްދަތަކުން ޤަވައިދުން ހަދަން ޖެހޭ އެމްއާރްއައި ޕެޓް ސްކޭންތަކުގެ ބަދަލުގައި، ދާއިމީ ގޮތެއްގައި ބޮލުގައި ހަރުކުރާ ކުދިކުދި ޑިޓެކްޓަރުތަކެއްގެ އެހީގައި، މަޢުލޫމާތު އެއްކުރެވިގެން ދިއުމުގެ ފުރުޞަތުވެސް މިކަމުގެ ތެރެއިން ފަހިވެގެންދާނެ ކަމަށް އެރުތުކް ޤަބޫލު ކުރައްވައެވެ.

ހެއިމްހޯޓްޒް އިންސްޓިޓިއުޓްސިކުނޑީގެ އެމްއާރްއައި

ކޮމެންޓް

އިތުރަށް ކިޔާލަން

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

އާޖެންޓީނާއަށް އުފަންވި ބަކަރިއެއް އެންމެން ބިރުގަންނަވާލައިފި!

21 ޖުލައި 2017
ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް އިނގިރޭސި ބަހުން "ހަލޯ" ވެސް އެނގިވަޑައިނުގަންނަވާ: ރައީސް ޓްރަމްޕް

ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް އިނގިރޭސި ބަހުން "ހަލޯ" ވެސް އެނގިވަޑައިނުގަންނަވާ: ރައީސް ޓްރަމްޕް

21 ޖުލައި 2017
އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި

އިމްރާން ހާޝިމީ: ކެންސަރާ ބެހޭ ޑޮކިއުމެންޓްރީ ހަދަން ފަށައިފި

03 ޖުލައި 2017
ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

ފިލްމު ހަދަން ބޭނުންކުރާ އިކިއުޕްމަންޓްތަކަކީ ފެންވަރު ރަނގަޅު ތަކެއްޗަށް ވާންޖެހޭ: ސީޒަން

02 ޖުލައި 2017
އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

އިންސާނެއްގެ ސިފަޔަށް އޮތް ކަންބަޅިއެއް އުފަންވުމާއެކު ދެކުނު އެފްރިކާ މީހުން ބިރުގަނެއްޖެ!

23 ޖޫން 2017

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު