Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރިޔާސީ އިންތިޚާބު އޮބްޒާވްކޮށް މޮނިޓަރކުރުން

އިބްތިޚާބު އޮބްޒާވްކޮށް، މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކުން މާދަމާގެ 15:00 ކުރިން ފޯމް ހުށަހެޅުމަށް އިލްތިމާސްކޮށްފި

މޮނިޓަރުންނާއި އޮބްޒާވަރުންގެ ފޯމު އީސީ އަށް އީމެއިލް ވެސް ކުރެއްވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 12 އޯގަސްޓު 2023 | ހޮނިހިރު 03:51
އިންތިޚާބާއި ބެހޭ މަރުކަޒު

އިންތިޚާބާއި ބެހޭ މަރުކަޒު

ރިޔާސީ އިބްތިޚާބު އޮބްޒާވްކޮށް، މޮނިޓަރ ކުރަން ބޭނުންވާ ފަރާތްތަކުން މާދަމާގެ މެންދުރުފަހު 3:00ގެ ކުރިން ފޯމް ހުށަހެޅުމަށް އިލެކްޝަން ކޮމިޝަން (އީސީ)އިން އިލްތިމާސްކޮށްފިއެވެ.

އިންތިޚާބު އޮބްޒާވްކުރުމާއި، މޮނިޓަރ ކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިޙާބު 2023 ގައި، ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި މޮނިޓަރ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް 2023 ޖުލައި 19 ގައި ހުޅުވާލި ފުރުސަތު 2023 އޮގަސްޓް 13 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް ހަމަވާ ކަމަށެވެ.

Advertisement - newsAdvertisement

އެހެންކަމުން ރިޔާސީ އިންތިޚާބު މޮނިޓަރ ކުރަން ބޭނުންފުޅުވާ ނޫސްވެރިންނާއި، އިންތިޚާބު އޮބްޒާވް ކުރަން ބޭނުންވާ މަދަނީ ޖަމިއްޔާތަކުގެ މީހުންނާއި، ޕާޓީތަކުގެ މީހުންނާއި، އަމިއްލަ ހައިސިއްޔަތުން އިންތިޚާބު އޮބްޒާވް ކުރަން ބޭނުންވާ މީހުން މިމަހުގެ 13 (އާދީއްތަ ދުވަހު) ގެ 15:00 ގެ ކުރީން، ފޯމު އަދި ފޯމާ އެކީގައި ހުށަހަޅަންޖެހޭ ތަކެއްޗާ އެކު އީސީ އަށް ހުށަހެޅުމަށް އެދޭ ކަމަށް ހަބީބު ވިދާޅުވިއެވެ. އަދި ވިދާޅުވީ މޮނިޓަރުންނާއި އޮބްޒާވަރުންގެ ފޯމު އީސީ އަށް އީމެއިލް ވެސް ކުރެއްވޭނެ ކަމަށެވެ.

ފޯމު އީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

އިންތިޚާބެއްގައި ވޯޓު ނަގާ ދުވަހު އޮބްޒާވަރެއް ނުވަތަ މޮނިޓަރެއް ނުވަތަ ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް ހުށަހަޅާ މީހަކީ، އޮބްޒާވަރުންނާއި، މޮނިޓަރުންނާއި، ކެންޑިޑޭޓުން އައްޔަނުކުރާ މަންދޫބެއްގައި ހުރުން ލާޒިމްކުރާ ޝަރުޠުތައް ފުރިހަމަވާ މީހެއްކަމުގައި ވިޔަސް، އެ މީހަކީ އޭނާގެ މައްޗަށް އިންތިޚާބީ ކުށެއް ފާއިތުވި 5 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ސާބިތުވެފައިވާ މީހެއްނަމަ، ނުވަތަ އިންތިޚާބުގައި ޢަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް ސާބިތުވެފައިވާ މީހެއްނަމަ، އެ މީހަކަށް އިންތިޚާބުގައި އޮބްޒާވަރެއްގެ ގޮތުގައި، ނުވަތަ މޮނިޓަރެއްގެ ގޮތުގައި، ނުވަތަ ކެންޑިޑޭޓުންގެ މަންދޫބެއްގެ ގޮތުގައި ހަރަކާތްތެރިވުމުގެ ހުއްދަ ދޫނުކުރުމުގެ އިޚްތިޔާރު އީސީއަށް ލިބިގެންވެއެވެ.

ސެޕްޓެމްބަރު 09 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތްތައް އީސީން ކުރަމުންދާއިރު، މިއަހަރުގެ އިންތީޚާބުގައި 282،755 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

ރިޔާސީ އިންތިޚާބު 2023އިސްމާއީލް ހަބީބު

ކޮމެންޓް

އިތުރަށް ކިޔާލަން

މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު

މަޖިލީހަށް ކުރިމަތިލި ހުރިހާ ކެންޑިޑޭޓުން އަންނަ މަހުގެ 21 ގެ ކުރިން މާލީ ބަޔާން ހުށަހަޅަންޖެހޭ: ހަބީބު

26 އެޕްރީލު 2024
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބާއްވަންޖެހޭ: ހަބީބު

25 އެޕްރީލު 2024
މަންފާއަށް ވޯޓުލާ މައްސަލަ ބޮޑު، މި ޓްރެންޑް ބަދަލުކުރުމަށް ގާނޫނުން ހައްލު ހޯދަންޖެހޭ: ހަބީބު

މަންފާއަށް ވޯޓުލާ މައްސަލަ ބޮޑު، މި ޓްރެންޑް ބަދަލުކުރުމަށް ގާނޫނުން ހައްލު ހޯދަންޖެހޭ: ހަބީބު

24 އެޕްރީލު 2024
އިންތިޚާބާއި ގުޅިގެން 7 މައްސަލަ ހުށަހަޅާފައިވޭ، ނަތީޖާއަށް އަސަރުކުރާ ފަދަ މައްސަލައެއް ނެތް: ހަބީބު

އިންތިޚާބާއި ގުޅިގެން 7 މައްސަލަ ހުށަހަޅާފައިވޭ، ނަތީޖާއަށް އަސަރުކުރާ ފަދަ މައްސަލައެއް ނެތް: ހަބީބު

14 ޖެނުއަރީ 2024
މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންގެ ކެމްޕޭނުގެ ހަރަކާތްތައް ނިންމާލުމުގައި ވެސް ސުލޫކީ މިންގަނޑު ދަމަހަައްޓަންޖެހޭ: ހަބީބު

މޭޔަރު އަދި މާލޭސިޓީ ކައުންސިލަރުންގެ ބައި-އިލެކްޝަންގެ ކެމްޕޭނުގެ ހަރަކާތްތައް ނިންމާލުމުގައި ވެސް ސުލޫކީ މިންގަނޑު ދަމަހަައްޓަންޖެހޭ: ހަބީބު

12 ޖެނުއަރީ 2024

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު