Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގެވެށި އަނިޔާގެ މައްސަލަ

ފާއިތުވި އަހަރު ގެވެށި އަނިޔާގެ 796 މައްސަލަ އެފްޕީއޭ އަށް ހުށަހަޅާފައިވޭ

4 އޯގަސްޓު 2023 | ހުކުރު 08:18

ގެވެށި އަނިޔާއިން ހައްކާތެރިވުމުގެ ހައްގު ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ލިބިިގެންވާ ކަމަށް އެފްޕީއޭ އިން ބުނޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 4 އޯގަސްޓު 2023 | ހުކުރު 08:18
ފަސްކާފު ޕްރޮގްރާމްގެ ތެރެއިން

ފަސްކާފު ޕްރޮގްރާމްގެ ތެރެއިން

ފާއިތުވި އަހަރު ގެވެށި އަނިޔާގެ 796 މައްސަލަ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭ އަށް ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަސްކާފު ޕްރޮގްރާމްގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ވަޖީހާ ޒަރީރު ވިދާޅުވީ ގެވެށި އަނިޔާ ލިބޭ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ޤާނޫނީ އެހީތެރިކަން މިހާތަނަށް އެންމެ އެކަށީގެންވާ ގޮތުގައި ނުލިބުނު ނަމަވެސް، 1 އޮގަސްޓުން ފެށިގެން މިހާރު ގެވެށި އަނިޔާ ލިބޭ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި އެފަދަ މައްސަލަތައް އަހަރުން އަހަރަށް އިތުރުވަމުންދާކަން ފާހަގަކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ގެވެށި އަނިޔާގެ ސަބަބުން ޤާނޫނީ އެހީތެރިކަން ބޭނުންވާ މީހުންގެ ސީދާ އަަދަދު ދެނެގަނެވިފައިނުވާ ކަމަށާއި އެހެން ނަަމަވެސް ގެވެށި އަނިޔާއިން ރައްކާތެރިކޮށްދިނުމަށް 117 އަމުރު ނެރެދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަމަށް ބަލާލުމުން ޚިދުމަތަށް ބޭނުންވާ ގިނަ ބަޔަކު ތިބިކަން އެނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖެ ޓީވީގެ ފަސްކާފު ޕްރޮގްރާމްގައި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ލީގަލް އޮފިސަރު ނުޒްހަތު ވަހީދު ވިދާޅުވީ ގެވެށި އަނިޔާ ލިބޭ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ރައްކާތެރިކަމުގެ އަމުރަކަށް ބޭނުންވާ މީހުންނަށް، އަދުލު އިންސާފު ކަށަވަރުކޮށްދެވޭނެ ކަމަށެވެ.

ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް ދައުލަތުން ވަކީލުން ހަމަޖައްސާދޭން ފެށުމާއި ގުޅޭގޮތުން އޭނާ ވިދާޅުވީ މިހާތަނަށް އައި އިރު ގެވެށި އަނިޔާ ލިބޭ މީހުންނަށް ޤާނޫނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ގޮންޖެހުންތައް ހުރި ކަަމަށެވެ. އަދި އެފަދަ ވާހަކަތައް ސިއްރުކުރުމުގެ ސަޤާފަތެއް އޮތްކަމަށާއި އެކަމުގެ ސަބަބުން އެފަދަ ކުށްތައް ކުރާ މީހުން ވަރަށް ބޮޑަށް މުޖުތަމައުގެ ތެރެއަށް ދޫވެފައި ތިބި ކަމަށެވެ. ނުޒުހަތު ވިދާޅުވީ ގެވެށި އަނިޔާ ހުއްޓުވުމަށް ޤާނޫނީ ގޮތުން ހޯދަން ޖެހޭ ހައްލު ހޯދާ ގެވެށި އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ހޯދާދިނުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަަމަށެވެ.

މީގެ އިތުރުން ގެވެށި އަނިޔާއިން ރައްކާތެރިވުމުގެ ހައްޤު ކޮންމެ ޖިންސެއްގެ މީހަކަށް ވެސް ލިބިިގެންވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އިން މުއައްސަސާތަކާއި ގުޅިގެން ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މަސައްކަތް ކުރަމުންދާ ކަމަށާއި، ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ ޤަވާއިދުތަކުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް ނުޒުހަތު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ

06 ޖެނުއަރީ 2017
ފާއިތުވި އަހަރީ ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރެވިގެންދިޔަ އަހަރެއް: ސީޕީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް