Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކާނަލް ނާޒިމްގެ މައްސަލަ

ނާޒިމްގެ މައްސަލަ ބަލައިދިނުމަށް އެދި ހުށަހެޅި ސިޓީތަކަށް ޖަވާބެއް ނުލިބޭ: އާޒިމް

އަދީބު ވަނީ އެ ފިސްތޯލައިގެ ހަގީގަތް ނާޒިމްއަށް ނޭނގޭނެ ކަމަށް ވިދާޅުވެފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 15 ޖުލައި 2017 | ހޮނިހިރު 06:31
ކުރީގެ ނައިބު ރައީސް އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް

ކުރީގެ ނައިބު ރައީސް އަދީބާއި ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމް

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައާ މެދު ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އާއްމު ކުރެއްވި ބަޔާނާ ގުޅިގެން އެމައްސަލަ އަލުން ބަލައިދިނުމަށް ނާޒިމްގެ އާއިލާއިން ކަމާބެހޭ މުއައްސަސާތަކުގައި އެދިފައިވީ ނަމަވެސް މިހާތަނަށް އެއްވެސް ޖަވާބެއް ދީފައިނުވާ ކަމަށް ނާޒިމްގެ އާއިލާއިން ބުނެފި އެވެ.

ނާޒިމްގެ ކޮއްކޮ އާދަމް އާޒިމް ހޮނިހިރު ދުވަހު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ހަތިޔާރަކީ ނާޒިމްއާ އެއްވެސް ގުޅުމެއް ނެތް އެއްޗެއް ކަމަށާއި އެކަމުގެ ހަގީގަތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް އަދީބު ވިދާޅުވެ އާއްމުކުރެއްވި ބަޔާނާ ގުޅިގެން އެމައްސަލަ އަލުން ބަލައިދިނުމަށް އެދި މިދިޔަ ޖޫން މަހުގެ ފަހުކޮޅު ހުށަހެޅުއްވި ނަމަވެސް މިހާތަނަށް އެ މުއައްސަސާއިން ޖަވާބެއް ދީފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ ފުލުހުން ޖަވާބެއް ދީފައިނުވާތީ ފުލުހުންގެ މުއައްސަސާއަށް ހާޒިރުވެ ޖަވާބެއް ލިބޭތޯ މަސައްކަތްކުރެއްވި ނަމަވެސް އެކަން ކާމިޔާބު ވާގޮތް ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އެ ސިޓީގެ ޖަވާބު ހޯދުމަށް ވަޑައިގެންނެވުމުން ޖަވާބު ތައްޔާރުކުރުމަށް ފަހު އަންގާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

ނަމަވެސް އާޒިމް ވިދާޅުވީ އެ ސިޓީ ފުލުހުންނަށް ހުށަހަޅާފައިވާތާ މިހާ ދުވަސް ފާއިތުވެފައިވާއިރު ޖަވާބެއް ނުދީ ގިނަ ދުވަސް ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

މީގެ އިތުރުން ނާޒިމް ދިރިއުޅޭ އެޕާޓްމަންޓުން ފެނުނު ކަމަށް ބުނާ ފިސްތޯލައިގެ ހަގީގަތް ހާމަކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެ އަދީބު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސިޓީއާ ގުޅިގެން އާޒިމް ވިދާޅުވީ އެމައްސަލަ އަލުން ބަލައިދިނުމަށް އެދި ސުޕްރީމް ކޯޓަށާއި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފިހަށް މިމަހުގެ 2 ވަނަ ދުވަހު ހުށަހެޅާފައިވާ ކަމަށެވެ.

އާޒިމް ވިދާޅުވީ ސުޕްރީމް ކޯޓުން ވެސް އަދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވެސް މިއަދާ ހަމައަށް ޖަވާބެއް ލިބިފައި ނުވާ ކަމަށެވެ.

އަދީބުގެ ފަރާތުން މިފަދަ ސީޓީއެއް ސުޕްރީމް ކޯޓަށް ހުށަހެޅިކަން ރަސްމީ އެއްވެސް ފަރާތަކުން އަދި ޔަޤީންކޮށް ނުދިން ނަމަވެސް، އިތުބާރުހިފޭ މަސްދަރަކުން ވަނީ މިކަން ރާއްޖެޓީވީއަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި އަދީބުގެ އެ ސިޓީގައި އެ ފިސްތޯލަ ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓްގައި އޮތް ކަން ނާޒިމަށް އެނގިވަޑައިނުގަންނަވާނެ ކަމަށް ސުޕްރީމް ކޯޓަށް އަދީބު ހުށަހެޅުއްވި ސިޓީގައި ވަނީ ބަޔާންކުރައްވާފައެވެ. އަދި ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައާ ގުޅޭ މައުލޫމާތު އެނގިވަޑައިގަންނަވާ މިންވަރަކުން ސުޕްރީމް ކޯޓުގައި ހާމަކުރައްވާނެ ކަމަށް އަދީބުގެ ސިޓީގައި ބަޔާންކުރައްވާފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ސިޓީ އަދީބުގެ ފަރާތުން ސުޕްރީމްކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 22 ވީ ބުރާސްފަތި ދުވަހުއެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފިސްތޯލަ ފެނުނު މައްސަލައާ ގުޅިގެން އޭނާ 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުން ނިންމާ ހައިކޯޓުން ތާއީދުކޮށްފައިވާ ނިންމުމަކީ ރަގަޅު ނިންމުމެއް ކަމަށް ކަނޑައަޅާފައެވެ.

މި މައްސަލަ ސުޕްރީމްކޯޓުގައި އިސްތިއުނާފު ކުރުމުގެ މަރުހަލާގައި ނާޒިމްގެ ފަރާތުން ވަނީ އެ ފިސްތޯލަ ބޭއްވި މީހާއަކީ ކާކު ކަމާއި އެކަން ކުރި ގޮތް އެނގޭނެ ހެކިން ތިބިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ނާޒިމްގެ އެޕާޓްމެންޓުގައި ފިސްތޯލަ ވެއްދީ އާސިމް ނަމަކަށް ކިޔާ ފުލުހެއްކަމަށް ވެސް އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ސުޕްރީމް ކޯޓުގައި ވަނީ ހާމަކޮށްފަ އެވެ

ނަމަވެސް އެ ޝަރީޢަތުގައި ދައުލަތުގެ ވަކީލު ވިދާޅުވެފައި ވަނީ އެ ފިސްތޯލަ ބޭއްވި ކަމަށް ބުނާ މީހާގެ ވާހަކައަކީ ދޮގެއް ކަމަށް ބެލެވޭ ކަމަށާއި އެ މީހާގެ ވާހަކަ ތަހުގީގުއާއި، ދަށު ކޯޓާއި ހައި ކޯޓުގައި ވެސް ނާޒިމްގެ ފަރާތުން ފާހަގަކޮށްފައި ނެތް ކަމަށެވެ.

ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނާއިބު ރައީސް އަދީބުގެ ޑީއެންއޭ ފެނުނުކަމަށް ފުލުހުން މީގެ ކުރިން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ.

ނާޒިމްގެ އެޕާޓުމެންޓުން ފިސްލޯތަ ފެނިފައިވަނީ ނާޒިމް ފްރޭމް ކުރުމުގެ ގޮތުން ކުރީގެ ނައިބު ރައީސް އަދީބާއި އޭރުގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ރާވައިގެން ހިންގި ކަންތައްތަކަކާއި ގުޅިގެންކަން ސާބިތުކުރުމަށް އަދީބު ސުޕްރީމް ކޯޓަށް ހާޒިރު ކޮށްދޭން ނާޒިމްގެ ފަރާތުން މީގެ ކުރިން ވަނީ އެދިފައެވެ. އެހެންނަމަވެސް ދައުލަތުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ.

ދައުލަތުން ބުނީ އަދީބު ހާޒިރުކުރަން މީގެ ކުރިން ނާޒިމްގެ ފަރާތުން އެދިފައިނުވާ ކަމަށާއި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާ މައްސަލައިގައި އަދީބު ހާޒިރު ކުރަން ނުޖެހޭ ކަމަށެވެ.

ނާޒިމްގެ މައްސަލަ ސުޕްރީމްކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ފުލް ބެންޗުންނެވެ.

ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފިސްތޯލަ ފެނުނު މައްސަލަ މުރާޖާޢާކޮށްދިނުމަށް ނާޒިމްގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް މިދިއަ އަހަރުގެ ޑިސެމްބަރު މަހުގައި ވަނީ ހުށަހަޅާފައެވެ.

އެގޮތުން ނާޒިމްއަށް އިންސާފު ނުލިބިވާ ކަމަށާއި، އެ އިންސާފު ނުލިބިދާ ކޮންމެ ދުވަހަކީ އެކަމުގެ ޒިންމާ ޕީޖީ އާއި އަދި ޕީޖީގެ ދަށުން މަސައްކަތް ކުރައްވާ ފަރާތްތަކުން ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމެއްކަމަށް، ނާޒިމްގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން އެދުވަހު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު