Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅު ހަރަކާތް

ސަރުކާރު މިއޮތީ އިނދަޖެހި ބަލިކަށިވެފައި: ޝާހިދު

14 ޖުލައި 2017 | ހުކުރު 21:08

ތިނަދޫ އަކީ އުއްމީދީ ރަށެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 14 ޖުލައި 2017 | ހުކުރު 21:08
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު

އެތައް ރައްޔިތުންނެއްގެ ތާއީދާއި އެކީ ވެރިކަމަށް އައި ސަރުކާރު މިއަދު މިފެންނަނީ އިނދަ ޖެހި ބަލިކަށި ވެފައިވާ މަންޒަރު ކަމަށް ހެންވޭރު އިތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ މިސަރުކާރު މިހާރު ދެމި އޮންނަނީ ދެތިން ބިކަ މީހުން ލައްވާ ކައްތިރި ޖައްސައިގެން ކަމަށާއި އެވަރުންވެސް މިސަރުކާރު ބަލިވެއްޖެ ކަމަށެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ރައްޔިތުން ތިބީ ރައީސް ޔާމިނަށް ދޫދޭން ނޫން ކަމަށާއި މި ރައްޔިތުން މިއަދު ނިކުމެ، ގުޅި ލާމެހިގެން މި ސަރުކާރަށް ނޫނެކޭ ބުނަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެ ނިންމި ނިންމުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ހިންގި ހަޑި މުޑުދާރު އަމަލެއް ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ރައްޔިތުންގެ ހިތް ތަކުގައި ނުތަނަވަސް ކަމެއް އުފެދުނު ނަމަވެސް މިއަދު ތިނަދޫއިން އެކަނިވެސް ފެނިގެންދަނީ މިކަމަށް ހައްލު ގެނެވޭނެ ފަދަ ފޮނި އުއްމީދުތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫއަށް ނިސްބަތްވާ ޕީޕީއެމްގެ ކުރީގެ ދެ މެމްބަރުންނަށް އިޝާރާތްކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ އެތަން މިތަނުން ބަތަލުން އުފަންވަމުން އަންނައިރު ތިނަދޫއިން އަނެއްކާވެސް ދެ ބަތަލުން އުފަންވެފައިވާ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ނިންމުމާއި އެކީ ތިނަދޫގެ ދެ މެމްބަރުން އެގޮނޑިން އެއްލާލި ކަމުގައި ވިޔަސް މުޅި ތިނަދޫގެ ހުރިހާ ރައްޔިތުން އެއް އަޑަކުން މިއަދު ގޮވަމުންދަނީ ކުރިން އިންތިހާބުވި ވަރަށް ވުރެ މާ ފުރިހަމައަށް ދެންވެސް އެމެމްބަރުން ހަމަ އެގޮނޑިއަށް އިންތިހާބުކޮށްދެއްވާނެކަމަށް ކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"ވެރިކަން ހިންގުމުގެ ބާރު، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު، މުސްތަގިއްލު މުއައްސަސާތަކުންނާއި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ހުރިހާ ފަރާތްތަކުންވެސް ޤާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއި އެކު އެއަށް ކިޔަމަންވެ އަމަލު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވޭ" ޝާހިދު ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަން ވާނީ ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ކަމަށްވާއިރު އެގޮތަށް އެ ކަންތައް ނުކޮށްފިނަމަ އެއީ ބާތިލްކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

4

ގެދޮރު ލޯނުގެ އިކުއިޓީއަށް ކޮންމެ ރައްޔިތަކަށް ދެ ލައްކަ ރުފިޔާގެ އެހީއެއް ދޭނަން، ގޭގައި ގިނަ މީހުން ތިބިއްޔާ މިލިއަނެއްވެސް ލިބިދާނެ: ރައީސް

5

ރަސްމާލޭގައި ދިވެހި ފުލުހުން ނުތިބޭނެ ކަމަށާއި، އެތާ ތިބޭނީ އަލައްބާރުގެ އަމިއްލަ ސެކިއުރިޓީން ކަމަށް ވަޒީރުން ވިދާޅުވި، އެކަމަށް ހެކިވާނެ މީހުންވެސް އެބަތިބި: ޒަމްޒަމް ފާރިޝް

އިތުރަށް ކިޔާލަން

16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް