Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުއްގިރި ހިޔާނަތް

ފަހުން ހުށަހަޅާގޮތަށް، ކްރިކަށް ކޮށްފައިވާ ދަޢުވާތައް މި ވަގުތަށް އަނބުރާ ގެންދަނީ

މައްސަލަ ވަކިން ކުރިއަށް ގެންދެވޭނީ ހަމައެކަނި އިބްތިދާއީ މަރުޙަލާގައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 12 ޖުލައި 2023 | ބުދަ 08:40
މއ.ކުރިކީލަހިޔާ, އަޙްމަދު ކުރިކް ރިޟާ

މއ.ކުރިކީލަހިޔާ, އަޙްމަދު ކުރިކް ރިޟާ

2015 ވަނަ އަހަރު ތެރޭގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ޓޫރިޒަމް ބޭނުމަށް ދޫކުރުމުގެ މުޢާމަލާތުގައި ރިޝްވަތު ހިފައި މަނީ ލޯންޑަރކުރި މައްސަލައިގައި ދަޢުވާލިބޭ, މއ.ކުރިކީލަހިޔާ, އަޙްމަދު ކްރިކް ރިޟާގެ މައްޗަށް ކުރި ދައުވާ ފަހުން ކޯޓަށް ހުށައެޅުމަށް، މިވަގުތަށް ދައުވާ އަނބުރާ ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި މެޑިކަލް ޑޮކިއުމަންޓް ތަކަކާ ގުޅިގެން އެ މައްސަލަ ކޯޓުގެ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި އަޙްމަދު ކުރިކް ރިޟާގެ ފަރާތުން ހުށަހެޅި ދިފާޢީ ހެކިތަކެއްގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ބަލަންޖެހޭ ބެލުންތައް ފުލުހުން ބަލަމުންދާކަމަށްވެސް ދައުލަތުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ، އަޙްމަދު ކުރިކް ރިޟާގެ ބައިގައި ދިމާވި މި ޙާލަތާ ގުޅިގެން އެބައި ވަކިން ކޯޓުގައި ކުރިއަށްގެންދެވޭނެ ގޮތެއް އޮތްތޯ ބެލިއިރު އެ މަގު ޤާނޫނީ ގޮތުން ބަންދުވެފައިވާކަމަށެވެ. އެގޮތުން ދެ ޚަސްމަކަށް އެއްކޮށް ދައުވާ ކޮށްފައި އޮންނަ ޙާލަތުގައި މައްސަލަ ވަކިން ކުރިއަށް ގެންދެވޭނީ ހަމައެކަނި އިބްތިދާއީ މަރުޙަލާގައި ކަމަށް ރާއްޖެއެމްވީން ސުވާލު ކުރުމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވިއެވެ.

މި މައްސައަކީ ޢާންމު މަސްލަޙަތު މަތީ މިންވަރަކަށް އެކުލެވޭ މައްސަލައަކަށްވެފައި, މިފަދަ މައްސަލައެއްގައި ދަޢުވާލިބޭ އެކެއްގެ ބައިގައި ދިމާވި ޙާލަތަކާ ކޯޓުގެ ތާވަލާ އެއްގޮތަށް މައްސަލަ ކުރިއަށް ނުގެންދެވި ވުމަކީ ޢާންމު މަސްލަޙަތު އޮތް ގޮތް ކަމަށް ނުފެންނަކަމަށްވެސް ދައުލަތުން ބުނެއެވެ.

ވުމާއެކު، އަޙްމަދު ކުރިކް ރިޟާ ހުށަހެޅި ހެކިތަކާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް, އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް މި ވަގުތަށް މަޑުޖައްސާލުމަށްޓަކައި, އެ ދަޢުވާތައް ފަހުން ހުށަހަޅާ ގޮތަށް ކޯޓުން އަނބުރާ ފޮނުއްވައިދެއްވުމަށް ވަނީ ކޯޓުގައި އެދިފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކްރިކް 31 ދުވަހުގެ މެޑިކަލްއެއް ހުށައަޅާފައިވާއިރު، އޭނާ ހުށައަޅާފައިވަނީ އައިޖީއެމްއެޗްގެ މެޑިކަލް ފޯމެކެވެ. އެގޮތުން އެ ފޯމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު ސޮއިކުރައްވާފައިވަނީ ސިއްޙީ ޚިދުމަތްދޭ އެހެން ތަނަކުން ހަދާފައިވާ ޓެސްޓުތަކަކާއި ގުޅޭ ލިޔުންތަކަކަށް ބެލުމަށްފަހުއެވެ. މިއީ އެންމެ އިތުބާރު ހިފޭ ގޮތް ނޫންކަމަށް އައިޖީއެމްއެޗުން ބުނެފައިވެއެވެ.

ދައުލަތުން މައުލޫމާތު ދޭ ގޮތުގައި އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ގެންނައުމަށް އެދިފައިވާނީ އަޙްމަދު ކުރިކް ރިޟާގެ މައްޗަށް ކޮށްފައިވާ ދަޢުވާތައް އެކަންޏެވެ.

އެގޮތުން ދައުލަތުން އެދިފައިވަނީ އަލުން ހުށަހަޅާ ގޮތަށް އަނބުރާ ގެނައުމުގެ ހުއްދައަކަށެވެ. މި މަރުޙަލާގައި އޮތް ދަޢުވާއެއް މިފަދައިން އަނބުރާ ގެނެވޭނީ ކޯޓުން ހުއްދަ ދެއްވައިފިނަމައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
18 މެއި 2017

ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި

18 މެއި 2017
ތަންފީޒުކޮށްފައިވާ މަހުލޫފްގެ ހަ މަސްދުވަހު ހުކުމްގެ ޝަރީއަތުގެ އަޑުއެހުންތައް ނިންމާލައިފި
09 މެއި 2017

ނާކާމިޔާބީއާ ކުރިމަތިވީ ސިޔާސީ ލީޑަރުން ރައީސް ޔާމީނުގެ ވަކިތަކުގެ ދަށުގައި ބަންދުކޮށްފައިވާތީ: ޝިފާޒު

09 މެއި 2017
ނާކާމިޔާބީއާ ކުރިމަތިވީ ސިޔާސީ ލީޑަރުން ރައީސް ޔާމީނުގެ ވަކިތަކުގެ ދަށުގައި ބަންދުކޮށްފައިވާތީ: ޝިފާޒު
04 މެއި 2017

ސިޔާސީ ގޮތުން ވަކިކޮށްފައިވާ ފަރާތްތަކަށް އަލުން އަނބުރާ އެވަޒީފާތައް ހޯދައިދޭނަން: ހަސަން ލަތީފް

04 މެއި 2017
ސިޔާސީ ގޮތުން ވަކިކޮށްފައިވާ ފަރާތްތަކަށް އަލުން އަނބުރާ އެވަޒީފާތައް ހޯދައިދޭނަން: ހަސަން ލަތީފް
01 މެއި 2017

ޔާމިން މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

01 މެއި 2017
ޔާމިން މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު