Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔާމިން ރަޝީދު

ޔާމިން މަރާލި މައްސަލައިގަ ހައްޔަރު ކޮށްފައިވާ މީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން ކިޔާ މީހެއް

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 1 މެއި 2017 | ހޯމަ 19:42
ފުލުހުން ދިފްރާން ގެންދަނީ

ފުލުހުން ދިފްރާން ގެންދަނީ

ސޯޝަލް މީޑިއާ އެކްޓިވިސްޓު އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައި ވަނީ ގދ. ގައްދޫއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އާދީއްތަ ދުވަހުގެރޭ ފަތިހުގެ ވަގުތެއްގަ އެވެ. އޭނާ ހައްޔަރުކޮށްފައިވާކަން އާއިލާއަށް އެންގީ ހޯމަދުވަހު ހެނދުނު 11 ޖަހާކަންހާއިރު އެވެ.

ދިފްރާނުގެ އާއިލާގެ މެމްބަރަކު ބުނި ގޮތުގައި ރޭ ފަތިސް ނަމާދަށް އޭނާ ދިޔަ ގޮތަށް ޚަބަރެއް ނުވެއެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު، ފުލުހުން ވަނީ ހޯމަ ދުވަހު މެންދުރު އޭނާ ދިރިއުޅޭ ގެ، މ. އަފްސާނާގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކޮށްފަ އެވެ. އަފްސާނާގެއަކީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނު މ. ސްޕެކްޓިއުލާގޭ ކައިރީގައި ހުންނަ ގެއެކެވެ.

އަފްސާނާގެ ބަލައިފާސްކުރީ ދިފްރާނު އެގެއަށް ގެންގޮސް އޭނާގެ ހާޒިރުގަ އެވެ. ފުލުހުން ވަނީ އެ ގެ ބަލައިފާސްކުރުމަށްފަހު ބައެއް ތަކެތި ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ތޮއްޕެއް ވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިފްރާން ދިރިއުޅެމުންދިޔަ ގެ ބަލައި ފާސްކުރުމަށް ފުލުހުން ހޯދާފައިވާ ކޯޓް އަމުރުގައި ބުނެފައި ވަނީ، ޔާމީން ރަޝީދުގެ ފަހަތުން ފާރަލަމުން ގޮސް، އޭނާ ދިރިއުޅޭ މ. ސްޕެކްޓިއުލާގޭތެރެއަށް ޔާމީން ވަނުމުން، އޭނާ ހިފަހައްްޓައި އޭނާ އަށް ތޫނު ހަތިޔާރުން ހަމަލާ ދިނުމުގެ ސަބަބުން، ޔާމީން ރަޝީދު ނިޔާވެފައިވާ މައްސަލައާ ގުޅުން ހުރި ހެއްކާއި ގަރީނާ ހޯދުމަށް ކަމަށެވެ.

ޔާމީން ރަޝީދުގެ ގާތިލުން ދެނެގަނެވިފައިވާ ކަމަށް ފުލުހުން އޭޕްރީލް 25 ވަނަ ދުވަހު ބުނެފައިވާއިރު، އެ މީހުންގެ ނަންތަކެއް މިހާތަނަށް ހާމައެއް ނުކުރެ އެވެ. އަދި އެ މީހުން ރާއްޖޭގައި ހުރި ކަމެއް ވެސް ނުވަތަ ނެތް ކަމެއް ވެސް ހާމައެއް ނުކުރެ އެވެ.

އިފްރާން ދިރިއުޅެމުންދިޔަގެ ބަލައި ފާސްކުރުމާ ގުޅޭ ގޮތުން ވެސް ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ ފުލުހުން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނެއްގައި ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ގުޅާލުމުން މީޑިޔާ އޮފިޝަލް ވިދާޅުވީ ޔާމީން ރަޝީދުގެ މަރާ ގުޅޭ ތަހުގީގް ކުރިއަށްދާތީ އަދި މިވަގުތައް އިތުރު މައުލޫމާތެއް ދެވެން ނެތްކަމަށެވެ.

.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
13 ޖެނުއަރީ 2017

އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ

13 ޖެނުއަރީ 2017
އެމްއެންޔޫގެ އޮޑިޓް ރިޕޯޓް: ކެމްޕަސްތަކުން ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލީ ރެކޯޑް ކަށަވަރެއް ނުވޭ
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު