Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޭ ޕާކް މައްސަލަ

ކޭ ޕާކް މަންޑޭ ހައްޔަރު ކުރުމަށް އެދި ކޯޓަށް ހުށަހަޅާފައެއް ނެތް

5 ޖުލައި 2023 | ބުދަ 07:08

މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނާއީ ތަހުގީގު ކުރިއަށްދޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖުލައި 2023 | ބުދަ 07:08
ހަންބޯ މޯލްޑިވްސް ދެ ހިއްސާދާރުން، (ކ) މައި ހިއްސާދާރު ޖިން ޝީ ހޫ، (ވ) 5 އިންސައްތައިގެ ހިއްސާދާރު މަންޑޭ

ހަންބޯ މޯލްޑިވްސް ދެ ހިއްސާދާރުން، (ކ) މައި ހިއްސާދާރު ޖިން ޝީ ހޫ، (ވ) 5 އިންސައްތައިގެ ހިއްސާދާރު މަންޑޭ

ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ކޭ ޕާކު ފްލެޓުތަކުގެ މައްސަލައިގައި ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ ޙަސަން މަމްދޫހު (މަންޑޭ) ހައްޔަރު ކުރުމުގެ އަމުރެއް ނެރެދިނުން އެދި ހުށަހަޅާފައިނުވާކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މަމްދޫހު ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލްކުރުމުން، އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު ވިދާޅުވީ، ޙަސަން މަމްދޫހު ހައްޔަރު ކޮށްދިނުމަށް އެދި ކޯޓަށް ހުށަހަޅާފައި ނެތް ކަމަށާއި، އެފަދަ އަމުރެއްވެސް ކޯޓުން އެ ވަގުތާ ހަމައަށް ނެރެފައިނުވާ ކަމަށެވެ.

ހަންބޯ މޯލްޑިވްސްގެ ނަމުގައި ހަދާފައިވާ ފޯޖު ލިޔުންތަކެއް ބޭނުން ކޮށްގެން، މަކަރާއި ހީލަތުން އެޕާޓްމަންޓުތައް ވިއްކައި, ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކުރާ މައްސަލައެއް ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

މި މައްސަލައިގައި އެ ކުންފުނީގެ ދިވެހި ހިއްސާދާރު ކަމަށްވާ މަންޑޭއަށް ވައްކަމުގެ ތުހުމަތުކޮށް ޖިނާއީ ތަހުގީގުކުރުމަށް، ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު ވަނީ މައްސަލަ ހުށަހަޅާފައެވެ.

މިމައްސަލައާ ގުޅިގެން، މީގެ ކުރިން ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ މަންޑޭގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެދީފައެވެ. ނަމަވެސް ކުރީގެ އަމުރު މުރާޖާ ކުރުމަށްފަހު ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލުމަށް ވަނީ ނިންމާފައެވެ. އެގޮތުން ކޯޓުން ބުނީ އޭނާގެ ޕާސްޕޯޓް ދޫކޮށްލީ ޒަރޫރީ ބޭނުމެއްގައި ދަތުރުކުރުމަށްޓަކައި ކަމަށާއި 45 ދުވަހުގެ ތެރޭގައި ދަތުރު ނިންމުމަށްފަހު ކޯޓަށް އަންގަން ޝަރުތު ކޮށްފައިވާކަމަށެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މަންޑޭ ފުރުން މަނާކުރުމަށް ނެރެފައިވާ އަމުރު މިހާރު ބާތިލުކޮށްފައި ވީނަމަވެސް އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގައި އެދޭނެކަމަށެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ، ފުލުހުން މިހާރު އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ކަމަށާއި، އެ މަސައްކަތް މިހާރު އެ އިދާރާއިން ކުރަމުންދާ ކަމަށެވެ.

މަންޑޭއަށް ކުރާ ތުހުމަތުތައް އޭނާ ދޮގުކުރެއެވެ. އަދި އެ މަޝްރޫއު ހިންގާ ކުންފުނިކަމަށްވާ ހަންބޯ މޯލްޑިވްސްގެ މައި ހިއްސާދާރު އުޅެނީ ފައިސާ ހިފައިގެން ފިލަން ކަމަށްވެސް މަންޑޭ ތުހުމަތުކޮށްފައިވެއެވެ.

މިމައްސަލައާ ގުޅިގެން މިދިޔަ މެއި މަހުގެ 8 ވަނަ ދުވަހު ފުލުހުން ވަނީ، ކޭ ޕާކު ރެޒިޑެންސް އިން އެޕާޓްމަންޓް ގަނެފައިވާ މީހުން އެއްވެސް ޝަކުވާއެއް އޮތްނަމަ އެކަން އެންގުމަށް އެދިފައެވެ. ހަންބޯ ކުންފުނީގެ ނަމުގައި ހަދާފައިވާ، ފޯޖު ލިޔެކިޔުންތަކެއް ބޭނުންކޮށްގެން މަކަރާއި ހީލަތުން ކޭ ޕާކު ރެޒިޑެންސް އެޕާޓްމަންޓް ތައް އެކި ފަރާތްތަކަށް ވިއްކައި، ލިބުނު ފައިސާއަށް ހިޔާނާތްތެރިވެފައި ވާކަމަށް ތުހުމަތުކުރެވިގެން ހުށަހެޅިފައިވާ މައްސަލައާ ގުޅިގެން ކުރިއަށްގެންދާ ތަހުގީގަށް މައުލޫމާތު ބޭނުންވާކަމަށް ފުލުހުން ބުނެއެވެ.

އެންމެ ހިނގާ

1

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

2

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

3

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

4

ބަޔޮލޮޖިކަލް ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ ކުދިން އޮސްޓްރޭލިއާގައި އަންހެނަކު އެއްމާބަނޑު ކުދިންގެ ގޮތުގައި ވިހައިފި

5

ޑޮަލަރު ނުލިބެނީ ކުރީ ސަރުކާރާ ހެދި. ޕާސްޕޯޓް ނުލިބެނީ ޖަރުމަނުވިލާތާ ހެދި. މި ސަރުކާރުން ޒިންމާ ނަގާނީ ކޮންއިރަކު؟

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި

13 ޖެނުއަރީ 2017
މާލޭ ސިޓީ ކައުންސިލްގެ މެމްބަރު ޒައިދުލް އަމީން ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
10 ޖެނުއަރީ 2017

ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި

10 ޖެނުއަރީ 2017
ފިއްލަދޫ ފިހާރައަކުން ވައްކަންކުރި ދެ ކުއްޖަކު ހައްޔަރު ކޮށްފި
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް