Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
މީހުން
މުހައްމަދު ހުސައިން (ބުލޫ)

ބެރުޖެހުމުގައި 33 އަހަރު، 100އަށްވުރެ ގިނަ ޝޯވ ދީފި

ބެރުޖަހަން ފެށީ ސްކޫލްގައި އުޅެމުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 2 ޖުލައި 2023 | އާދީއްތަ 15:48
މުހައްމަދު ހުސައިން

މުހައްމަދު ހުސައިން

މި ނިމުނު އީދުގައި ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއާއެކު ތ. ދިޔަމިގިލީގައި ދިން ޝޯވއަކީ އޭނާގެ 100 ވަނަ ޝޯވއެވެ. އެޖަމްއިއްޔާގެވެސް 100 ވަނަ ލަނގިރި ޝޯވއެވެ. 100 ޝޯވ ހަމަކުރިއިރު އެޓީމްގެ އެންމެ އިސް ލީޑަރަކީ މުހައްމަދު ހުސައިން (ބުލޫ)އެވެ. އޭނާއަކީ އެޓީމުގެ އެންމެ އިސް އެއް ބެރުވެރިޔާއެވެ.

މިހާރު ސާޅީހުން މަތީގެ އުމުރުތައް ގުނަމުންދާ މުހައްމަދު ހުސައިން ބެރުޖަހަން ފެށީ ސްކޫލްގައި ކިޔަވަން އުޅުނު ދުވަސްވަރު ލިބުނު ފުރުސަތެއްގައެވެ. އެއީ މިނިވަން ދުވަހަކަށް ސްކޫލުން ތައްޔާރުކުރި އައިޓަމަކަށް ބެރުޖަހާނެ ކުދިން ހޯދަން އުޅުމުގެ ތެރެއިން ލިބުނު ފުރުސަތެވެ. އެހާހިސާބުން ބެރުޖެހުމަށް އޭނާގެ ހިތުގައި އުފެދުނީ މާވަރުގަދަ ޝައުގުވެރިކަމެކެވެ. ޖަމްއިއްޔާ ގެއަށް ގޮސް ބޮޑެތި މީހުން ބެރުޖަހާތަން ބަލަންވެސް އިނދެއެވެ. ނަތީޖާއަކީ މަޑުމަޑުން ފުރުސަތު ލިބި، ހުނަރުވެރިއަކަށް ވުމެވެ.

މުހައްމަދު ހުސައިންގެ ވަށައިގެން އޮތީ ސަގާފީ ކުޅިވަރެވެ. ބެރެވެ. އޭނާގެ ރަށް ކަމަށްވާ ދިއްގަރަކީ ލަނގިރީގައި އެއްވަނައެވެ. ރަށުގެ ދެ ޖަމްއިއްޔާގެ ތެރެއިން އޭނާ ނިސްބަތްވަނީ ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއަށެވެ. އެއީ ދިއްގަރު މަސްވެރިންގެ ރޫހުގެ ނަން 1993 ވަނަ އަހަރު ދިއްގަރު ޒުވާނުންގެ ޖަމްއިއްޔާއަށް ބަދަލުކޮށް ހިންގަމުން އަންނަ ޖަމްއިއްޔާއެވެ. އެޖަމްއިއްޔާގެ ރައީސްކަންވެސް އޭނާ ކޮށްފިއެވެ.

ބެރުޖަހަން ފަށައިގެން އެކަމަށް ބޮޑު ޝައުގެއް އުފެދުނުއިރުވެސް ހިތަށް ގެނެވިފައި ނުވަނީ ޓީމުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުންނާނެކަމެވެ. 100 ވަނަ ޝޯވ ލީޑްކުރަން ހުންނާނީ އޭނާކަމެވެ. އެކަން މުހައްމަދު ހުސައިން ދެކެނީ ބޮޑު ޝަރަފެއްގެ ގޮތުގައެވެ.

މުހައްމަދު ހުސައިން ހުރީ ސަގާފީ ކުޅިވަރުގެ ތެރެއަށް ގޮސް ހުސްވެފައެއެވެ. ގޯސްކޮށް ކިރިޔާ ކަމެއް ދާހެން ހީވާނަމަވެސް އޭނާގެ މޫޑް ގޯސްވެއެވެ. އޭނާއަކީ ހަމައެކަނި ބެރު ޖަހާ މީހެއް ނޫނެވެ. އޭނާއަކީ ކޯޗެކެވެ. ބެރު ޖެހުމުގައި އުސްތާޒެކެވެ. ރަށުގެ ޒުވާނުންނަށް (ވަކިން ޚާއްސަކޮށް) އޭނާ ނިސްބަތްވާ ޖަމްއިއްޔާގެ ޒުވާނުންނަށް ބެރުޖަހަން ދަސްކޮށްދިނުމަށް ބޮޑު އިސްކަމެއް ދެއެވެ. އެއީވެސް ޝައުގާ ގުޅިފައިވާ ކަމެކެވެ. އެކަމުން ލިބޭ ހިތްހަމަޖެހުންވެސް ބޮޑެވެ.

މުހައްމަދު ހުސައިން ލަނގިރި ޓީމާއެކު އެޖަހާ ތަފާތު ބެރު ވަރަށް ގިނަ ރަށްރަށުގެ މީހުންނަށް މިހާރުވެސް ފެނިއްޖެއެވެ. މިނިމުނު އީދުގައި އެކަނިވެސް 4 ރަށެއްގެ ރައްޔިތުންނަށް އެހުނަރު ދައްކައިފިއެވެ.

ބެރު ޖެހުމުގެ އިތުރުން އޭނާ ހިސާބަކަށް ލަވަވެސް ހަދައެވެ. އެއީވެސް ސްކޫލް ދައުރުގައި އުފެދުނު ޝައުގެއްގެ ތެރެއިން ކުރަމުން އަންނަ ކަމެކެވެ. ސަގާފީ ކުޅިވަރުގައި (ޚާއްސަކޮށް ލަނގިރީގައި) ދިއްގަރަކީ އެއްވަނައެވެ. މުހައްމަދު ހުސައިނަކީ ދިއްގަރުން މިހާރު ހޮވާލެވޭ، އެލިސްޓްގެ ކުރީގައި އޮތް ހުނަރުވެރިއެކެވެ. ބުލޫގެ ނަމަކީ މިފަންނުގައި ބަސްވިކޭ މަގުބޫލް ނަމެކެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކެޕްޓަން ޗެތްރީ އަށް 38 އަހަރު، އަދިވެސް އެހާ މޮޅުތަ؟

ކެޕްޓަން ޗެތްރީ އަށް 38 އަހަރު، އަދިވެސް އެހާ މޮޅުތަ؟

20 ޖޫން 2023
އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

އިންތިހާބުގައި ވާދަނުކޮށް މާގިނަ ވޯޓު ހޯދި ކެޕްޓަން ގިއޯގީ ހާޖީ: ރޫމޭނިއާގެ ހިތްތަކުގެ ރައީސް

07 މެއި 2023
އުމުރުން 18 އަހަރު ވަންދެން ލިޔަންކިޔަންވެސް ނޭނގޭ، ކޭމްބްރިޖްގެ އެންމެ ހަގު ކަޅުނަސްލުގެ ޕްރޮފެސަރ

އުމުރުން 18 އަހަރު ވަންދެން ލިޔަންކިޔަންވެސް ނޭނގޭ، ކޭމްބްރިޖްގެ އެންމެ ހަގު ކަޅުނަސްލުގެ ޕްރޮފެސަރ

01 މާރިޗު 2023
ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

ފުލުހުންގެ ތާރީޚުގައި ވަރަށް ގިނަ ކަންކަން ފުރަތަމަ ކުރެއްވި އަންހެން ފުލުސް

30 މެއި 2022

އަހަރުތަކުން މިއަދު

26 ފެބުރުއަރީ
ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރޯދަ މެނޫ ވެސް ހުއްދަ ނެތި އިޝްތިހާރު ނުކުރެވޭ ވަރުގެ ހަރުކަށި ގަވައިދެއް ހަދައިފި

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސް ހެއްދެވީ ބޮޑު އިތުރުފުޅެއްކަން އަމީރު ހާމަކުރެއްވުމާއެކު، ރައީސް އޮފީހުގެ ޚަބަރުން އެބައި އުނިކޮށްފި

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!
20233 އަހަރު ކުރިން
ރިޕޯޓު

ގޭންގު ހަމަނުޖެހުން: ޒުވާނާގެ މަރާއި ޖޫސް ޓައިމަށް ދިން ހަމަލާގެ ފަހަތުގައިވާ ވާހަކަތައް!

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން އުޅުއްވާ ގޮތުން ހީވަނީ "ބްރޭކްއަޕް"އަކުން އަރައިނުގަނެވިގެން އުޅުއްވާހެންނެވެ.

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް
20215 އަހަރު ކުރިން
ދުނިޔެ

ހާޝަގްޖީ މަރާލާފައިވަނީ ސައުދީގެ ވަލީއަހުދުގެ އަމުރަށް: އެމެރިކާގެ އިންޓަލިޖެންސް ރިޕޯޓް

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި
20197 އަހަރު ކުރިން
ރާއްޖެ

އީސީ އުވާލައި ފަނޑިޔާރުންނަށް އިންތިހާބާ ގުޅޭ ކަންކަން ހަވާލުކުރުމަށް މޫސަ ގޮވާލައްވައިފި

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!
20188 އަހަރު ކުރިން
ރާއްޖެ

އަލީ ހަމީދުގެ އަނބިކަނބަލުން އޮންނަ ގޮޅިއަށް ފިރިހެނުން ވަންނަ މައްސަލަ އެޗްއާރްސީއެމްއަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު