Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ބިން ހިއްކުން

އައްޑޫ ބިން ހިއްކުން: މަރަދޫ، މަރަދޫފޭދޫގެ ބިން ހިއްކާ ނިންމާލައިިފި

29 ޖޫން 2023 | ބުރާސްފަތި 07:40

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީއެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 29 ޖޫން 2023 | ބުރާސްފަތި 07:40
އައްޑޫ ސިޓީ ބިން ހިއްކުން

އައްޑޫ ސިޓީ ބިން ހިއްކުން

އައްޑޫ ސިޓީ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާއިރު، ޒޯން އެކެއްގައި ހިމެނޭ މަރަދޫ، މަރަދޫފޭދޫގެ ބިން ހިއްކާ ނިންމާލައިިފި އެވެ.

އައްޑޫ ޑިވެލޮޕްމަންޓް ޕްރޮޖެޓުން ހާމަކޮށްފައިވާ ގޮތުގައި މަރަދޫ އަދި މަރަދޫ ފޭދޫގައި ހިއްކަން ހަމަޖެހިފައިވާ 76 ހެކްޓަރުގެ މަަސައްކަތް ނިމިފައިވާ ކަމަށާއި މިހާރު ތައްޔާރުވަމުންދަނީ ހިތަދޫ ޒޯން 2ގެ ބިން ހިއްކުމުގެ މަސައްކަތް ފެށުމަށެވެ. މަރަދޫ އަދި މަރަދޫ ފޭދޫގެ 76 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލުމަށް ގާތްގަނޑަކަށް 3 ހަފްތާ ވަނީ ހޭދަވެފައެވެ.

Advertisement - newsAdvertisement

މިމަޝްރޫއުގެ ދަށުން ޖުމްލަ 228 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެ އެވެ.

އައްޑޫން ބިން ހިއްކަނީ ރިސޯޓު ތަރައްގީ ކުރުމަށާއި ގެދޮރުގެ މަޝްރޫތައް ހިންގުމުގެ އިތުރުން ވިޔަފާރި ބޭނުންތަކަށް ހާއްސަކޮށްގެން ކަމަށާއި ބިން ހިއްކަނީ ހިތަދޫ އާއި ހުޅުދޫ/މީދޫގެ އިތުރުން މަރަދޫ އާއި މަރަދޫފޭދޫ އިންނެވެ. އަދި ރިސޯޓު ހިންގަން މުޅިން އަލަށް ފަސް ރަށެއް އުފެއްދުމަށް ނިންމާފައިވެ އެވެ.

އައްޑޫ ސިޓީން ބިން ހިއްކުމަށް ރޭވިފައިވާ ގޮތް:

* ހިތަދޫން 90 ހެކްޓަރުގެ ބިން

* މަރަދޫ / މަރަދޫފޭދޫން 76 ހެކްޓަރުގެ ބިން ހިއްކުން

* ހުޅުދޫމީދޫން 3 ހެކްޓަރުގެ ބިން

* ހުޅުމީދޫ ކައިރީގައި ޓޫރިޒަމަށް ހާއްސަކޮށްގެން ފަސް ހެކްޓަރުގެ ދެ ރަށް ހިއްކުން

* ޓޫރިޒަމަށް ހާއްސަކޮށްގެން 3 ހެކްޓަރުގެ ތިން ރަށާއި 3.3 ހެކްޓަރުގެ ދެ ރަށް ހިއްކުން

މިއީ އިންޑިއާގެ އެގްޒިމް ބޭންކުގެ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށްވާއިރު، މިމަޝްރޫއުއަށް 70-75 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ލަފާކުރެވެއެވެ. އަދި އައްޑޫ ބިން ހިއްކުމުގެ މަސައްކަތް އަންނަ އޯގަސްޓް އަދި ސެޕްޓެމްބަރު ހިސާބުގައި އެއްކޮށް ނިންމާލެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ. 

މަރަދޫ އަދި މަރަދޫ-ފޭދޫގެ ބިން ހިއްކައި ނިމުމާއެކު މިހާރު ހިތަދޫ ޒޯން 2 ބިން ހިއްކުމުގެ މަސައްކަތް ވެން އޫޑް ކުންފުނިން ވަނީ ފަށާފައެވެ. ހިތަދޫ ޒޯން 2 އަކީ ހިތަދޫ ޕޯޓް ލިމިޓެޑުގެ ދެކުނުން ހިއްކާ ސަރަހަދު ކަމަށްވާއިރު، މި ސަރަހައްދުން 40 ހެކްޓަރު ބިން ހިއްކަން ވަނީ ހަމަޖެހިފައެވެ. 

އައްޑޫގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ ނެދަލޭންޑްސްގެ ވެން އޫޑް ޑްރެޖިން އާއެވެ. އައްޑޫ ބިން ހިއްކުމުގެ މަޝްރޫއާއި ހިއްކާ ސަރަހައްދު ހިމާޔަތް ކުރުމަށް 1.3 ބިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައިވާއިރު، މިމަޝްރޫއުގެ މަސައްކަތާ އެކު އައްޑޫގެ ތަރައްޤީގެ މާސްޓަރ ޕްލޭނަށް ބޭނުންވާ ގިނަ ކަންކަން ފުރިހަމަވެގެންދާނެ އެވެ.

ސަރުކާރުން ބުނެފައި ވަނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތަކާ އެކީ އައްޑޫ ބަދަލުވެގެން ދާނީ ހަގީގީ ފުރިހަމަ ސިޓީއަކަށެވެ.

އައްޑޫސިޓީ މަރަދޫ އަދި މަރަދޫ ފޭދޫ އަވަށުގެ ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މިމަހުގެ 3 ވަނަ ދުވަހުއެވެ. މިމަސައްކަތް ރަސްމީކޮށް ފަށްޓަވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުހައްމަދު ސާލިޙުއެވެ.

ރައީސް ސާލިޙު ވިދާޅުވީ އަައްޑޫގެ ތަރައްޤީގެ މަގު ފެންނަން ފަށައިފި ކަމަށާއި، މިއީ އުންމީދުން ފުރިފައިވާ މުސްތަގުބަލެއް ކަމަށެވެ. އަދި އައްޑޫ ސިޓީގެ މަގުތައް ހެދުމާއި، ބަނދަރުތައް ތަރައްޤީކުރުމާއި، އެއަރޕޯޓް ތަރައްޤީ ކުރުމާއި, ބިން ހިއްކުމާއި، އިތުރު ގިނަގުނަ މަޝްރޫޢުތަކަކީ، އައްޑޫ ސިޓީ އިޤްތިޞާދީ މައި މަރުކަޒަކަށް ބަދަލުކޮށްލާނެ މަޝްރޫޢުތަކެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މަރަދޫ އަދި މަރަދޫ ފޭދޫ ބިން ހިއްކުމުގެ މަސައްކަތް ނިމިގެން ދިޔައިރު، މިމަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވަނީ އަންނަ އޯގަސްޓް މަހު ބިން ބޭނުން ކުރާނެ ގޮތުގެ ލޭންޑް ޔޫޒް ޕްލޭން ހެދުމުގެ މަސައްކަތް އޯގަސްޓް މަހު ފަށާނެ ކަމަށް ބުނަފައެވެ. އަދި މި އަހަރު ނިމުމުގެ ކުރިން ބިން ޕްލޭންކޮށްގެން މަރަދޫ އާއި މަރަދޫފޭދޫގެ ރައްޔިތުންނަށް ބިން ބޭނުން ކުރުމަށްޓަކައި ހުށަހަޅަން ޖެހޭ ހުށަހެޅުންތައް ހުށަހަޅައި މަސައްކަތް ފެއްޓުމަށް ހުޅުވައިލާނެ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

އައްޑޫގެ ތަރައްޤީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ބަދަލުތަކާއެކު އައްޑޫ އަކީ ސަރަޙައްދީ އިޤްތިޞާދުގެ މައި ހަބަކަށް ބަދަލުވެ، އޭގެ އެތަކެއް ފައިދާތަކާއި މަންފާއެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

އައްޑޫ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
21 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

21 ސެޕްޓެމްބަރު 2024
އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް