Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާސެނަލް

ޗެމްޕިއަންކަން ހޯދުމަށް އައު ކުޅުންތެރިން ގެންނަން ޖެހޭ: އާޓެޓާ

އާސެނަލްއިން މިހާރުވެސް ދަނީ ރައިސް އާއި ހަވާޓްޒް ހޯދުމުގެ މަސައްކަތް ކުރަމުން

ހުސެއިން ޒައިދް
ހުސެއިން ޒައިދް | 26 ޖޫން 2023 | ހޯމަ 02:09
އާސެނަލްގެ ކޯޗު އާޓެޓާ

އާސެނަލްގެ ކޯޗު އާޓެޓާ

އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން އާސެނަލް އިން ހޯދަން ބޭނުންނަމަ ޓްރާންސްފާ މާކެޓްގައި އާސެނަލް ވަރުގަދަ ކުރަން ޖެހޭ ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފިއެވެ.

މި ނިމުނު ސީޒަނަކީ ފަހުގެ ތާރީހެއްގައި އާސެނަލް އިން ލީގު ކާމިޔާބުކުރުމާ އެންމެ ގާތަށް ޖެހިލި ސީޒަނެވެ. ނަމަވެސް އާޓެޓާގެ ޓީމު ވަނީ ލީގު ހޯދުމުގެ ރޭހުގައި ފަހުވަގުތު މެންޗެސްޓާ ސިޓީ އަތުން ބަލިވެފައެވެ.

އާސެނަލްއިން މިހާރުވެސް ދަނީ ވެސްޓް ހޭމްގެ މިޑްފީލްޑަރު ޑެކްލާން ރައިސް އާއި ޗެލްސީގެ ފޯވާޑް ކައި ހަވާޓްޒް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަންނަ ސީޒަނަކީ ޕްރިމިއާ ލީގުގެ ތާރީހުގައި ވެސް އެންމެ އުނދަގޫ ސީޒަނަށް ވާނެކަމަށް އާޓެޓާ ބުންޏެވެ. އެއީ ކީއްވެތޯ ސުވާލުކުރުމުން އާޓެޓާ ވަނީ މިދިޔަ ސީޒަނުގެ ވާހަކަވެސް ދައްކާފައެވެ. އޭނާ ބުނީ އިންގްލެންޑުގައި އުޅޭތާ 22 އަހަރު ވެފައިވާއިރު، މިދިޔަ ސީޒަންހާ ވާދަވެރި ސީޒަނެއް ނުފެންނަ ކަމަށެވެ. މުބާރާތުގެ ފެންވަރާއި، ހިންގުންތެރިކަން އަދި ކޯޗުން މޮޅުކަން އޭނާ ފާހަގަ ކުރިއެވެ.

ސީޒަނުގެ ގިނަ ވަގުތު ތާވަލުގެ އެއްވަނައިގައި އާސެނަލް އޮތް ނަމަވެސް ވިލިއަމް ސާލިބާ ފަދަ މުހިންމު ކުޅުންތެރިންނަށް އަނިޔާވުމުން އެ ޓީމުގެ އުއްމީދުތައް ވަނީ ފުނޑުފުނޑުވެފައެވެ. ގަނަރސް ދެ ވަނަ ހޯދައި ޗެމްޕިއަންސް ލީގަށް އެނބުރި އައި ނަމަވެސް އާޓެޓާ ބުނީ އަދިވެސް ހިތާމަކުރާ ކަމަށެވެ.

ކުރިޔަށް އޮތް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޕްރިމިއަރ ލީގުގެ ގިނަ ޓީމުތައް ފެންނަނީ ޓްރާންސްފާ ބާޒާރުގައި ވަރަށް ހަރަކާތްތެރިކޮށެވެ.

އާސެނަލްމިކޭލް އާޓެޓާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
05 ނޮވެމްބަރު 2025

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު