Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެންޑީއެމްއޭއިން އެހީ ފޯރުކޮށްދިނުން

އަލިފާނުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް އެހީގެގޮތުގައި 1 މިލިއަނަށްވުރެ ގިނަ ރުފިޔާ ފޯރުކޮށްދީފި

މި އަހަރުގެ މިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކުގައި 08 ރަށެއްގެ 08 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޖޫން 2023 | ބުރާސްފަތި 11:54
މީގެ ކުރިން ހިނގާފައިވާ އަލިފާނުގެ ހާދިސާއެއް ހިނގި ތަނެއްގައި ސިފައިން ހަރަކާތްތެރިވަނީ

މީގެ ކުރިން ހިނގާފައިވާ އަލިފާނުގެ ހާދިސާއެއް ހިނގި ތަނެއްގައި ސިފައިން ހަރަކާތްތެރިވަނީ

މިއަހަރުގެ މިހާތަނަށް ހިނގި އަލިފާނގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް އެހީގެ ގޮތުގައި 1 މިލިއަނަށްވުރެ ގިނަ ރުފިޔާ، އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާކަމަށް، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުނެފިއެވެ.

ބުރާސްފަތި ދުވަހު އެންޑީއެމްއޭއިން ވަނީ 2023 ވަނަ އަހަރުގެ މިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކުގައި ލިބުނު ގެއްލުންތަކަށް އެހީ ފޯރުކޮށްދެވިފައިވާ ގޮތުގެ ތަފާސްހިސާބު އާއްމުކޮށްފައެވެ.

Advertisement - newsAdvertisement

އެންޑީއެމްއޭއިން ބުނީ 2023 ވަނަ އަހަރުގެ މިހާތަނަށް ހިނގި އަލިފާނުގެ ހާދިސާތަކުގައި 08 ރަށެއްގެ 08 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓުކޮށްފައިވާކަމަށެވެ. އަދި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީގެ ގޮތުގައި އެފަރާތްތަކަށް ޖުމްލަ އެއް މިލިއަން އެއްލައްކަ ފަންސަވީސް ހާސް ނުވަސަތޭކަ ސާޅީސް ރުފިޔާ، ފަސްދޮޅަސް ލާރި (1،125940.60) އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށެވެ.

މި 8 ރަށަކީ؛ ރ. އުނގޫފާރު، ސ. ފޭދޫ، ހދ. މަކުނުދޫ، ހދ. ނެއްލައިދޫ، ސ. ހިތަދޫ، ހއ. ފިއްލަދޫ، ގދ. ގައްދޫ އަދި އއ. ތޮއްޑޫއެވެ. އެގޮތުން އުނގޫފާރަށް 86،630 ރުފިޔާ، ސ. ފޭދޫއަށް 179،400 ރުފިޔާ، މަކުނުދޫއަށް 160،441.6 ރުފިޔާ، ނެއްލައިދޫއަށް 35،655 ރުފިޔާ، ސ. ހިތަދޫއަށް 19،1640 ރުފިޔާ، ފިއްލަދޫއަށް 223،872 ރުފިޔާ، ގދ. ގައްދޫއަށް 81281.6 ރުފިޔާ، އަދި ތޮއްޑޫއަށް 163،020 ރުފިޔާ ވަނީ ދީފައެވެ.

މި ހާދިސާތަކުގައި 17 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަމާއި އަންނައުނާއި ކައްކައި ކެވޭނެ އިންތިޒާމް ހަމަޖައްސައިދެވުނު ކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ވޭތުވެދިޔަ 5 އަހަރަށް ބަލާއިރު، އަލިފާނުގެ ހާދިސާތަކުގައި ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ރިޕޯޓުކޮށްފައިވާ މިންވަރު ވަނީ އިތުރުވެފައި ކަމަށެވެ. އެގޮތުން 2019ގައި 14 ހާދިސާ، 2020ގައި 8 ހާދިސާ، 2021ގައި 16 ހާދިސާ، 2022ގައި 65 ހާދިސާ އަދި 2023ގެ ޖޫން މަހާ ހަމައަށް 31 ހާދިސާ ރިޕޯޓުކޮށްފައިވާކަމަށް އެންޑީއެމްއޭއިން ބުނެއެވެ.

އެންޑީއެމްއޭއިން ބުނީ ވޭތުވެދިޔަ 5 އަހަރު ހިނގާފައިވާ އަލިފާނުގެ ހާދިސާތަކުގައި ގެއްލުން ލިބުނު ފަރާތްތަކަށް ''ކާރިސާތަކުގައި އެހީ ދިނުމުގައި ގެންގުޅޭ މިންގަނޑު''ގެ ދަށުން، ނަވާރަ މިލިއަން ތޭވީސްހާސް އެއްސަތޭކަ ސާޅީސް ހަތަރު ރުފިޔާ، ނަވާވީސް ލާރި އެހީގެ ފޯރުކޮށްދީފައިވާކަމަށެވެ.

މީގެ އިތުރުން އަލިފާނުގެ ހާދިސާތައް އަތޮޅު ތެރެއިން ރިޕޯޓުކުރާ މިންވަރުވެސް އިތުރުވަމުންދާކަން އެފަރާތުން ފާހަގަކުރެއެވެ.

އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އެޅުމާއި، ގޭސް އަދި ކަރަންޓު ބޭނުން ކުރުމުގައި ރައްކާތެރިވުމާއި، ގޯތި ގެދޮރާއި އަގުބޮޑު މުދަލުގެ އިތުރުން ވިޔަފާރިތައް އިންޝުއަރެންސް ކުރުމަށްވެސް އެންޑީއެމްއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެންޑީއެމްއޭއަލިފާނުގެ ހާދިސާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

ލ. ގަމުގެ އިންޖީނު ގޭގައި އަލިފާން ރޯވީ ޑީސަލް އަޅާ ޕަމްޕު ބަހައްޓާފައި ހުރިތަނުގައި ކަމަށް ބެލެވޭ: ކައުންސިލް ރައީސް ޒަކީ

04 ޑިސެމްބަރު 2025
ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ހުޅުމާލެ ފަޅުތެރޭ އޮތް ލޯންޗެއްގައި އަލިފާން ރޯވެއްޖެ

11 ނޮވެމްބަރު 2025
އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

އަންގާރަ ދުވަހު ކުރި ވިއްސާރައިގައި ހެނބަދުއަށް ބޮޑެތި ގެއްލުން ތަކެއް

17 ޑިސެމްބަރު 2024
ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

ބަންދުކުރި 3 ޑްރައިވަރުންގެ ތެރެއިން 2 މީހުންނަށް މުއްދަތު ޖަހައިފި

12 ޑިސެމްބަރު 2024
ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

ގެއްލުންވި އިމާރާތުން އެއްވެސް މީހެއްގެ ގޭގެ ރަޖިސްޓަރީ ގެއްލިއްޖެ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއްނެތް: ޑެޕިއުޓީ މޭޔަރ ނަރީޝް

12 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

21 ފެބުރުއަރީ
ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި
20251 އަހަރު ކުރިން
ރާއްޖެ

ވިލިނގިލި ދާއިރާގެ ރައީސް އިންތިޚާބު ހުސެއިން ހަސަން ކާމިޔާބު ކޮށްފި

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު
20242 އަހަރު ކުރިން
ރާއްޖެ

ސަޕްލިމަންޓްރީ ބަޖެޓުން މަސްވެރިންނަށް ކަނޑައެޅި 100 މިލިއަން ރުފިޔާއިން މުއިއްޒު ކުރެއްވީ ހަނީމޫން ދަތުރުތަކެއް - ރައީސް ޞާލިޙު

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ
20233 އަހަރު ކުރިން
ދުނިޔެ

ސަލްމާން ރުޝްދީ އަށް ހަމަލާދިން މީހާއަށް އީރާނުން ބޮޑު ބިމެއް ދެނީ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު
20224 އަހަރު ކުރިން
ރާއްޖެ

ނަދީމްގެ މަރު: ޚުލާސާ ބަޔާން އިއްވައިފި، ޙުކުމް ކުރުން މާރޗު މަހު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!
20215 އަހަރު ކުރިން
ރިޕޯޓު

މަރުވުމުގެ ހަފްތާއެއް ކުރިން އަނބިމީހާ ކައިރީގައި ބުނި ފަހު ބަސް: އަލިޔާ މި މަރުވަނީޔޭ، އަލިޔާއަށް ހިތްހެޔޮ ކުރައްޗޭ!

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !
20197 އަހަރު ކުރިން
ރިޕޯޓު

ބަސް ދިފާއުކުރަން ޖިހާދުވި ދަރިވަރުންތަކެއްގެ ސަބަބުން ފެށުނު މާދަރީ ބަހުގެ ދުވަސް !

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!
20188 އަހަރު ކުރިން
ރާއްޖެ

ޕީޖީ ބިޝާމް، ޖެނެރަލް ޝިޔާމް އަދި ޗައިނާ ސަފީރު ރައީސް އޮފީހަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު