Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަޖިލީހުގެ ޖަލްސާ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

21 ޖޫން 2023 | ބުދަ 17:00

ޕީޕީއެމް ބޭފުޅުން އަރިހުގައި ވިދާޅުވީ، ޖަލްސާ ބާއްވަވައިދެއްވާނަމޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 21 ޖޫން 2023 | ބުދަ 17:00
މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް

މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް

ބުރާސްފަތި ދުވަހަށް އެޖެންޑާކޮށްފައިވާ ޖަލްސާއަކީ، އިދިކޮޅު މެންބަރުންގެ އެދުމުގެ މަތިން ޖަލްސާއެއް ބާއްވައިދޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވެ ބާއްވަވާ ޖަލްސާއެއްކަމަށް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ނިސްބަތަށް ގެނެވޭ ބަދަލާމެދު ބަހުސްކުރުމެވެ. އަދި ބަހުސަށްފަހު, މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި މެންބަރުން ހިމެނިވަޑައިގަންނަވާނެ ގޮތަށް އިސްލާހު ހުށަހެޅުއްވުމަށް މެންބަރުންނަށް މުއްދަތެއް ދިނުމަށްފަހު، ހުށަހަޅުއްވާ އިސްލާހަށް އިސްލާހު ހުށަހެޅުއްވުމަށް ފުރުސަތު ދ،ީ އެގޮތުން ހުށަހަޅުއްވާ އިސްލާހުތަކަށް ވޯޓަށް އެހުން ހިމެނެއެވެ. އަދި މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި، ސިޔާސީ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތާމެދު ގޮތެއް ނިންމެވުން އޮންނާނީ ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ކަމަށް ބުނެފައިވެއެވެ.

Advertisement - newsAdvertisement

ކުއްލިގޮތަކަށް އެޖެންޑާކޮށްފައިވާ ޖަލްސާއާ ގުޅޭގޮތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް "ރާއްޖެއެމްވީ" އަށް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ޖަލްސާގެ އެޖެންޑާއަކީ އޭނާގެ މަޖިލީހުގެ ހަޔާތުގައި ދުށް އެންމެ ހެއްވާ އެޖެންޑާ ކަމަށެވެ. އަދި އެއްދުވަހު ހުށަހަޅާފައި އަނެއްދުވަހު ވޯޓަށް އަހަން ދުވަހަކުވެސް މަޖިލީހުން އެޖެންޑާ ކޮށްފައި ނުވާކަމަށާއި، މަޖިލީހުގެ ފްލޯރއަށް މައްސަލަ ގެނައުމުން މަޖިލިސް ފްލޯރއިން މައްސަލަ ނިންމާނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ހިތްޕުޅަށް އަރާހާ ގޮތަކަށް ކަންތައް ކުރައްވާތީ ވަރަށް ދެރަ ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ދައުރު ނިންމަން ޖަލްސާއެއް ބާއްވަނީ ނޫންކަމަށާއި، ހަމަ ޖަލްސާއެއް ބާއްވާފައި، ކަމެއް ކުރިކަން ދެއްކުމަށް ޖަލްސާއެއް އެޖެންޑާކުރައްވާފައި ވާކަމަށެވެ. މަޖިލީހުގެ ގަވާއިދު އިސްލާހުކުރުމަށް މައްސަލައެއް ހުށަހަޅާފައި ވާނެކަމަށާއި، އެ މައްސަލަ އެޖެންޑާ ނުކުރަންވީ ސަބަބެއް އޮތްތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ. އިތުބާރުނެތް ކަމުގެ މައްސަލަތައްވެސް ހުށަހަޅާފައިވާ ކަމަށާއި، އެހެނިހެން މައްސަލަތައްވެސް އެޖެންޑާ ނުކޮށް އެބަހުރިކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، އެއިން އެއްވެސް މައްސަލައެއް އެޖެންޑާކޮށްފައި ނެތްކަމަށެވެ.

އަސްލަމް ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރިޔާސަތު ބަލަހައްޓަވާ ބޭފުޅެއް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި މަޖިލީހުގެ ރައީސް ނިންމަވާ ކަމެއްގެ ގޮތުގައި އެކަން އޮންނައިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވަން ބޭނުންފުޅުނުވާނަމަ، ފައްޓަވާފައި އެހެންބޭފުޅަކާ ހަވާލުކުރެއްވިދާނެ ކަމަށެވެ. އެހެންނަމަވެސް އެހެން ބޭފުޅަކާ ފައްޓަވަން ހަވާލެއް ނުކުރެއްވޭނެ ކަމަށެވެ. އަދި މި ޖަލްސާގައި އެމްޑީޕީގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާނެތޯ ނިންމާނީ ޕީޖީ ބައްދަލުވުމުން ކަމަށާއި، ހެނދުނު 8 ޖަހާއިރު ޕީޖީ ބައްދަލުވުމެއް އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލިސްކުރީގެ ރައީސް، މުހައްމަދު ނަޝީދުމެމްބަރު މުހައްމަދު އަސްލަމްމޯލްޑިވިއަން ޑިމޮކްރެޓިކް ޕާރޓީ (އެމް.ޑީ.ޕީ)

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
27 އޮކްޓޯބަރު 2025

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން
22 އޮކްޓޯބަރު 2025

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް
21 އޮކްޓޯބަރު 2025

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"
21 އޮކްޓޯބަރު 2025

އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް

21 އޮކްޓޯބަރު 2025
އެސްއީޒެޑް ގާނޫނަށް ހުށަހެޅި އިސްލާހަކީ ރަނގަޅު އިންވެސްޓަރުންގެ ޝައުގުވެރިކަން ރާއްޖެއަށް ގެއްލޭގޮތަށް އޮތް ބިލެއް: މައުރޫފް
20 އޮކްޓޯބަރު 2025

މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު

20 އޮކްޓޯބަރު 2025
މިއަދު އެންސްޕާ އަދި އާސަންދައިގެ ޚިދުމަތް ލިބެނީ މި ސަރުކާރުގެ ވެރިންނާއި މަޖިލިސް މެމްބަރުން ގާތު ސަލާން ޖަހައިގެން: މެމްބަރު ސަމީރު
18 އޮކްޓޯބަރު 2025

އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް

18 އޮކްޓޯބަރު 2025
އިންތިޚާބުތަކާއި ދިމާކޮށް ރައީސް މުއިއްޒު ރަށްރަށް ގޮސް ކަންކަން ކޮށްދެނީ "ދީފަ އަތުލާ ފީފާ ބުރިއެއް" ގެ އުސޫލުން: ތޯރިގް
16 އޮކްޓޯބަރު 2025

ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި

16 އޮކްޓޯބަރު 2025
ކުރީގެ ބަންޑާރަ ނައިބު ރިފްއަތު އޭސީސީ އަށް ހާޒިރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް