Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުތަރިކައިގެ ގަނޑުވަރު

ދެމަފިރިއެއްގެ ހިތުލޯބިން ބިނާވެގެން އައީ ތަރިކައިގެ ގަނޑުވަރެއް

ޖަމާލާއި މޫނާގެ ޕްރައިވެޓް ދާރުލްއާސާރުގައި ހުރި ބައެއް ތަކެއްޗަކީ އެމީހުންގެ މައިންބަފައިންގެ ކިބައިން ވާރުތަވި ތަކެތި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 20 ޖޫން 2023 | އަންގާރަ 13:54
އަލާ ޖަމާލާއި އޭނާގެ އަންހެނުން - ގޭގައި ހަދާފައިވާ ދާރުލްއާސާރު ތެރޭގައި

އަލާ ޖަމާލާއި އޭނާގެ އަންހެނުން - ގޭގައި ހަދާފައިވާ ދާރުލްއާސާރު ތެރޭގައި

ކަނޑު ބޯޓުފަހަރު ދުއްވުމުގައި އެއީ މާހިރެއްނަމަވެސް، އަލާ ޖަމާލުގެ ހިތުލޯބި ޖެހިފައި އޮންނަނީ ގަދީމީ، އާސާރީ ތަކެއްޗަށެވެ. ހަޔާތުގެ ބައިވެރިޔާ، މޫނާ އަލްއަވަދުލީއަކީ ވެސް ހަމަ އެ ކަހަލަ މީހެކެވެ. މިސްރުގެ ވެރިރަށް ގާހިރާގައި ޖަމާލުގެ ދެމަފިރިން ދިރިއުޅެމުންދާ ގެއަށް ބަލައިލުމުން، އެކަމުގެ ހެތްކަކަށް ފުދެއެވެ. އެއީ އަގު ބޮޑު އެތައް ރައުސުލްމާލެއް ހުރި ދާރުލްއާސާރެކެވެ. މިދިޔަ 37 އަހަރު ދުވަހު، ދުނިޔޭގެ އެކި މަންޒިލްތަކަށް އެ ދެމަފިރިން ކުރި ދަތުރުތަކުގައި އެއްކުރި އެތައް ސާމާނަކުން މުއްސަނދިކޮށްފައިވާ ދާރުލްއާސާރެކެވެ.

ޖަމާލްއާއި މޫނާގެ ޕްރައިވެޓް ދާރުލްއާސާރުގައި ހުރި ބައެއް ތަކެއްޗަކީ އެމީހުންގެ މައިންބަފައިންގެ ކިބައިން ވާރުތަވި ތަކެއްޗެވެ. އެ މީހުންނަކީވެސް އާސާރީ ތަކެއްޗަށް ލޯބިކުރި ބައެއް ކަމުން، އެއް ޖީލުން އަނެއް ޖީލަށް އާސާރުތައް ފޯރުކޮށްދިނީއެވެ.

މަދުން ނޫނީ ނުފެންނަ އެތައް ތަރިކައެއް އެ ދާރުލްއާސާރުގައި މިއަދު އެބަހުއްޓެވެ. 1890ގެ އަހަރުތަކަށް ތާރީޚު ޖަހައިލެވޭ ވަށިގަނޑުތަކާއި، އެންމެ އިހުގެ އޮމެގާ އަތުކުރީ ގަޑިއާއި، ފަރުގައި ބަހައްޓާ ގަޑިތަކުގެ އިތުރުން، އެކި ޒަމާންތަކުން ފާހަގަކުރެވޭ ކުރެހުންތަކުން، ޖަމާލުގެ ގޭތެރެ ފަޅުފިލުވައިދެއެވެ. މިއިން ކޮންމެ އެއްޗަކާ ގުޅިފައިވާ ޚާއްސަ ވާހަކައެއްވެސް އޮވެއެވެ. ވިލާތާއި އިރުމަތީ ބައްރާއި އެފްރިކާ ސަރަހައްދުން 50ށްވުރެ ގިނަ ގައުމުގެ އާސާރުތަކުން ޖަމާލާއި މޫނާގެ ގަނޑުވަރު ވިދައި ބަބުޅައެވެ.

އާއިލީގޮތުން ވާރުތަވަމުން ދާ މި ކަމުގައި، ޖަމާލާއި މޫނާގެ ފިރިހެން ދަރިފުޅުވެސް ވަނީ ރަނގަޅަށް ބަނދެވިފައެވެ. މުހައްމަދު އަލާ ޖަމާލްވެސް، ތާރީޚީ އާސާރުތަކަށް ލޯބިކުރެއެވެ.

1860ގެ އަހަރުތަކުގައި މިސްރުން މަޝްހޫރުވި އިސްމާއީލް ޕާޝާގެ މިލްކިއްޔާތުގައި ހުރި ގަދީމީ ޕިއާނޯއެއް ކުޅެލުމަކީ، މުހައްމަދުގެ ހިތަށް އިންތިހާ ހަމަޖެހުން ގެނުވާ ކަމެކެވެ.

އާއިލީގޮތުން ވާރުތަވަމުން އަންނަ ކަމެއްގެ އިތުރުން، ތާރީޚީ ތަރިކައަށް މިހާރަށްވުރެ ޚާއްސަ ސަމާލުކަމެއް ދިނުމަކީ ގައުމީ ފެންވަރެއްގައި ކުރަންޖެހޭ ކަމެއް ކަމަށާއި، ފަންނުވެރިންނާއި ފަންނުވެރިންގެ މަސައްކަތްތައް ބަލައިގަތުމަށް މިސްރުން އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މޫނާ ގަބޫލުކުރެއެވެ.

އިތުރަށް ކިޔާލަން

11 ޖެނުއަރީ 2024

މަންމަނު ދެމަފިރިއެއްގެ ކުޑަކުޑަ ތަރުޖަމާނު: ހުވަފެނަކީ ޑޮކްޓަރަކަށް ވެ، ވާހަކަ ނުދެއްކޭ ބަލި މީހުންނަށް އެހީތެރިވުން!

11 ޖެނުއަރީ 2024
މަންމަނު ދެމަފިރިއެއްގެ ކުޑަކުޑަ ތަރުޖަމާނު: ހުވަފެނަކީ ޑޮކްޓަރަކަށް ވެ، ވާހަކަ ނުދެއްކޭ ބަލި މީހުންނަށް އެހީތެރިވުން!
05 އޮކްޓޯބަރު 2023

އަތްލެވެން ނެތް ތަރިކައިގެ ލިސްޓުން ހަރީސާ: ޝަހީދާ ބުނަނީ އެއީ އޭނާގެ ހަށިގަނޑުގެ ބައެއް ކަމަށް!

05 އޮކްޓޯބަރު 2023
އަތްލެވެން ނެތް ތަރިކައިގެ ލިސްޓުން ހަރީސާ: ޝަހީދާ ބުނަނީ އެއީ އޭނާގެ ހަށިގަނޑުގެ ބައެއް ކަމަށް!
17 ޖެނުއަރީ 2023

ސޫރިޔާގެ ޢޫދު، އަތްނުލެވޭ ތަރިކައިގެ ރަމްޒެއް

17 ޖެނުއަރީ 2023
ސޫރިޔާގެ ޢޫދު، އަތްނުލެވޭ ތަރިކައިގެ ރަމްޒެއް
04 ޖެނުއަރީ 2020

ޗަޕާކްގެ ޓައިޓަލް ލަވަ ލޯންޗު ކުރުމާއެކު ފިލްމުގެ ވާހަކަ ބިނާވެގެންވާ ލަކްޝްމީގެ ބަޑިފަޅައިގެން

04 ޖެނުއަރީ 2020
ޗަޕާކްގެ ޓައިޓަލް ލަވަ ލޯންޗު ކުރުމާއެކު ފިލްމުގެ ވާހަކަ ބިނާވެގެންވާ ލަކްޝްމީގެ ބަޑިފަޅައިގެން
05 އެޕްރީލު 2019

އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ ރާއްޖެ އައީ އެކުގައި

05 އެޕްރީލު 2019
އަރްޖުން ކަޕޫރް އާއި މަލައިކާ އަރޯރާ ރާއްޖެ އައީ އެކުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު