Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ކުރިއަށް އޮތް ދެ ޖަލްސާ ދެން ބޭއްވޭކަށް ނެތް: ނަޝީދު

ނަޝީދު ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތައް އުސޫލާ އެއްގޮތަށް ހުށަހެޅުއްވުމަށް އެދިލައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 19 ޖޫން 2023 | ހޯމަ 10:55
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ކުރިއަށް އޮތް ދެ ޖަލްސާ ދެން ބޭއްވޭކަށް ނެތްކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުލާނުކުރައްވައިފިއެވެ.

ރައީސް ނަޝީދު މިކަން އިއުލާނުކުރެއްވީ ހޯމަ ދުވަހުގެ މަޖިލިސް ޖަލްސާއަށްފަހު ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދު ވިދާޅުވީ މަޖިލިސް ހުއްޓުވާލުވުމުގެ ނިޔަތުގައި ނޫނީ މަޖިލީހުގެ ރައީސްއާއި ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މެމްބަރުން ހުށަނާޅުއްވާނެ ކަމަށެވެ. އެމަނިކުގާނުގެ ނިސްބަތްވެވަޑައިގަންނަވާ ޕާޓީގެ 54 މެމްބަރުންގެ ސޮޔާއެކު އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހެޅުއްވުމުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްގައި މިކަން ކުރާ ގޮތް ބައްލަވާ ކަމަށާއި، އެގޮތަށް ބައްލަވާނަމަ އެމަނިކުފާނު ރިޔާސަތުގައި އިތުރަށް އިންނެވުމަކީ އެއްގޮތަކަށްވެސް ކަމުދާ ގޮތެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވަނީ މަޖިލިސް ހުއްޓުވާނުލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން އެދިލައްވާފައެވެ. އަދި މިކަން ކުރަން އޮންނަ އުސޫލުގެ ތެރެއިން މިކަން ކުރެއްވުމަށް އެދިލައްވައި ނަޝީދު ވަނީ ފުރަތަމަ ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ނެންގެވުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުއްވުމަށް އެދިވަޑައިގެންފައެވެ.

މަޖިލީހުގެ ރައީސް މިހެން ވިދާޅުވެފައިވާއިރު މަޖިލީހުގެ އެމްޑީޕީ ބައެއް މެމްބަރުން ވަނީ މަޖިލީހުގެ މަސައްކަތްތައް ނިމެންދެން މަޖިލިސް ޗުއްޓީއަށް ނުގޮސް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ.

ހޯމަ ދުވަހު އޮތް މަޖިލިސް ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ، މަޖިލީހުގައި ކުރަން ހުރި މުހިއްމު މަސައްކަތްތައް ނިންމާލެވެންދެން މަޖިލީހުގެ ވަގުތު އިތުރުކޮށްދިނުމަށް އެދިލައްވާފައެވެ. އެގޮތުން މަޖިލީހުގެ ރައީސާއި ނައިބްރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައާއި، ބަންޑާރަނައިބް އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ އިތުރުން، މަޖިލީހަށް ހުށައެޅިފައިވާ އިމްތިޔާޒުގެ މައްސަލަތައް ނިންމުމަށްޓަކައި، މަޖިލީހުގެ ވަގުތު އިތުރުކުރަންޖެހޭކަމަށް ޝިފާއު ވިދާޅުވިއެވެ.

އޭގެ އިތުރުން، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމްވެސް ވަނީ ޝިފާއުގެ ހުށައެޅުމަށް ތާއީދު ކުރައްވާފައެވެ.

ރޮޒެއިނާ ވިދާޅުވީ، މަޖިލީހުގެ ޤަވާއިދަށް ބަލާއިރު، ހޯމަ ދުވަހަކީ މެމްބަރު އަފީފަށްވެސް ރިޔާސަތު ބެލެހެއްޓެވޭ ފަހު ދުވަސްކަމަށާއި، ދެން ހުރި ޖަލްސާތަކުގައި ކަންކަން ވާނެ ގޮތްވެސް މެމްބަރުންނަށް އެނގެން ޖެހޭ ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމްވެސް ވަނީ މަޖިލީހުގެ ދައުރު ދިގުކޮށްގެން ނަމަވެސް، މުހިއްމު މައްސަލަތައް ނިންމަންޖެހޭނެކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުން، މަކުނުދޫ ދާއިރާގެ މެމްބަރު ރާއީވެސް ވަނީ، މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން މަޖިލީހުގައި ކޮންމެހެންވެސް ނިންމަވަން ޖެހި، ނުނިމިފައި ހުރި ބިލުތައް ކުރިއަށް ގެންދެވުމަށް ރިޔާސަތުން ފުރުސަތު ދެއްވުމަށް އެދިލައްވާފައެވެ. ކޮންމެ ބަޔަކު ހުށައެޅިކަމުގައިވީނަމަވެސް، މުހިއްމު މަސައްކަތެއްނަމަ އެކަމެއް ކުރެވޭނެ ގޮތްތަށް ހަދަން ޖެހޭކަމަށް ރާއީ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި

17 ޖެނުއަރީ 2017
ޝަރޫ ލޯންޗް ސާވިސް އަށް ޑޮލަރު ވިއްކުމުގެ ހުއްދައެއް ނެތް، މައްސަލަ އެމްއެމްއޭ އިން ޕޮލިހަށް ހުށަހަޅައިފި
17 ޖެނުއަރީ 2017

ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ

17 ޖެނުއަރީ 2017
ސާކް ސަމިޓަށް އައްޑޫ ސިޓީ އިން ވެހިކަލްތައް ކުއްޔަށް ހިފުމުގައި ކޮރަޕްޝަނެއް ނެތް: އޭސީސީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު