Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފުލުހުންގެ އަގު ވަޒަންކުރުން

ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކާއި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށްފި

15 ޖޫން 2023 | ބުރާސްފަތި 02:38

ކުންފުނިތަކާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ހިމެނޭހެން 20 ފަރާތަކަށް ހަނދާނީ ލިޔުން ދީފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 15 ޖޫން 2023 | ބުރާސްފަތި 02:38
ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކާއި ފުލުހުންގެ ޚިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރ

ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކާއި ފުލުހުންގެ ޚިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރ

ފާއިތުވި އަހަރު ފުލުހުންގެ ޚިދުމަތަށް އެކިގޮތްގޮތުން އެހީތެރިވެދިން ފަރާތްތަކާއި ފުލުހުންގެ ޚިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ބިލްޑިންގގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު އަދި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ފުރިހަމަ ލޯތްބާއި ތާއީދު ފުލުހުންނަށް ލިބޭނީ ނަމޫނާ ބަޔަކަށް ވެގެންކަމާއި ފުލުހުންގެ މުއައްސަސާގެ ރީތި ނަމާއި ގަދަރު ހިިފެހެއްޓޭނީ ފުލުހުން ނަމޫނާ ބަޔަކަށްވެގެން ކަމަށް ވިދާޅުވިއެވެ. އަދި ފުލުހެއްގެ ފަރުވާކުޑަ އަމަލެއްގެ ސަބަބުން ގައުމަށާއި މުއައްސަސާއަށް ކިލަނބުކަމެއް އަތުވެދާނެކަމަށް އަބަދުވެސް ވިސްނަންޖެހޭކަމަށާއި އެކާވީސްވަނަ ގަރުނުގައި ފުލުހުންނަކީ، ރައްޔިތުންނަށް ގާނޫނު އަސާސީ އިން ލިބިދޭ މިނިވަންކަމާއި ހައްގުތައް ވަރަށް ރަނގަޅަށް އޮޅުންފިލާފައި ތިބި ބަޔަކަށް ވާންޖެހޭކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ ހައްގުތަކަށް އުނިކަމެއް އަންނަ ފަދަ އެއްވެސް އަމަލެއް ފުލުހެއްގެ ކިބައިން ފެނިގެން ނުވާނެކަމަށާއި ފުލުހުންނަކީ އެއްވެސް ގިންތިއަކަށް ނުވަތަ އެއްވެސް ފަންތިއަކަށް ތަފާތުކުރުމެއްނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ސާބިތުކަމާއެކު ތިބޭ ބައެއް ކަމުގައި ވާންޖެހޭކަމަށް ޑރ. އިބްރާހީމް ހަސަން ވިދާޅުވިއެވެ. ހަމައެހެންމެ ރައްޔިތުންނާއި ގުޅިގެން ރައްޔިތުންގެ ހެވާއި ލާބައަށް މަސައްކަތްކުރުމުގެ ގާބިލުކަމާއި ޖޯޝު ހުރި ބަޔަކަށް ފުލުހުން ވާންޖެހޭކަމަށް ވިދާޅުވިއެވެ.  

މީގެ އިތުރުން، އެހެން ގައުމުތަކުގެ ބެސްޓް ޕްރެކްޓިސަސް ދެނެގަނެ އެއިން ފިލާވަޅުތައް ލިބިގަނެ، ޒަމާނަށް އަންނަ ބަދަލުތަކާ ފައިހަމަކުރެވޭރަށް ދިވެހި ފުލުހުން އިލްމާއި ހުނަރުހުރި ބަޔަކަށް ވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ޒަމާނީ އާލާތްތައް ބޭނުންކޮށް ތަފާތު އުކުޅުތަކަށް އާދަވެފައިވާ ބަޔަކަށް ދިވެހި ފުލުުހުން ވާންޖެހޭކަމަށާއި ބައިނަލްއަގުވާމީ ފެންވަރުގައި އަޑުއުފުލުމުގެ ކުޅަދާނަކަން ލިބި އިހުތިރާމުލިބިގެންވާ ބަޔަކު ކަމުގައިވެސް ފުލުހުން ވާންޖެހޭކަމަށް ވިދާޅުވިއެވެ. އަދި ކޮންމެ ފުލުހަކީވެސް ފުލުހުންގެ ޚިދުމަތާމެދު ފަހުރުވެރިވާންޖެހޭ މީހެއް ކަމަށާއި ފުލުހެއްގެ ވަޒީފާ އަދާކުރަން އެ ލިބޭ ފުރުސަތަކީ ޝަރަފެއްކަމާއި އެ ޝަރަފަކީ ވަރަށް ބޮޑު މަސްއޫލިއްޔަތެއް ކަމުގައި ވިދާޅުވިއެވެ. އަދިހަމަ އެހެންމެ ދިވެހި ފުލުހުންގެ ޔުނީފޯމް އެޅުމަށްފަހު ތިމާ ކޮންމެ ތަނެއްގައި ހުއްޓަސް، ޔުނީފޯމުގައި ހުއްޓަސް ނެތަސް ތިމާއަކީ ފުލުހެއްކަން ހަނދާންކޮށް ފުލުހުންގެ ވާޖިބުތައް އަދާކުރުމުގައި ފަސްޖެހިގެންނުވާނެކަމަށް ވިދާޅުވިއެވެ.

ޑރ. އިބްރާހީމް ހަސަން ވިދާޅުވީ ކޮންމެ ފުލުހަކީވެސް ރިވެތި ބަސްމަގަކުން މުއާމަލާތުކުރާނެ ފުލުހަކަށްވުމަށާއި އެހެން މީހުންނަށް އިހުތިރާމުކުރުމަށް އާދަވެފައިވާ ފުލުހަކަށްވުމާއި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދޭނޭ ބަޔަކު ކަމުގައި އެންމެ ކުރީ ސަފުގައި ފުލުހުން ތިބުމަކީ ރައްޔިތުން އެދޭ އެދުމެއް ކަމުގައެވެ.

މި ރަސްމިއްޔާތުގައި، ފާއިތުވި 2022 ވަނަ އަހަރު ފުލުހުންގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިވެދީފައިވާ އާންމު ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދީފައިވެއެވެ. އެގޮތުން، ކުންފުނިތަކާއި ވިޔަފާރިތަކާއި އަމިއްލަ ފަރުދުން ހިމެނޭހެން 20 ފަރާތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.

ފުލުހުންގެ ޚިދުމަތުގައި ފާހަގަކުރެވޭފަދަ މަސައްކަތްތަކެއް ކޮށްފައިވާ މުވައްޒަފުންނަށް ވެސް މި ރަސްމިޔާތުގައި ހަނދާނީލިޔުން ދީފައިވެއެވެ. އެގޮތުން، މުވައްޒަފުންނާ ހަވާލުކުރެވިފައިވާ މަސައްކަތުގެ އިތުރުން، އަމިއްލައަށް އިސްނަގައިގެން ޚިދުމަތްކޮށްފައިވާ 20 މުވައްޒަފުންނާއި ފުލުހުންގެ ޚިދުމަތުން ހިންގާފައިވާ ބޮޑެތި އޮޕަރޭޝަންތައް ކާމިޔާބުކުރުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން 11 މުވައްޒަފުންނަށް ހަނދާނީ ލިޔުންދީފައިވެއެވެ.

މީގެ އިތުރުން، ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ކާމިޔާބު ކުރުުމުގައި ފާހަގަކުރެވޭ މަސައްކަތްތަކެއް ކޮށްދީފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން 13 މުވައްޒަފުންނަށް އަދި އެއްވެސް ފަސްޖެހުމެއްނެތި ރަސްމީ ޑިއުޓީ އަދާކުރުމުގައި ތެރޭގައި އަނިޔާލިބިފައިވާ މުވައްޒަފަކަށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުންދީފައިވެއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

10 މާރިޗު 2017

ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި

10 މާރިޗު 2017
ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް، ލޫކަސްގެ ފޯނު އަތުލައިފި
09 މާރިޗު 2017

ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި

09 މާރިޗު 2017
ފުލުހުންގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް އައްޑޫ ސިޓީ ކައުންސިލާ އެކު މަޝްވަރާކޮށްފި
08 މާރިޗު 2017

އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި

08 މާރިޗު 2017
އަދީބު ފުލުހުންގެ ބެލުމުގެ ދަށަށް ބަދަލުކޮށް، ދޫނިދޫގައި ބަންދުކޮށްފި
03 މާރިޗު 2017

އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި

03 މާރިޗު 2017
އިހްތިޖާޖުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެންމެން ދޫކޮށްލައިފި
02 މާރިޗު 2017

ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"

02 މާރިޗު 2017
ފ. ނިލަންދޫން ދެ ނޫސްވެރިޔަކަށް ބިރުދެއްކުމުން ފުލުހުންގެ "ހިމާޔަތުގައި"
28 ފެބުރުއަރީ 2017

ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ

28 ފެބުރުއަރީ 2017
ވަކިވަކި ފުލުހުން ކުރާ ކަންތައްތަކުގެ ޒިންމާ ފުލުހުންގެ އިދާރާއިން ނަގާކަށް ނުޖެހޭނެ، މުޅި މުއައްސަސާ ބަދުނާމުކޮށްގެން ނުވާނެ: ހޯމް މިނިސްޓަރ
26 ފެބުރުއަރީ 2017

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި

26 ފެބުރުއަރީ 2017
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފި
23 ފެބުރުއަރީ 2017

ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ

23 ފެބުރުއަރީ 2017
ފުލުހުންގެ އިސް އޮފިސަރެއްގެ ބަރަހަނާ ވީޑިއޯއެއްގެ މައްސަލަ ބަލަނީ
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް