Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހަށް އެޖެންޑާކުރަން ގަވާއިދު ލާޒިމްކުރޭ: އަސްލަމް

11 ޖޫން 2023 | އާދީއްތަ 02:06

އެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭ އެއްވެސް ހާލަތެއް ބަޔާކޮށްފައިނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 11 ޖޫން 2023 | އާދީއްތަ 02:06
އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

އެމްޑީޕީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް

ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުން ލާޒިމްކުރާކަމަށް އެމްޑީޕީ ޕީޖީ ގްރޫޕުގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާނުކޮށް އެހެން މައްސަލަ އެއް އެޖެންޑާ ނުކުރެވޭނެ ކަން ފާހަގަކުރައްވައި އަސްލަމް ވަނީ ރައްޔިތުންގެ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިޔުޝާއަށް ސިޓީފުޅެއް ފޮނުއްވާފައެވެ. އެ އެ ސިޓީފުޅަށް އަމީން އާއްމު ވަނީ ހޮނިހިރު ދުވަހު ޖަވާބުދެއްވާފައެވެ.

Advertisement - newsAdvertisement

އަމީން އާއްމުގެ ޖަވާބާއި ގުޅިގެން އަސްލަމް ވަނީ އާދިއްތަ ދުވަހު އަނެއްކާވެސް އަމީން އާއްމަށް ސިޓީފުޅެއް ފޮނުއްވާފައެވެ. މި ސިޓީފުޅުގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ ގަރާރެއް މަޖިލީހަށް ލިބުމުން، އެ ގަރާރުގެ ލިޔުންލިބޭތާ މަދުވެގެން 3 ދުވަހުގެ ތެރޭގައ،ި އެ ގަރާރުގެ ނޯޓިސް އަމީން ޢާންމު މެންބަރުންނަށާއި މަޖިލީހުގެ ރައީސަށް ނުވަތަ ނާއިބު ރައީސަށް ދިނުމަށްފަހު އެ ނޯޓިހުގެ ތާރީހުން ފެށިގެން 14 ދުވަހުގެ މުއްދަތު ދިނުމަށްފަހު އެއްމެ އަވަހަށް އަންނަ ރަސްމީ ބަންދުނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް ކަނޑައެޅިގެން ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، 12 ޖޫން 2023 ވާ ހޯމަ ދުވަހު އޮންނަ ޖަލްސާއަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކުރުން ގަވާއިދު ލާޒިމުކުރާކަމުގައި އަސްލަމް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި އެ މައްސަލަ އެޖެންޑާކުރުން އިސްތިސްނާކުރެވޭ އެއްވެސް ހާލަތެއް ބަޔާކޮށްފައިނުވާތ،ީ ގަވާއިދުގައި ބަޔާންކޮށްފައިވާ މުއްދަތުގައި ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްދެއްވުމަށް އަސްލަމްގެ ސިޓީފުޅުގައި ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ކޮމިޓީތަކަށް ގެންނަ ބަދަލުތައް ފާސްކުރަން ވޯޓަށް އެހުން މަޑުޖައްސާލީ އެދިވަޑަައިގެންފައިވާތީ ކަމަށް މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިޔުޝާ ވިދާޅުވުމާއި ގުޅިގެން އަސްލަމް ވިދާޅުވީ އެ ނިންމުން ނިންމެވީ އެމްޑީޕީގެ 64 އިންސައްތަ މެޖޯރިޓީ މަޖިލީހުގައި އޮވެމެ، މަޖިލީހުގެ ކޮމިޓީތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލޭގޮތަށް އޮތުމުން ކަމަށެވެ. އެހެންނަމަވެސް އެއީ މަޖިލީހުގެ ކޮމިޓީތައް ހުއްޓުވާލަން ބޭނުންކުރައްވާ އުޒުރުކަމަށް އަމީންއާންމުގެ ސިޓީފުޅުގައި ފާހަގަކުރައްވާތީ ހިތާމަކުރައްވާކަމަށް އަސްލަމް ވިދާޅުވިއެވެ. 23 މެއި 2023 ވަނަ ދުވަހަށް ފަހު ދިގު މުއްދަތެއް ފާއިތުވެގެން ދިޔައިރު، މަޖިލީހުގެ ގަވާއިދާ އެއްގޮތަށް މަޖިލީހުގެ ރައީސް ކޮމިޓީތަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިނުވާކަން ވެސް އަސްލަމް ވަނީ ފާހަގަކުރައްވާފައެވެ.

އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ މަސައްކަތްތައް ކޮމިޓީގައި މިވަގުތު ތިއްބެވި މެންބަރުންނާއެކު ކުރިއަށް ގެންދަންޖެހޭނެ ކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި މަޖިލީހަށް ހުށަހަޅާފައިވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލައާއި، ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބުދުاللهގެ އިތުބާރު ނެތްކަމުގެ ގަރާރަށް ބަހުސްކުރާނެ ވަގުތު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 108 ވަނަ މާއްދާ އާއި 207 ވަނަ މާއްދާގެ(ށ) ގައިވާގޮތުގެ މަތީން ކަނޑައަޅައި ދެއްވުމަށް އަސްލަމް ވަނީ އެދިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް