Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖެ-ޗާގޯސް މައްސަލަ

ރާއްޖެ-ޗާގޯސް މައްސަލަ: ރައީސްގެ ސިޓީފުޅާއި އިޓްލޮސްގެ ނިންމުމާއި ގުޅުމެއް ނެތް، ހުކުމަށް ވާސިލްވުމުގައި ވެސް އެ ވާހަކައެއް ނެތް - ރިފްޢަތު

5 ޖޫން 2023 | ހޯމަ 08:00

އޮގަސްޓް 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ފޮނުއްވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 5 ޖޫން 2023 | ހޯމަ 08:00
ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު

ބަންޑާރަ ނާއިބު އިބްރާހީމް ރިފްއަތު

އިންޓަރނޭޝަލް ޓްރައިބިއުނަލް ފޯރ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ރާއްޖެ އާއި ޗާގޯސްގެ އިގްތިޞާދީ ސަރަހައްދާއި މެދު ނިންމި ނިންމުމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި ގުޅުމެއް ނެތް ކަމަށް ބަންޑާރަ ނާއިބު އިބްރާޙީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

ރިފްޢަތު އެފަދައިން ވިދާޅުވީ ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި އެ މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން 22 އޮގަސްޓް 2022ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ފޮނުވި ސިޓީފުޅާއި ގުޅުވައިގެން ދައްކަނީ ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ކަމަށް ރިފްޢަތު ވިދާޅުވިއެވެ. އެ ސިޓީގައި ދެކުނުގެ އީއީޒެޑާ މެދު ރާއްޖެއިން ދެކޭ ގޮތް ބަދަލުކޮށްފައިވާ ކަމަށް ބުނެ ދައްކަމުން ދަނީ ވެސް ދޮގު ވާހަކަތަކެއް ކަަމަށާއި އެ ސިޓީގައި އެފަދަ އެއްވެސް ވާހަކައެއް ނެތް ކަމަށް ރިފްޢަތު ވިދާޅުވިއެވެ. އަދި އިޓްލޮސްގެ 9 ފަނޑިޔާރުންގެ އިއްތިފާގުން ނިންމު ނިންމުމަށް ވާސިލްވި އެއްވެސް ކަމެއްގައި އެ ސިޓީ އަށް ރިއާޔަތްކުރައްވާފައި ނުވާ ކަަމަށް ވެސް ރިފްޢަތު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި އެ މައްސަލައިގައި ކިތާބީ ހެކީގެ ތެރޭގައި ވެސް އެ ސިޓީ ނުހިމެނޭ ކަމަށް ރިފްޢަތު ވިދާޅުވިއެވެ. ދެކުނުގެ އީއީޒެޑްގެ މައްސަަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުނުކުރައްވާކަން ކަޅާއި ހުދުން އެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރިފްޢަތު އެފަދައިން ވިދާޅުވެފައިވާއިރު ރައީސްގެ އެ ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ އިގްތިޞާދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ގެންދަނީ އެ ސިޓީ ހާމަކުރުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން އެ ސިޓީ އަކީ އިޓްލޮސްގެ ނިންމުމުގައި ރިޢާޔަތްކުރައްވާފައިވާ ކަމެއް ކަމަށް ކުރީގެ ބަންޑާނައިބު އާޒިމާ ޝަކޫރު ވަނީ މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރުމުގެ މައްސަލާގައި އިޓްލޮސްއިން ގޮތް ނިންމަވާފައިވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށް، ރާއްޖެއަށް ފައިދާވާގޮތަށެވެ. އަދި މި ނިންމުމާ ގުޅިގެން، ފުށުއަރާ ސަރަހައްދުން ރާއްޖެއަށް 47232 އަކަކިލޯމީޓަރުގެ ސަރަހައްދެއް ވަނީ ލިބިފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް