Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީގެ ތަރައްގީ

އަތޮޅުތަކަށް ދިރުން އައީ އިޚްލާސްތެރިކަމާއެކު، ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރިއަކު ހުރުމުން: ނިޒާރު

4 ޖޫން 2023 | އާދީއްތަ 15:24

ފަތުރުވެރިކަން ތަރައްގީކުރުމަށް އައްޑޫ ސިޓީން ފަސް ރަށެއް ހިއްކަނީ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 4 ޖޫން 2023 | އާދީއްތަ 15:24
އަލީ ނިޒާރު

އަލީ ނިޒާރު

ރާއްޖޭގެ އަތޮޅުތަކަށް ދިރުން އައީ އިޚްލާސްތެރިކަމާއެކު، ރައްޔިތުންގެ އިހްސާސްތައް ދަންނަ ވެރިއަކު ހުރުމުން ކަމަށް އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ. 

ގަން އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް އިފްތިތާހުކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވީ މަޝްރޫއުތަކުގައި ކުލަ ނުޖެހި، މިހާ ދުވަސްވީ އެއްވެސް ޕްލޭނެއް ނެތުމުން ކަމަށާއި، ނަމަވެސް މިހާރު ފެނިގެން މިދަނީ ފުރިހަމަ ޕްލޭންތަކަކާއެކު ރާއްޖޭގެ އެއްރަށަށްފަހު އަނެއް ރަށް ތަރައްގީވެގެންދާ މަންޒަރު ކަމަށެވެ.

Advertisement - newsAdvertisement

މިޕްލޭންތަކުގައި ކުލަޖެހެމުންދާ ވަރަކަށް ރާއްޖޭގެ އަތޮޅުތަކަށް ދިރުން އަންނަމުންދާ މަންޒަރު މިއަދު ފެންނަމުންދާކަން ފާހަގަކުރައްވަމުން، މިއީ އިޚްލާސްތެރިކަމާއެކު، ރައްޔިތުންގެ އިހްސާސްތައް ދަންނަ ވެރިޔަކު ކަންކަން ކުރަން ނިންމުމުން އަންނަ ހެޔޮ ބަދަލުތަކުގެ ނަތީޖާކަމަށް ނިޒާރު ވިދާޅުވިއެވެ. އައްޑޫ ސިޓީއަށް މިއަންނަ ތަރައްގީއަކީ އިގްތިސާދެއް ބިނާކުރުމަށްޓަކައި ހުރިހާ އަސާސީ ވަސީލަތްތަކާއެކު، ފެށިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

6 ބިލިއަން ރުފިޔާއަށްވުރެ ބޮޑެތި މަޝްރޫއުތައް މިސަރުކާރުން އައްޑޫ ސިޓީގައި ކުރިއަށް ގެންދާކަމަށް ވިދާޅުވަމުން ނިޒާރު ވަނީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލިބުނު ނަސީބެއް ކަމަށް ވިދާޅުވެފައެވެ.

އަދި ރައީސް ޔާމީންގެ ވެރިކަމަށް ފާޑު ވިދާޅުވެ، އެއިރު ހިންގާފައިވާ ބައެއް ކަންކަން ފާހަގަކުރައްވަމުން، މިސަރުކާރުން ގެންނަމުންދާ ތަރައްގީގެ ކުރިއެރުންތަކާ ހުރި ތަފާތުތައް ވިދާޅުވެދެއްވިއެވެ.

މި އެއަރޕޯޓް ތަރައްގީކުރަނީ އަހަރަކު 1.5 މިިލިއަން މީހުންނަށް ޚިދުމަތްދެވޭ ގޮތަށެވެ. އެގޮތުން ޒަމާނީ ފެންވަރަށް ޓަރމިނަލް ތަރައްގީކޮށް، ޑިއުޓީ ފްރީ ފިހާރަތަކާއި ރެސްޓޯރެންޓުތަކާއި ލައުންޖުތަކުގެ އިތުރުން، އައު ކޮންޓްރޯލް ޓަވަރަކާއި ފަޔަރ ސްޓޭޝަނެއް ގާއިމުކުރަން ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުންވެސް އިތުރު ގިނަ ޚިދުމަތްތައް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ.

ގަން އެއާޕޯޓުގެ ތަރައްގީގެ މަޝްރޫއަކީ ދެކުނުގެ އިގްތިސާދުގެ މައި ހަބެއްގެ ގޮތުގައި ރައީސް ސޯލިހުގެ ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމަން ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުއެވެ.

އައްޑޫ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

3

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
21 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

21 ސެޕްޓެމްބަރު 2024
އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް