Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރ ފުއްގިރި މައްސަލަ

ފުއްގިރި މައްސަލަ: ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ފަހުން ހުށަހެޅި ހުށަހެޅުންތަކަށް ގޮތް ނިންމަންޖެހޭ ތަނެއް ނެތް

ޔާމީނު ވިދާޅުވީ، އެމަނިކުފާނަކީ އެމްއެމްޕީއާރްސީ މުޅި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތެއް ނޫން ކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ޖޫން 2023 | އާދީއްތަ 08:26
ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުން

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގެ އަޑުއެހުން

ރ ފުއްގިރި ޚިޔާނާތުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

މި އަޑުއެހުމުގައި ދައުލަތުގެ ވަކީލު ވިދާޅުވީ، ޕެންޑޯރާ ޕޭޕާސް އާންމު ވުމާއި ގުޅިގެން ފުލުހުން ހިންގި ތަހުގީގުތަކަށްފަހު ލިބުނު އިތުރު ހެކިތައް އައު ހެކީގެ ގޮތުގައި ދައުލަތުން ހުށައަޅާފައިވާނެ ކަމަށެވެ.

އެ ލިއުންތަކުގެ ސައްޙަކަމާމެދު (ލީގާލިޓީއާމެދު) ސުވާލު އުފައްދަން ޖެހޭ ތަނެއް ނެތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ޕެންޑޯރާ ޕެޕާސް ޕަބްލިޝް ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ކަމަށެވެ. އޭރު 11.9 މިލިއަން ލިއެކިއުން އާންމު ކުރިކަން ފާހަގަ ކުރައްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، އެއީ އެތައް ޤައުމެއްގެ މައުލޫމާތު ކަމަށެވެ.

މި މައްސަލައާ ގުޅޭ ލިއުންތަކަކީވެސް އޭގެ ތެރެއިން ބައެއް ކަމަށާއި، އެއީ ތަހުގީގު މަރުޙަލާ ކުރިއަށް ދިޔައިރު އެނގެން އޮތް މައުލޫމާތެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ތަހުގީގުގެ ތެރެއިން އާ ލިއެކިއުންތައް ފެންމަތިވީ އެއަށްފަހުކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ޕެންޑޯރާ ޕޭޕާރސްގައި ބުނެފައިވަނީ، ފުއްގިރި ކުއްޔަށް ދިން މައްސަލައިގައި ޔާމީންގެ 1.1 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނަންގަވާފައިވާ ކަމަށެވެ. އަދި ރިޝްވަތުގެ ގޮތުގައި ފައިސާ ދީފައިވަނީ ބްރިޓިޝް ވަރޖިން އައިލެންޑް ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންގސް ގްރޫޕް ލިމިޓެޑުން ކަމަށެވެ. އަދި އެފައިސާ ރައީސް ޔާމީނަށް ލިބިވަޑައިގަތީ ރައީސް ޔާމީންގެ ވެރިކަމުގައި، އެމަނިކުފާނުގެ އަރިސް ބޭފުޅެއް މެދުވެރިކޮށް ކަމަށެވެ.

ޕެންޑޯރާގައި ބުނެފައިވަނީ ފުއްގިރި ދޫކޮށްފައިވަނީ ޓެންޑަރ ކުރުމެއް ނެތި، ސެޕްޓެމްބަރ 2015ގައި 1.55 މިލިއަން ޑޮލަރަށް ކަމަށެވެ. އަދި ދީފައިވަނީ ދުބާއީގައި ގާއިމުވެފައިވާ ކްލާސިކް ސައިޓީ އައިލެންޑް ހޯލްޑިންގްސް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށެވެ. 

އެއަށްފަހު ވަނީ ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ އިތުރު ހުށައެޅުންތަކަށް ދައުލަތުން ރައްދު ދީފައެވެ.

އޭގެ ތެރޭގައި ބައެއް ޝަފަހީ ހެކިން ބަލައިނުގަތުމަށް އެދި ހުށައަޅުއްވާފައިވާ ހުށައެޅުމެއް ހިމެނެއެވެ. އެގޮތުން އޭގެ ތެރޭގައި ހިމެނެނީ އަދީބާއި ޒިޔަތު ގެ އިތުރުން، ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގައި ތުހުމަތުވި އަހުމަދު އާމިރު، އަދި ސިޔާސީ ގޮތުން އެއް ފަޅިއެއްގައި މަސައްކަތް ނުކުރާކަމަށް ބުނެ ހުށައަޅާފައިވާ އަހުމަދު ރިޔާޒު މުޙައްމަދާއި އަލީ މައުރޫފު ކިޔާ މީހެކެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ، ފިނިފެންމާ ލޯންޗު ގޮއްވާލި މައްސަލައިގެ ތަހުގީގާއި ޙުކުމް ގޯސްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވާ ކަމަށާއި، ވުމާއެކު، އެ މައްސަލައިގައި ކުށް ސާބިތުވީކަމަށް ނުބުނެވޭނެ ކަމަށެވެ.

އޭރު އަދީބު މަސައްކަތް ކުރެއްވީ ޔާމީނުގެ ބަދަލުގައި ވެރިކަމަށް އައުމަށްކަމަށް އޭރު މީހުން ދީފައިވާ ބަޔާންތަކުގައިވާ ކަމަށާއި، ނަމަވެސް މިހާރު ޔާމީނަކީ ރާއްޖޭގެ ރައީސްއަށް ނުވާއިރު، އެ ފަދަ އަދާވަތްތެރިކަމެއް އޮންނާނެ ފަރާތެއްކަމަށް ބެލެވޭނެ ސަބަބެއް ނޫންކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

އޭގެ އިތުރުން ދައުލަތުގެ ވަކީލު ވިދާޅުވީ، ނައިބްރައީސްކަމުން ވަކި ކުރެއްވި ނަމަވެސް ޑރ ޖަމީލު މިއަދު ހުންނެވީ ޔާމީނުގެ ދިފާއީ ވަކީލުގެ ގޮތުގައި ކަމަށާއި، ހަތުރުން މިތުރުންނަށްވެ، މިތުރުން ހަތުރުންނަށް ވުމަކީ ސިޔާސީ ގޮތުން އަބަދުވެސް ފެންނާނެ މަންޒަރުތައް ކަމަށެވެ.  

މި އަޑުއެހުމުގައި ޔާމީނު ވިދާޅުވީ، އެމަނިކުފާނަކީ އެމްއެމްޕީއާރްސީ މުޅި މައްސަލައިގެ ތުހުމަތު ކުރެވޭ ފަރާތެއް ނޫން ކަމަށާއި، އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް ދައުވާ އުފުލާފައިވަނީ ގއ ވޮޑަމުލާ، ވ އާރަށް އަދި ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކަމަށެވެ.

ހުށައެޅުންތަކާމެދު ގާޒީ ވަނީ މި އަޑުއެހުމުގައި ގޮތް ނިންމަވާފައެވެ. އެގޮތުން ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ހުށައަޅާފައިވާ ހުށައެޅުންތައް ފިޔަވައި ދެން ހުރި ހުށައެޅުންތައް ޝަރީއަތަށް ބަލައިނުގަތުމަށް ގާޒީ ނިންމެވިއެވެ.

ބަލައިގަތުމަށް ނިންމެވީ ހެއްކާބެހޭ ޤާނޫނާ ޙަވާލާދީ ޔާމީނުގެ ފަރާތުން ހުށައަޅާފައިވާ 2 ހުށައެޅުމެކެވެ. ނަމަވެސް އެ ހުށައެޅުންތަކަށް އަލިއަޅުވާލައްވާނީ ޙުކުމް ކުރައްވާއިރުކަން ފާހަގަ ކުރައްވައި ގާޒީ ވަނީ ޔާމީނާއި ކްރިކް ރިޒާގެ ފަރާތުން ހުށައެޅުއްވި ހުށައެޅުންތައް ބަލައިގަނެ، މިވަގުތަށް ގޮތް ނިންމަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅުއްވާފައެވެ.

ކްރިމިނަލް ކޯޓްފުއްގިރި

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު