Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައްޑޫ ސިޓީ

އައްޑޫ ސިޓީގައި ކުރިއަށްދާ ބިޔަ މަޝްރޫއުތަކުން، މި ސިޓީ ސަރަހައްދީ އިގްތިސާދުގެ މައި ހަބަކަށް ބަދަލުވާނެ: ޝަރީފް

3 ޖޫން 2023 | ހޮނިހިރު 14:05

އައްޑޫ ސިޓީގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައިދެއްވާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 3 ޖޫން 2023 | ހޮނިހިރު 14:05
މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

އައްޑޫ ސިޓީގައި ކުރިއަށްދާ ބިޔަ މަޝްރޫއުތަކުގެ ސަބަބުން، އެ ސިޓީއަކީ ސަރަހައްދީ އިގްތިސާދުގެ މައި ހަބަކަށް ބަދަލުވެގެންދާނެ ކަމަށް، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައިދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝަރީފް ވިދާޅުވީ، ރައްޔިތުން މިއަދުގެ ސަރުކާރު ބަލައިގެންފިކަމަށާއި މިއީ ކުޑަ ރަށެއް ބޮޑު ރަށެއް އަދި ވަކި ސިޓީއަކަށް ނުބަލައި ތަރައްގީގެ ގިނަ މަޝްރޫއުތައް ރައްޔިތުންނާ ހަމައަށް ގެނެސްދެމުން އަންނަ ސަރުކާރެއް ކަމަށެވެ. އެގޮތުން އައްޑޫގައި މި ފެށިގެންދިޔަ ބިން އިތުރުކުރުމުގެ މަޝްރޫއުގެ ސަބަބުން މި ސިޓީ، މިސަރަހައްދުގެ ތަރައްގީގެ ހަބަކަށް ވެގެންދާނީ ފަތުރުވެރިކަމަށް ތަރައްގީކުރާ ރަށްތަކާއެކު، 7000 އެނދު ތަރައްގީކުރެވިގެން ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ގަން އިންޓަރނޭޝަން އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް މާދަމާ ފެށިގެންދާއިރު، މީގެ ސަބަބުން އެތަކެއް ފައިދާއެއް އެ ސިޓީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށެވެ.

އަދި އައްޑޫ ސިޓީގައި ހިއްކާ 194.3 ހެކްޓަރުގެ ބިމުގެ ހަގީގީ ފައިދާ ކުރާނީ، ފަތުރުވެރިކަމާއެކު އުފެދޭ ވަޒީފާތަކުގެ ސަބަބުން ކަމަށް ވާއިރު، ރައީސް އިބްރާހީމް މުހައްމަދު ސާލިހަށް އިތުރު ދައުރެއް ދިނުމަކީ އެ ސިޓީގެ ރައްޔިތުން މިއަދު ވިސްނަމުން ދާ ކަމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

އައްޑޫ ސިޓީ މަރަދޫގައި އިތުރުކުރެވޭ ބިމުގައި 300 ރޯހައުސް ތަރައްގީކޮށްދެއްވުމަށް ރައީސް ސާލިހަށް ދަންނަވާނެ ކަމަށާއި، މިއީ މަރަދޫ ރައްޔިތުން ބޭނުންވެފައިވާ ކަމެއް ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. މީގެ އިތުރުންވެސް އައްޑޫ ސިޓީއަކީ (ވަކިން ހާއްސަކޮށް މަރަދޫއަކީ) މަސްވެރި ރަށެއްކަމުން އެ ސިޓީގައި 3000 ޓަނުގެ ޖާގައިގެ މަސް ފެކްޓަރީއެއް ހައްދަވައިދެއްވުމަށްވެސް ރައީސް އަރިހުގައި ދަންނަވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި އައްޑޫ ރައްޔިތުންގެ އުއްމީދުތައް ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައީސް ސާލިހު އައްޑޫ ސިޓީއަށް ކުރައްވާ ތިން ދުވަހުގެ ރަސްމީ ދަތުރުފުޅެއް މިއަދު ވަނީ ފައްޓަވާފައެވެ. އެގޮތުން މިއަދު ހަވީރު އެމަނިކުފާނު ވަނީ ބިން ހިއްކުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވާފައެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.    

އައްޑޫ ސިޓީގެ ތަރައްގީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އައްޑޫ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި

21 ނޮވެމްބަރު 2025
ގޫގުލް ޕްރޮޖެކްޓަށް ބޭނުންވާ 1.5 ހެކްޓަރުގެ ބިން، ކައުންސިލަށް އާމްދަނީ އެއް ނުލިބޭ ގޮތަކަށް ދޫނުކުރަން ފާސްކޮށްފި
04 ނޮވެމްބަރު 2025

ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި

04 ނޮވެމްބަރު 2025
ހުޅުދޫ އަދި މީދޫ އައްޑޫ ސިޓީ ކައުންސިލުން ރަސްމީކޮށް ވަކިކޮށް ރަށު ކައުންސިލަކަށް ބަދަލުކޮށްފި
26 އޮކްޓޯބަރު 2025

ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު

26 އޮކްޓޯބަރު 2025
ލާމަރުކަޒު ކުރުމުގެ ޗެމްޕިއަނަކަށް ވާން ރައީސް ވަރަށް މަސައްކަތް ކުރަންޖެހޭ، އަދި ސެމީއަށް ވެސް ނުދެވޭ: މޭޔަރު ނިޒާރު
24 އޮކްޓޯބަރު 2025

ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު

24 އޮކްޓޯބަރު 2025
ވަކި ކަމެއް ނުވާތީ މުޅި ނިޒާމު ރޫޅާލުމަކީ ހައްލެއް ކަމަށް ދެކިގެން ނުވާނެ: އިމާދު ސޯލިހު
16 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު

16 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓުގެ މަޤްސަދަކީ ނުބައި ޖަރީމާ އެއްގެ ތެރެއިން "އައްޑޫ"ގެ ސިޓީ ދަރަޖަ ގެއްލުވާލުން: މޭޔަރ ނިޒާރު
15 އޮކްޓޯބަރު 2025

ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް

15 އޮކްޓޯބަރު 2025
ޚިޔާލު ހޯދުމުގެ ވޯޓު: ހުޅުމީދޫ ވަކިން އޮތުމުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސް މުއިއްޒު ނާއްސަވާ، މަގްސަދު ސާފެއް ނުވޭ: ހުޅުދޫ ކައުންސިލަރ ފައިޒް
27 ސެޕްޓެމްބަރު 2025

ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު

27 ސެޕްޓެމްބަރު 2025
ކައުންސިލް ތަށް ތަޅު އެޅުވާ އިސްލާހު ތަސްދީގު ނުކޮށް ރައީސް އޮފީހުގައި ތާށިކޮއްފައި ބޭއްވުމަކީ ގާނޫނާއި ހިލާފުވުމެއް: މޭޔަރު ނިޒާރު
26 ސެޕްޓެމްބަރު 2025

ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ

26 ސެޕްޓެމްބަރު 2025
ކުރިމަތިވި ފާޑުކިޔުންތަކާއެކު، ބެނާ ދެމުމުގެ ހުއްދަ ސިޓީ ކައުންސިލުން އެމްޑީޕީއަށް ދީފީ
02 ފެބުރުއަރީ 2025

"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"

02 ފެބުރުއަރީ 2025
"މަސައްކަތް ނިމުނުތާ އެތައް ދުވަހެއް ފަހުން ހަންކެޑެ ބްރިޖް ހުޅުވީ އާއްމުންގެ ޕްރެޝަރ އާއި ހުރެ"
21 ސެޕްޓެމްބަރު 2024

އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު

21 ސެޕްޓެމްބަރު 2024
އައްޑޫ ސިޓީގެ އާމިނަތު އަމީޒާ: ރާއްޖޭގެ ފުރަތަމަ އަންހެން ކަތީބު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް