Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލައިގެންފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ 50 މެމްބަރުގެ ސޮޔާއެކު އަންގާރަ ދުވަހު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 23 މެއި 2023 | އަންގާރަ 12:20
މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލައިގެންފިއެވެ.

މިކަން ހާމަކޮށް މަޖިލީހުން ކުރި ޓްވީޓެއްގައި ބުނީ އެ އިދާރާއަށް މައްސަލަ ލިބިފައިވާ ކަމަށެވެ. އަދި މި މައްސަލަ ޤާނޫނު އަސާސީ އާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކުރިއަށްގެންދެވޭނެ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

Advertisement - newsAdvertisement

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ 50 މެމްބަރުގެ ސޮޔާއެކު އަންގާރަ ދުވަހުއެވެ. މި މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހަށް ހުށަހަޅައިފައިވާއިރު އެ ގްރޫޕުން އީވާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ މިހިނގާ މެއި މަހުގެ 18 ވަނަ ދުވަހުއެވެ. އެއީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.

ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ފާހަގަކޮށްފައިވާ ކަންކަން:

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ވާދަކުރި ކެންޑިޑޭޓުންގެ ތެރޭގައި ހިމެނިގެން، ގަލޮޅު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އީވާ އަބްދުﷲ އިންތިޚާބުވީ، އެމްޑީޕީގެ ޓެކެޓުގައި ވާދަކުރާ 'ކެންޑިޑޭޓުންގެ އިޤްރާރު' ގައި ސޮއިކޮށްގެން ކަމާއި، އިންތިޚާބު ވެއްޖެނަމަ، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ދެމިހުންނާނެ ކަމަށް އެ އިޤްރާރުގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާކަމަށެވެ.

އެހެންނަމަވެސް އަމިއްލައަށް އެދިވަޑައިގެން އެމްޑީޕީގެ މެންބަރުކަމުން އީވާ އަބްދުﷲ ވަކިވެވަޑައިގެންފައިވާތީ، އެ ޢަމަލަކީ އިޤްރާރާ ޚިލާފުވުންކަން އެނގެން އޮންނަ ކަމަށް ޕީޖީ ގްރޫޕުން ހުށަހެޅި މައްސަލައިގައި ބުނެފައިވެއެވެ.

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ހިންގާ ޤަވާއިދުގެ 42 ވަނަ މާއްދާގައި، ޕާޓީ ވެރިކަމުގައި އޮންނައިރު ސަރުކާރުން މަޖިލިހަށް ހުށަހަޅާ ކަންކަމުގައި ޕާލިމަންޓްރީ ގްރޫޕުގެ މެންބަރެއްގެ ހައިސިއްޔަތުން އެއްބާރުލުން ދޭންވާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރެއްގެ ގޮތުގައި ހުރެ، ފާއިތުވި މުއްދަތުގައި ސަރުކާރަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ފާޅުގައި އިންކާރުކޮށްފައި ވާތީއާއި، އިދިކޮޅު ފަރާތްތަކާ ގުޅިގެން ސަރުކާރު ބަލިކަށިކުރުމަށް ތަކުރާރުކޮށް މަސައްކަތްކޮށްފައިވާކަން އެނގެން އޮތްކަމަށްވެސް މި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްކަމުގެ މަގާމަށް އީވާ އަބްދުﷲ އިންތިޚާބުކޮށްފައި ވަނީ، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންގެ މެދުގައި ނެގުނު ވޯޓަކުން ފާސްކޮށް، ޕާޓީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން، ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އެންމެހައި މެންބަރުންގެ ވޯޓާއެކު ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

އަދި މިކަމުގައި ޕާޓީގެ މެންބަރުން ވޯޓް ދީފައިވަނީ، އެމްޑީޕީން ދިވެހި ރައްޔިތުންނަށް ވައުދުވެފައިވާ ކަންކަން ހާސިލުކޮށްދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސްގެ ހައިސިއްޔަތުން ފުރިހަމައަށް އެއްބަރުލުން ދިނުމާއި، އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވުން މަތީ ދެމިހުރުމާއެކު، އެމްޑީޕީއަށް އަދި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް އިޚްލާސްތެރިވާނެ ކަމަށް އިތުބާރުކޮށްގެން ކަމަށް ވީ ނަމަވެސް، އަމިއްލައަށް އެދިގެން އެމްޑީޕީގެ މެންބަރުކަމުން ވަކިވެފައިވާތީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އީވާ އަބްދުﷲ އަށް ކުރަމުން އައި އިތުބާރު ގެއްލިއްޖެކަމަށް ފެންނަކަމަށް ވަނީ ނިންމަވާފައެވެ.

އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި "ދި ޑިމޮކްރެޓްސް" ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަންވެސް ވަނީ ހުށަހަޅުއްވާފައެވެ.

އެމްޑީޕީގެ ތެރެއިން، ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ގޮތްޕެއް އުފައްދައިގެން ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން މަސައްކަތް ފެއްޓެވީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހުއެވެ. އޭގެފަހުން މަޖިލީހުގައިވެސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ގެންދެވީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ. އައު ޕާޓީއެއް އުފައްދާފައިވަނީ މަޖިލީހުގެ ބައެއް މެންބަރުންނާއި އެމްޑީޕީގެ ނާއިބު ރައީސް ޕާޓީން އިސްތިއުފާދެއްވުމަށްފަހުގައެވެ.

މީގެ ކުރިން އީވާ ވަނީ މަޖިލީހުގެ ނައިބު ރައީސްކަމުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނައިބު ރައީސް ކަމުގެ މަޤާމު މުހިންމު ނޫންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި މަގާމު ދިފާއު ކުރުމަށް "ސިޔާސީ ބޮޑު ކަސްތޮޅެއްގައެއް" ނުހުންނަވާނެކަމަށް ވެސް ވިދާޅުވިއެވެ.

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނެވިއިރުވެސް އީވާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ވައުދުތައް ފުއްދުމަށް މަޖިލީހުގައި ތިބެންޖެހޭނީ ސަރުކާރުގެ ވައުދުތަކަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށާއި، ނަޒާހަތްތެރި މަޖިލީހެއް ޤާއިމު ކުރަން ޖެހޭނެކަމަށް އީވާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅި މަޖިލީހުގެ ޖުމުލަ މެންބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެހެންކަމަށްވާނަމަ މަޖިލީހުގެ 87 މެންބަރުންގެ ތެރެއިން 22 މެންބަރުންގެ ސޮއި ބޭނުންވާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެކަމަށް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. މަޖިލީހުގެ އަދަދުތަކަށް ބަލާއިރު، އެއީ 43 މެންބަރުންނެވެ.

ރައްޔިތުންގެ މަޖްލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު، އީވާ އަބްދުﷲރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރުން ލާޒިމްވާ ބިލު ތަސްދީގުނުކުރައްވާ އަނބުރާ މަޖިލީހަށް

16 މެއި 2024
92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

92 އިންސައްތަ މަސައްކަތް ނިންމާ 19 ވަނަ ރައްޔިތުންގެ މަޖިލިސް ތާރީޚުގެ ތެރެއަށް

14 މެއި 2024
މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

މަޖިލީހުގެ ތާރީޚުގައި އެންމެ ގިނަ މަސައްކަތްކުރީ 19 ވަނަ މަޖިލީހުން: އަސްލަމް

13 މެއި 2024
ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

ތިން މަސްތެރޭގައި ގޯތިތައް ހަވާލުކުރަން ޤާނޫނަށް ގެނައި އިސްލާހު ފާސްކޮށްފި

29 އެޕްރީލު 2024
 'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

'ސުޕަރ މެޖޯރިޓީ' ގެ ބޭނުން ނަހަމަ ގޮތުގައި ނުހިފާނަން: ސަރުކާރު

28 އެޕްރީލު 2024

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު