Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފުޓްބޯޅަ

ތާރީހީ ކާމިޔާބީއެއް، އަލީ ވަހީދު ތަށި ހޯދައިފި

މިއީ ދިވެއްސަކު ބައިނަލް އަގްވާމީ ފުޓްބޯޅަ ކޯޗިން ގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 14:51
އަލީ ވަހީދު ސްޕޯޓިން ލަންޑަން ޓީމާއެކު: ފައިނަލަށްވަނީ ފުރިހަމައަށް ތައްޔާރުވެފައި

އަލީ ވަހީދު ސްޕޯޓިން ލަންޑަން ޓީމާއެކު: ފައިނަލަށްވަނީ ފުރިހަމައަށް ތައްޔާރުވެފައި

އިނގިރޭސިވިލާތުގެ ލަންޑަނުގެ ޑިސްޓްރިކްޓް ލީގުގެ ސެންޗަނަރީ ކަޕްގެ ޗެމްޕިއަންކަން ރާއްޖޭގެ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު (ބަލަކް) ކޯޗުކޮށްދިން އިނގިރޭސިވލާތުގެ ސްޕޯޓިން ލަންޑަން ކާމިޔާބުކޮށްފި އެވެ.

މިރޭ ކުޅުނު ފައިނަލް މެޗު އޭނާގެ ޓީމު ކާމިޔާބުކުރީ ލަންޑަނުގެ ގަދަ ޓީމެއް ކަމަށްވާ ރޭންސްޕާކް 1-0އިން ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ލަނޑު ޖެހީ ފުރަތަމަ ހާފުގައި ޖެކް ލޭކީ އެވެ.

މިއީ ދިވެއްސަކު ބައިނަލް އަގްވާމީ ފުޓްބޯޅަ ކޯޗް ކޮށް ދިނުމުގައިގައި މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ. އަލީ ވަހީދަކީ ކޯޗިން އަށް ވަރަށް ޒުވާން އެކަމަކު ފުޓްބޯޅައިގެ ތަޖުރިބާކާރެކެވެ. ރާއްޖޭގައި ކޯޗުކޮށްދިނުމުގެ ފުރުސަތު ލިބިފައިނެތި އޭނާ މިހާތަނަށް ކޯޗުކޮށްދެމުން ދިޔައީ އިނގިރޭސިވިލާތުގަ އެވެ. 2015 ވަނަ އަހަރުން ފެށިގެން 2018ގެފަހުކޮޅާ ހަމައަށް އަދި 2020 ވަނަ އަހަރުން ފެށިގެން އިނގިރޭސިވިލާތުގައި ދިރިއުޅެމުން އަންނަ ބަލަކްގެ އަތުގައި އިނގިރޭސި ކޯޗިން ލައިސަންސްގެ ލެވެލް 2ގެ ފާސް އެބައޮތެވެ.

ކޯޗިން ކެރިއަރުގައި ފުރަތަމަ ފަހަރަށް ތައްޓެއް ހާސިލްކުރެވުނުއިރު މިހާތަނަށް އޭނާ ވަނީ ތިން ފައިނަލްގައި ކުޅެފަ އެވެ. މީގެ ކުރިން ކުޅުނީ ވިމްބަލްޑަން ކަޕާއި ގްރެންފެލް މެމޯރިއަލް ކަޕްގެ ފައިނަލްގަ އެވެ. މީގެ ތެރެއިން ފުރަތަމަ ފައިނަލްގައި އޭނާގެ ޓީމު ބަލިވީ 5-0ގެބޮޑު ތަފާތަކުންނެވެ.

ބަލަކް އަކީ އޭނާގެ މަދުރަސީ ހަޔާތުގައި މޮޅު ޑިފެންޑަރެކެވެ. ޖަމާލުއްދީން ސްކޫލުގެ ފުޓްބޯޅަ ޓީމުގެ ކެޕްޓަނެވެ. އޭގެ ފަހުން ޒުވާން ގައުމީ ޓީމަށް ވެސް ކުޅުނެވެ. އެކަމަކު މަތީ ތައުލީމަށް ރާއްޖޭން ބޭރަށް ދާން ޖެހުމުން ސީނިއާ ގައުމީ ޓީމް އަށް ނުފޯރި އެވެ. އެހިތިކަން އޭނާ ފިލުވާނީ ގައުމީ ފުޓްބޯޅަ ޓީމުގެ މެނޭޖަރުގެ މަގާމުންނެވެ. ސާފް ޗެމްޕިއަންޝިޕާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ފަދަ މުބާރާތްތަކުގައި މެނޭޖަރުކަން ކުރުމަށްފަހު، ބަލަކް ކުލަބު ފުޓްބޯޅަ އަށް އެނބުރިގަތީ ރާއްޖޭގެ އެންމެ ވިދުންގަދަ ކުލަބު ނިއުރޭޑިއަންޓްގެ ޗެއާމަންގެ ގޮތުގަ އެވެ. 2012 ވަނަ އަހަރު ފެށިގެން ޖެހިގެން އައި ހަތަރު އަހަރު ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުގެ މަގާމަށް ނިއުރޭޑިއަންޓް ވާސިލްވީ ބަލަކްގެ ވަރަށް ބޮޑު ގުރުބާނީތަކަކާއެކުގަ އެވެ. ތައުމީ ތަށި މިލްކުކޮށް ދިވެހި ލީގު ޖެހިޖެހިގެން ތިން ފަހަރު ހޯދައި، ނިއުރޭޑިއަންޓަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެނެސްދިނެވެ.

ގަދަ ޕޮލިޓީޝަނެއްގެ ގޮތުގައި ވެސް މަޝްހޫރުކަން ހޯދި، ބަލަކް މިހާރު ފަށާފައިމިވަނީ ފުޓްބޯޅައިގެ މުޅިން އައު ސޮފުހާއެކެވެ. ކޯޗެއްގެ ގޮތުގައި ރާއްޖޭގެ އެންމެ އުހަށް ޒަމާނީ ފޯމިއުލާއަކާއެކު ވާސިލްވުމަކީ އޭނާގެ ވަރަށް ބޮޑު އުއްމީދެކެވެ. ސްޕޯޓިން ލަންޑަނުން މިފެށި ދަތުރު އަދި އޮތީ ކުރިއަށެވެ. އަމުދުން ތާރީހީ މިކާމިޔާބީއާއެކު އޭނާއަށް ދިވެހި ފުޓްބޯޅައިގައި އޮތް "އިތުބާރު" ވަރަށް ބޮޑަށް އިތުރުވާނެ އެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

ޓީސީގެ އަޑު ގަދަ، ތަށި ހިފައިގެން ގައުމަށް އަންނަތަން ދެކެން ބޭނުން

02 މާރިޗު 2017
ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

ޝައިހް ކަމާލްކަޕް: ޓީސީ ވާދަކުރާ ތާރީހީ ފައިނަލް މެޗު ރާއްޖެޓީވީން ވަގުތުން

01 މާރިޗު 2017
މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

މި ސީޒަނަށް ނިކުންނަނީ އަމިއްލަ އަށް އެވޯޑު ހޯދުމަށްވުރެ ބޮޑަށް ކްލަބަށް ތަށި ހޯދައިދޭން: ސެންޓޭ

01 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

މޮރީނިއޯއާ އެކު ޔުނައިޓެޑުން ފުރަތަމަ ތަށި އުފުލާލައިފި

27 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު