Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބެލްޖިއަމްގެ ގައުމީ ޓީމު

ބެލްޖިއަމްގެ މިޑްފީލްޑަރު އަކްސެލް ވިޓްސެލް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

ގައުމީ ޓީމަށް ކުޅުން ހުއްޓާލީ އާއިލާއާއި ކުލަބަށް ވަގުތު ދިނުމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 13 މެއި 2023 | ހޮނިހިރު 05:14
ބެލްޖިއަމަށް ކުޅުނު މިޑްފީލްޑަރު، އަކްސެލް ވިޓްސެލް

ބެލްޖިއަމަށް ކުޅުނު މިޑްފީލްޑަރު، އަކްސެލް ވިޓްސެލް

ބެލްޖިއަމް ގައުމީ ޓީމަށް ކުޅެމުން އައި އަކްސެލް ވިޓްސެލް، ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ.

އުމުރުން 34 އަހަރުގެ މިޑްފީލްޑަރު އެކަން ހާމަކޮށްފައި މިވަނީ އޭނާގެ ރަސްމީ ޓުވިޓަރ އެކައުންޓް މެދުވެރިކޮށެވެ. އޭނާ ބުނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމީ އެކަމާމެދު ވަރަށް ބޮޑަށް ވިސްނާފައި ކަމަށެވެ. ގައުމީ ޓީމުގައި އޭނާ ހޭދަކުރި 15 އަހަރުގެ ތެރޭގައި ގައުމު ތަމްސީލުކުރަން ފުރުސަތު ލިބުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށްވެސް ވިޓްސެލް ވަނީ ބުނެފައެވެ.

ވިޓްސަލް ބުނީ މިވަގުތު އޭނާއަށް ދެން އެންމެ މުހިންމީ އާއިލާއާއި އޭނާގެ ކުލަބަށް ވަގުތު ދިނުން ކަމަށެވެ. އެހެންކަމުން ބެލްޖިއަމްގެ ޖަރޒީގައި ވިދާލުމުގެ ފުރުސަތު އޭނާއަށް ދިން އެންމެހައި ފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށްވެސް ވަނީ ބުނެފައެވެ. އޭނާ ވަނީ ގައުމީ ޓީމުގައި އޭނާއަށް އިރުޝާދު ދިން ކޯޗުންނާއި، ޓީމުގެ އެހެނިހެން ކުޅުންތެރިން، އަދި މެޑިކަލް ސްޓާފުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައެވެ. މީގެ އިތުރުން، ގައުމީ ޓީމަށް އޭނާ 130 މެޗު ކުޅެދިންއިރު ސަޕޯޓަރުން ދިން ސަޕޯޓަށްޓަކައި ޝުކުރު އަދާކުރާކަން ފާހަގަކުރަމުން އޭނާ ބުނީ، ގައުމީ ޓީމުގެ އައު ޖީލުންވެސް އުފާވެރިކަން ހޯދިދާނެކަން ޔަގީންކުރާކަމަށެވެ.

ބެލްޖިއަމްގެ ޒުވާން ގައުމީ ޓީމުތަކަށްވެސް ކުޅެފައިވާ ވިޓްސެލްއަށް ސީނިއަރ ޓީމުން ޖާގަ ލިބުނީ 2018 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 130 މެޗު ކުޅެދީ، 12 ލަނޑު ޖަހާފައެވެ. ގައުމީ ޓީމާއެކު އޭނާގެ ކާމިޔާބިީއަކީ 2018 ވަނަ އަހަރު ރަޝިޔާގައި އޮތް ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދުމެވެ. ވިޓްސެލް މިހާރު ކުޅެމުން އަންނަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑު ދޫކޮށް އޭނާ އެތުލެޓިކޯއަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އޭގެކުރިން އޭނާ ވަނީ އިތުރު ހަތަރު ކުލަބަށްވެސް ކުޅެފައެވެ. ގައުމީ ޓީމަށް ވިޓްސެލް އެންމެ ފަހުން ކުޅުނު މުބާރާތަކީ މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑްކަޕެވެ. އެ މުބާރާތަށް ބެލްޖިއަމުން އެކުލަވައިލި ސްކޮޑުން އޭނާއަށް ވަނީ ޖާގަ ދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

ގައުމީ ސްވިމިން ކޯޗަކަށް މޫސަ ހަމަޖައްސައި ފަރިތަކުރުންތައް ފަށައިފި

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު