Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުއްގިރި މައްސަލަ

ފުއްގިރި މައްސަލަ: ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފީ ނުކުތާތައް ހުށައަޅައިފި

ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 7 މެއި 2023 | އާދީއްތަ 10:20
ފުއްގިރި މައްސަލައިގައި ޔާމީނުގެ ފަރާތުން ހުށައެޅި އިސްތިއުނާފު

ފުއްގިރި މައްސަލައިގައި ޔާމީނުގެ ފަރާތުން ހުށައެޅި އިސްތިއުނާފު

ރ. ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ އަހުމަދު ކްރިކް ރިޒާގެ ފަރާތުން ހުށައަޅާފައިވާ މައްސަލައާވެސް އެކުއެކީގައެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނަވަނީ ފަނޑިޔާރު ހުސްނުއްސުއޫދެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަމަ ވަނީ ޔާމީނުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށައަޅުއްވާފައެވެ.

އެއީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާ ގުޅޭގޮތުން ދަށު ކޯޓުން ނިންމި ނިންމުންތައް ޔާމީނުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ދަށު ކޯޓުގެ ނިންމުމަށް ތާއީދު ކޮށްފައިވާތީ އިސްތިއުނާފު ކުރި ނުކުތާތަކެވެ.

ޔާމީނުގެ ފަރާތުން ހައިކޯޓަށް 3 ނުކުތާއެއް ހުށައެޅިއިރު، އޭގެ ތެރެއިން އެއް ނުކުތާއަކީ ދައުލަތުން ހުށައަޅާފައިވާ ބައެއް ހެކިތައް ޝަރީއަތަށް ބަލައިނުގަތުމަށް ޔާމީނުގެ ފަރާތުން އެދިފައިވާއިރު، އެ ހެކިތައް ބަލައިނުގަންނަން ޖެހޭ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ދަށު ކޯޓުން ނިންމުމާއި ގުޅިގެން އިސްތިއުނާފު ކުރި ނުކުތާއެކެވެ.

އޭގެ ތެރޭގައި އަދީބާއި ޒިޔަތުވެސް ހިމެނޭއިރު، ރިޔާސީ ލޯންޗުކޮޅު ގޮއްވާލި މައްސަލައިގައިވެސް ތުހުމަތު ކުރެވުނު ފަރާތްތަކަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފައިވާކަން ޔާމީނުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުމުގައި ފަނޑިޔާރު ހުސްނުއްސުއޫދު ވަނީ ރިޔާސީ ލޯންޗުކޮޅު ރޯކޮށްލި މައްސަލައާ ގުޅޭގޮތުން ދައުލަތާ ސުވާލު ކުރައްވާފައެވެ. އެކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވީ، އެ މައްސަލައިގައި ކޮށްފައިވާ ދައުވާތައް މިހާރު އަނބުރާ ގެނެސްފައިވާ ކަމަށެވެ.

ޔާމީނުގެ ފަރާތުން ވިދާޅުވީ، މައްސަލައާ ގުޅުންހުރި ހެއްކާއި، ގުޅުން ނެތް ހެއްކަކީ ކޮބައިކަންވެސް ކޯޓުން ރިއާޔަތްކޮށްފައިނުވާ ކަމަށެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާއަކީ ހެއްކާބެހޭ ޤާނޫނުގައި ހެކި ބަލައިގަތުމާއި ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް މަސްލަޙަތު ބޮޑު ފުރުސަތުތަކެއް އޮތްއިރު، އަލަށް އަމަލު ކުރަން ފެށި ޤާނޫނުގައިވާ ގޮތުގެ މަތިން ހެކި ބަލައިގަތުމާއި ގުޅޭ ހުށައެޅުންތައް ހުށައެޅުމަށް ފުރުސަތު ލިބިދީފައި ނުވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ތިންވަނަ ނުކުތާއަކީ ހެކި ހާމަކޮށްދިނުމަށް އެދި ހުށައެޅުމާ ގުޅޭގޮތުން ގޮތް ނިންމުމުގައި ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 129 ވަނަ މާއްދާ ނުބައިކޮށް މާނަކޮށްފައިވާކަމަށް ބުނެ ހުށައެޅި ނުކުތާއެކެވެ.

ޔާމީނުގެ ފަރާތުން ވަނީ އަދީބާއި ޒިޔަތަކީ ޔާމީނާމެދު އަދާވަތްތެރިކަން އޮތް ފަރާތްތަކެއްކަން ބަޔާންކޮށް، އެމީހުންގެ ހެކިބަސް ބަލައިނުގަތުމަށް އެދިފައެވެ.

ދެން ހުރި ހެކިތަކާމެދު އަލުން ގޮތެއް ނިންމަން ޖެހޭކަމަށް ކަނޑައަޅައިދިނުމަށްވެސް ޔާމީނުގެ ފަރާތުން ވަނީ އެދިފައެވެ.

އޭގެ އިތުރުން، ސުޕްރީމް ކޯޓުން މި އިސްތިއުނާފުގައި ގޮތެއް ކަނޑައެޅެންދެން މި މައްސަލައިގެ ދަށު ކޯޓުގެ އަޑުއެހުންތައް މަޑުޖައްސާލުމަށް އަމުރެއް ނެރެދިނުމަށްވެސް ޔާމީނުގެ ފަރާތުން އެދިފައިވެއެވެ.

އެއަށްފަހު ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ޖަވާބުދިނުން ކުރިއަށް ގެންގޮސްފައެވެ.

ފުއްގިރިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުހައި ކޯޓު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 އެޕްރީލު
އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް
20251 އަހަރު ކުރިން
ރިޕޯޓު

އަހަރުނުވާ ތުއްތު ކުއްޖެއް ފިހުނު ހާދިސާ، ބޮޑެތި އިހުމާލުތަކެއް

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ލަކުޑިކޮޅެއް ކަމަށް ހީކުރި އެތި އެންމެ ފަހުން ވީ، 10 މިލިއަން އަހަރުވީ އެތެއްގެ ކަށިކޮޅަކަށް!

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް
20233 އަހަރު ކުރިން
މީހުން

ތައުފީގް: މޮޅަށް ކުލަބު ހިންގެވި މިސްޓަރ އީގަލްސް

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ބިދޭސީ މީހާގެ މަރާއި ގުޅިގެން ތުހުމަތުވާ ޕާކިސްތާނު މީހާ ހައްޔަރުކޮށްފި

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ޑރ. ޒާހިރު ހުސައިންގެ އަނބިކަނބަލުން ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވެއްޖެ

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

ސަލްމާންގެ ޒުވާންކަމުގެ އަސަރު ޕެރިސް ހިލްޓަން އަށް ކޮށްފި!

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް އެވޯޑް އެރުއްވި ސޫދާނުގެ ކުރީގެ ބޮޑުވަޒީރަށް ފާޑުކިޔުންތަކެއް އަމާޒު ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު